ޔުއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ގެ ފުރަތަމަ ލެގުގައި ސްޕެއިންގެ އެތްލެޓިކޯ މެޑްރިޑް ހަނި ތަފާތަކުން ބަލިކޮށް އިނގިރޭސި ކުލަބް ޗެލްސީން ކުއާޓާގެ އުއްމީދު ބޮޑުކޮށްފިއެވެ.

އެތްލެޓިކޯ މެޑްރިޑްގެ ދަނޑުގައި ކުޅުނު މި މެޗު ނިމުނީ 1-0 ގެ ނަތީޖާއަކުންނެވެ. އަދިވެސް ޗެލްސީއަށް މި ނަތީޖާ އަނބުރާލެވޭނެ އެވެ. އެއީ އަންނަ މާޗް މަހުގެ 18 ވަނަ ދުވަހު ޗެލްސީގެ ދަނޑުގައި ކުޅޭ މެޗުން އެގްރިގޭޓް ނަތީޖާއިން ކުރިހޯދައިގެންނެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި އެއްވެސް ލަނޑެއް ފެނިގެނެއްނުދިޔަ އެވެ. ނަމަވެސް ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ދެ ޓީމުންވެސް ތަނަވަސްކޮށްފައިވެއެވެ. އަދި މި މެޗުގައި ޗެލްސީން ވަރަށް ބޮޑުތަން ކުޅުން ރަނގަޅުވިކަން ފާހަަކުރެވެއެވެ.

މިއީ ޗެލްސީގެ ކޯޗުކަމާއި ތޯމަސް ޓުޗެލް ހަވާލުވިފަހުން ބަލިނުވެ ފުރިހަމަކުރި 8 ވަނަ މެޗުކަން ފާހަގަކޮށްލެވެއެވެ. މެޗަށްފަހު ޗެލްސީގެ ކޯޗުގެ ތައުރީފުގެ ބަސްތައް އޮއްސާލީވެސް ޖިރޫޑް އަށެވެ.

އެތްލެޓިކޯ މެޑްރިޑުން ބޯޅަ ހިފަހައްޓައިގެން ކުޅެން މަސައްކަތްކުރި ނަމަވެސް އެކަން ކާމިޔާބުވާގޮތެއް ނުވިއެވެ. އެެއަށްވުރެ ޗެލްސީގެ ޑިފެންސްލައިން ފެނުނީ ހުށިޔާރުކޮށެވެ. މި ގޯލާއެކު އުމުރުން 34 އަހަރުގެ ޖިރޫޑް ވަނީ މިހާރު ކުރިޔަށްދާ ޔުއެފާ ޗެމްޕިއަންސް ލީގުގައި މިއަހަރުގެ މިހާތަނަށް ޖެހި ލަނޑުތަކުގެ ލިސްޓު ހަޔަކަށް އަރާފައެވެ.

މެޗަށްފަހު ދެ ޓީމުގެ ކޯޗުންވެސް ވަނީ ކުޅުން ރަނގަޅުކުރަން ޖެހޭކަމަށް ބުނެފައެވެ. އަދި ކުރިޔަށްހުރި މެޗުތަކަށް އިތުރަށް ތައްޔާރުވާން ޖެހޭކަމަށްވެސް ކޯޗުން ބުނެފައިވެއެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުގައި ޗެލްސީއާއި އެތްލެޓިކޯ މެޑްރިޑް ބައްދަލުކުރާ ދެވަނަ ލެގު ކުޅޭނީ މާޗް 18 ވަނަ ދުވަހުގައެވެ.