ސްޕެނިޝް ލީގުގައި ސެވިއްޔާ ބަލިކޮށް އެއް މެޗު އިތުރަށް ކުޅެގެން ތާވަލުގެ ދެވަނައަށް ބާސެލޯނާ ޖެހިލައިފިއެވެ.

ސެވިއްޔާގެ ދަނޑުގައި ކުޅުނު މި މެޗު ބާސާ ކާމިޔާބުކޮށްފައިވަނީ 2-0 ގެ ނަތީޖާއަކުންނެވެ. މި މޮޅާއެކު ތާވަލުގެ ދެވަނައަށް ބާސާ ޖެހިލީ ކުޅުނު 25 މެޗުން ލިބުނު 53 ޕޮއިންޓާއެކު އެވެ. އެއްވަނައިގައި އެތްލެޓިކޯ މެޑްރިޑް އޮތީ 23 މެޗާއެކު ބާސާގެ އިތުރަށް ދެ ޕޮއިންޓް ހޯދައިގެންނެވެ.

މެޗުގައި ބާސާގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަަ އެވެ. ހާއްސަކޮށް ބާސާގެ ޒުވާން ކުޅުންތެރިންގެ ފަރާތުން މި މެޗުގައި އުއްމީދީ ކުޅުމެއް ފެނިގެންދިޔަ އެވެ. ބާސާގެ ފުރަތަމަ ލަނޑު ފެނިގެންގޮސްފައި ވަނީ މެޗުގެ 29 ވަނަ މިނެޓުގައެވެ. ލިއޮނަލް މެސީގެ އެހީއާއެކު މި ލަނޑު ކާމިޔާބުކޮށްފައިވަނީ އޮސްމަން ޑެމްބެލޭ އެވެ.

ބާސާއާއި ސެވިއްޔާ ކުޅުނު މެޗުގެ ތެރެއިން ބާސާއިން ލަނޑު ޖެހުމަށްފަހު އުފާފާޅުކުރަނީ

މި ހާފުގައި މެސީއަށް ރީނދޫ ކާޑެއް ދެއްކިއިރި މި ހާފު ނިމުނީ މި ނަތީޖާގައި އޮވެގެންނެވެ. މީގެއިތުރުން މި ހާފުގައި ބާސާގެ ޑެސްޓްއަށް ރަނގަޅު ފުރުސަތެއް ލިބުނެވެ. ނަމަވެސް އެ ބޯޅަ ދިޔައީ ދަނޑީގައި ޖެހިފައެވެ. ދެވަނަ ހާފުގައި ސެވިއްޔާއިން ވަރަށް ބޮޑަށް ބާސާގެ ގޯލަށް ބާރުބޮޑުކުރި އެވެ. ނަމަވެސް ބާސާގެ ފަހަތް ފެނުނީ އެއަށްވުރެ ހުށިޔާރުކޮށެވެ

ބާސާެގެ ދެވަނަ ލަނޑު ލިއޮނަލް މެސީ ކާމިޔާބުކޮށްފައިވަނީ މެޗު ނިމެން ހަތަރު މިނެޓަށް ވެފައިވަނިކޮށެވެ. މިއީ މެސީގެ ހުނަރު ބޭނުންކޮށްގެން އޭނާ ކާމިޔާބުކުރި ރީތި ގޯލެކެވެ.

މި ބައްޔާއެކު ސެވިއްޔާއިން ދަމަހައްޓަމުން އައި މޮޅުވުމުގެ ރެކޯޑަށް ވަނީ ނިމުން އައިސްފައެވެ. މި ދެ ޓީމު ދަނީ ސްޕެނިޝް ކޮޕަ ޑެލްރޭގެ ސެމީފައިނަލުގައި ވާދަކުރަމުންނެވެ. ފުރަތަމަ ލެގުން ސެވިއްޔާ 2-0 އިން މޮޅުވެފައިވާއިރު ދެވަނަ ލެގު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ބުދަދުވަހު އެވެ.