ފަލަސްތީނު މީހުންނަށް ހަމަލާދިނުމުގައި ހައްދުފަހަނަ އަޅާފައިވާ ނިރުބަވެރި އިސްރާއީލާއެކު ކުޅުމަށް ހަމަޖެހިފައިވާ އެކުވެރިކަމުގެ މެޗް ނުކުޅެން އާޖެންޓީނާއިން ނިިންމައިފިއެވެ.
އަންނަ ހޮނިހިރު ދުވަހު ގުދުސްގައި ކުޅުމަށް ނިންމާފައިވާ މެޗް ކެންސަލް ކުރިކަން ރިޕޯޓްކޮށްފައިވަނީ އާޖެންޓީނާގެ ނޫސްތަކުންނެވެ. އެ ނޫސްތަކުން ބުނެފައިވަނީ، މި މެޗު ކެންސަލްކޮށްފައިވަނީ، ބާލެސޯނާގައި ހުންނަ އާޖެންޓީނާގެ ޓްރޭނިންގ ކޭމްޕެއް ހުރި ސަރަޙައްދަކަށް ފަލަސްތީނަށް ތާއީދުކުރާ އަރަބި ޖަމާޢަތެއް އެއްވެ ޓީމާއި މެދު ހިތްހަމަނުޖެހުން ފާޅުކޮށްފައިވަނިކޮށް ކަމަށެވެ.
އަދި އިސްރާއީލުން ފަލަސްތީނުގައި ލާއިންސާނީ ޢަމަލުތައް ހިންގަމުންދާ މި ދަނޑިވަޅުގައި، ފޭރިގަނެފައިވާ ގުދުސްގައި ބޭއްވުމަށް ހަމަޖެހުނު މި މެޗަކީ، އިސްރާއިލްއަށް އާޖެންޓީނާއިން ދެވޭ އެއްބާރުލުމެއްކަމުގައި ވާނެ ކަމަށް ބައެއް ފަރާތްތަކުން މީގެ ބުނަމުންދިޔައިރު، މި ނިންމުން ބަދަލު ކުރުމަށް އާޖެންޓީނާގެ އޮފިޝަލުންނަށް އަރަބި ޖަމާޢަތްތަކުން ވަނީ ގޮވާލާފައެވެ.
މި މޭރުމުން ވާހަކަދައްކަމުން ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަންގެ ވެރިޔާ، ޖިބްރީލް ރަޖްޢޫބް މީގެ ކުރިން ބުނެފައިވަނީ، އިސްރާއީލާއި އެކު ގުދުސްގައި އާޖެންޓީނާއިން ކުޅޭ އެކުވެރިކަމުގެ މެޗު ކުޅެފިނަމަ ފަލަސްތީނުގައި ތިބި މެސީގެ ސަޕޯޓަރުން އޭނާގެ ޖާޒީތައް އަންދާލާނެ ކަމަށެވެ. އަދި މި މެޗަކީ އިސްރާއީލުން ސިޔާސީ ބޭނުމެއްގައި ގުދުސްގައި ބާއްވަން އުޅޭ މެޗެއް ކަމަށާއި، ދުނިޔޭގެ ތާއީދު އެޤައުމަށް އޮތްކަން އިސްރާއީލުން ހާމަކުރަން ބޭނުންވަނީ މިފަދަ ގޮތްގޮތުން ކަމަށް އޭނާ ބުނެފައިވެއެވެ.
"މެސީއަކީ ހަމަޖެހުމާއި ސުލްޙައަށް ލޯބިކުރާ ތަރިއެއް. އަރަބި ޤައުމުތަކުގައި މެސީގެ ގިނަ ފޭނުން ތިބޭނެ. މި މެޗުގައި ބައިވެރިވެއްޖެ ނަމަ އެފަރާތްތަކުން މެސީއާއި މެދު ދެކެމުން އައި ގޮތް ބަދަލުވެގެންދާނެ. އަޅުގަނޑުމެން މެސީގެ އަރިހުން އެދެނީ އަނިޔާވެރިންނާއި އެކު މިފަދަ އެކުވެރިކަމުގެ މެޗެއް ނުކުޅުމަށް،" ރަޖްޢޫބް ބުނެފައި ވެއެވެ.
އާޖެންޓީނާއިން އިސްރާއީލާއި އެކު ކުޅެން ހަމަޖެހުނު އެކުވެރިކަމުުގެ ފުޓުބޯޅަ މެޗު ކެންސަލް ކުރުމާއި ގުޅިގެން އެ ނިންމުން ބަދަލުކުރުމަށް ޓީމުގެ ކިބައިން އެދުމަށް އިސްރާއިލްގެ ކަލްޗަރ އެންޑް ސްޕޯޓްސް މިނިސްޓަރު ވަނީ، އެޤައުމުގެ ހައްދުފަހަނައަޅާފައިވާ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހުގެ އަރިހުންވެސް އެދިފައެވެ.
މިމެޗް ކުޅެން ހަމަޖެހިފައިވާ ޓެޑީ ސްޓޭޑިއަމް އަކީ 1948 ވަނަ އަހަރު އިސްރާއީލުން ފޭރިގަތް ފަލަސްތީނުގެ އަވަށެއްގައި ހަދާފައިވާ ސްޓޭޑިއަމެކެވެ. މި މެޗް ގުދުސްގައި ކުޅެން ނިންމާފައިވާއިރު އިސްރާއީލް އިން ފަލަސްތީންގެ ބިމަށް ވެރިވެގަތްތާ 70 އަހަރު ފުރުމާއި ދިމާކޮށް، އިސްރާއީލްގައި ހުންނަ އެމެރިކާގެ އެމްބަސީ މުސްލިމުންގެ މުގައްދަސް ބިން، ގުދުސް އަށް ބަދަލުކޮށްފައިވާ ދަނޑިވަޅެއްގައެވެ.
އެކަމާއި ދެކޮޅަށް ފަލަސްތީންގެ ޣައްޒާގައި މުޒާހަރާ ކުރަމުންދާ ފަލަސްތީންގެ ރައްޔިތުންގެ ގަޔަށް އިސްރާއީލްގެ އަނިޔާވެރި ސިފައިން ދަނީ ބަޑިން ޙަމަލާދީ ޝަހީދުކޮށް، މުސްލިމުންނާއި ދެކޮޅަށް ބޮޑު ގަތުލުއާންމެއް ހިންގަމުންނެވެ.
ވ.ރަގަޅު ނިންމުމެއް
އަލްހަމްދު ﷲ ޝުކުރު.
الحمد اللة
ޙެހހެހހެހހެހެހހެހެހެހެހ. ސާބަސް އާޖެންޓިނަ
ވަރަށް އުފާވެއްޖެ. މެސީއަށް އޮތް ލޯތްބާ ކުރާ އިޙްތިރާމް އެތަށް ގުނައެއް އިތުރުވެއްޖެ.
ރަނގަޅު ނިންމުމެއް!
ވަރަށް ރަނގަޅު ނިންމުމެއް.
الحمد اللة
ޢެވަރު ކުރީމަ ދޯ ނުކުޅެންނިންމީ.. ދެން ރަނގަޅު ތިވަރުންވެސް ތިގޮތަށް ނިންމިކަން.
އިސްރާއީލާ ދެކޮޅަށް ހުންނަނީނަމަ އަބަދުވެސް މެސީއަށް ތާއީދުކުރާނަން. މެސީ އެގޮތުގައި ހުންނަންޏާ މެސިއަށް ބަރަކާތް ލައްވާށި.
ލަވް އަރޖެންޓީނާ ❤️?