ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެތްލެޓިކްސް ސިންތެޓިކް ޓްރެކް އެޅުމުގެ މަޝްރޫއުގެ ދަށުން އައްޑޫސިޓީ ހިތަދޫ ސިންތެޓިކް ޓްރެކް އެޅުމަށް އަންނަ މަހު ބަޔަކާއި ހަވާލުކުރަން އިއުލާނުކުރެވޭނެ ކަމަށް ކުޅިވަރާބެހޭ ވަޒީރު އަހުމަދު މަހްލޫފް ވިދާޅުވެއްޖެ އެވެ.

މަހްލޫފް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިނިސްޓަރު މަހުލޫފަށް ސުވާލު ކުރުމަށް ލިބުނު ފުރުސަތުގައި ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

ނާޒިލް ކުރެއްވި ސުވާލަކީ ހިތަދޫގައި ސިންތެޓިކް ޓްރެކެއް އެޅޭނީ ކޮންދުވަހަކުންތޯ އެވެ. މި ސުވާލުގެ ޖަވާބުގައި މަހްލޫފް ވިދާޅުވީ، ސިންތެޓިކް ޓްރެކް އެޅުމަށް ބަޖެޓްގައި ހިމަނާފައިވަނީ އައްޑޫއަށް ނިސްބަތްވާ ހުރިހާ މެމްބަރުންގެވެސް މަސައްކަތާއި އެކުގައި ކަމަށާއި އުއްމީދުކުރަނީ އެންމެ ލަސްވެގެންވެސް މާރޗް މަސްތެރޭގައި އެ މަސައްކަތް ކުރާނެ ބަޔަކު ހޯދަން އިއުލާނުކުރެވޭނެ ކަމަށެވެ.

އައްޑޫސިޓީ އާއި ފުވައްމުލަކު ސިޓީގައި ސިންތެޓިކް ޓްރެކް އެޅުމަކީ ސަރުކާރުގެ ބޮޑު ޕްލޭނެކެވެ. ރާއްޖެއިން ރަނގަޅު އެތްލީޓުން ބިނާކުރަމުން އަންނަ މި ދެ އަތޮޅަށް ހާއްސަ ސިންތެޓިކް ޓްރެކެއް އެޅުމުގެ މަސައްކަތް މިދިޔަ އަހަރު ކުރުމަށް މަސައްކަތްކުރި އެވެ. ނަމަވެސް ކޮވިޑުގެ ހާލަތާއި ގުޅިގެން އެ މަސައްކަތް އެފަހަރަކު ނުކުރެވުނެވެ.

"ވަގުތު" އަށް އެނގިފައިވާ ގޮތުގައި އައްޑޫއާއި ފުވައްމުލަކު ސިންތެޓިކް އެތްލެޓިކްސް ޓްރެކް އެޅުމަށް ބީއޯކިއު ވަނީ ހަދާފައެވެ. ދެން ކުރިޔަށްއޮތީ މި މަސައްކަތް ބަޔަކާއި ހަވާލުކުރުމެވެ.

އައްޑޫއާއި ފުވައްމުލަކުގެ އިތުރުން ކުޅުދުެއްފުށީގަވެސް ސިންތެޓިކް ޓްރެކެއް އެޅުމަށް ސަރުކާރުގެ ވިސްނުން އެބަހުއްޓެވެ. މި ސިންތެޓިކް ޓްރެކުތައް އެޅުމާއެކު މި ސަރަހައްދުތަކުން އެތްލީޓުން ތަމްރީނުކުރުމަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެ އެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ސާރާ

  އައްޑޫ ރައްޔިތުން ދެން ހިޔެއްނުވޭ ހެއްދިދާނެހެނެއް! ބަލަން ތިބެމާ

 2. ދަރަނި ދަންތުރަ

  ދެން މިހާއަވަހަށް އެކަންތި އިއުލާނުކުރީ ވޯޓުހޯދަން ރައްޔިތުން ގަޅަހައްދަށް ތިޔަވަރެއްނެތް ހޭނެތިފަހުރި މިނިސަްޓަރ

 3. ހޮސަނު

  ކަލޯގަޔާ އައްޑޫގެ މަގުތައް ކޮންނަމުން އެބަދާކަމަށްވަނީ. މަގުހަދަނީޔޯލަ. އައްޑޫ ރައްޔިތުންނޭ! ތިޔަ ގުއިރޯނުތަކުގައި ނުޖެހޭތި. މި ކައުންސިލް އިންތިހާބް ނިމުމާއެކު މިސަރުކާރުން ބޭނުންވާ ބަޔަކު ހޮވުނަސް ނުހޮވުނަސް އެނިމުނީ. އައްޑޫގެ މަގުތައް ހެދުމަށް ފައިސާއެއް ނެތްކަމަށް މިސަރުކާރުން ކުރިން ބުނެފައިވޭ.

 4. މުހުއްމަދު

  މަހުލޫފް. ބޭނުމަށް ނުން ކޮވިޑް ވަގާމެން ކޮށްދޭ އެއްވިޔަސް ކަމަށް

 5. ައޮފްބެ

  ކޮބާހޭ ވޮލީ ކޯޓުތައް!!