ޔުވެންޓަސް އަދި ސްވިޓްޒަލޭންޑުގެ ޑިފެންޑަރު ސްޓެފަން ލިޗްސްޓެއިނާ އާސެނަލް އާއި ގުޅިއްޖެއެވެ.

"ސްޓެފަން އަކީ ތަޖުރިބާގޮތުން މޮޅު އަދި އެހާމެ މޮޅު ކުޅުންތެރިއެއް، އޭނާ އަކީ ޕޮސިޓިވް ވިސްނުންތަކެއް ގެންގުޅޭ ކުޅުންތެރިއެއް" އާސެނަލްގެ ކޯޗު އުނޭ އެމެރީ ބުންޏެވެ.

މީގެ އިތުރުން ކުރިޔަށް އޮތް ވޯލްޑް ކަޕުގައި ލިޗްސްޓައިނާ އަކީ ސްވިޓްޒަލޭންޑުގެ ކްޕޓަންކަން ކުރާ ކުޅުންތެރިޔާ އެވެ.

މިދިޔަ ސީޒަނުގައި ލިޗްސްޓައިނާ ވަނީ ޔުވެންޓަސް އާއި އެކީ ލީގު ތަށި ކާމިޔާބުކޮށް ޗެމްޕިއަންސް ލީގުގައި މުހިންމު ދައުރެއް އަދާ ކޮށްފައެވެ.