ގުޅީފަޅުގައި މަގުތައް ތަރައްގީވެގެން އަންނައިރު އެތަނުގެ މަގުތައް ރޭސްޖެހޭ ގޮތަށް ހެދިގެން ދިއުމަކީ އުއްމީދެއް ކަމަށް ކުޅިވަރާބެހޭ ވަޒީރު އަހުމަދު މަހުލޫފު ވިދާޅުވެއްޖެ އެވެ.

ދުނިޔޭގެ ކުރީގެ މޮޓޯޖީޕީ ޗެމްޕިއަން ސްޕެއިންގެ ޖޯޖް ލޮރެންޒޯ އަށް މަރުހަބާ ކިޔަން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މީޑިއާއަށް ދެއްވި އިންޓަރވިއު އެއްގައި ވާހަކަދައްކަމުން މަހްލޫފް ވިދާޅުވީ ރާއްޖޭގައި ރޭސްޖަހަން ހާއްސަ ޓްރެކެއް އަދި ނެތް ނަމަވެސް އެކަމަށް ހައްލެއް ސަރުކާރުން ހޯދާނެ ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ގުޅީފަޅު ތަރައްގީވެގެން އަންނައިރު އެތަނުގައި ރޭސް ޖެހޭނެ ގޮތަކަށް ކަންކަން ފަހިކޮށްދޭން ކެބިނެޓް ބައްދަލުވުމެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގެ އިތުރުން ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމްގެ ވާހަކަދައްކާފައިވާ ކަމަށާއި އެ ބޭފުޅުންގެ ވިސްނުން ޕޮޒިޓިވް ކަމަށެވެ.

ރޭސް ޖަހަން ވަކިން ހާއްސަކޮށް ވަކި ޓްރެކެއް ރާއްޖޭގައި ހެދުމަކީ މި ވަގުތަށް ބަލާއިރު ވާނެކަމެއް ނޫން ކަމަށާއި ރާއްޖޭގައި އެ ކެޕޭސިޓީ އަދި ނެތް ކަމަށެވެ. އެހެން ނަމަވެސް އިންޑަސްޓްރިއަލް އޭރިއާ ތަރައްގީވެގެން އަންނައިރު އެ ތަނަކީ ބޭނުންވާ މިންގަނޑަށް ޓްރެކްގެ ކަންތައް ހިމެނޭ ގޮތަށް ނިންމާނެ ތަނެއްކަމަށް އުއްމީދުކުރާ ކަމަށާއި އެކަން އެގޮތަށް ވުމަށް ކުރެވެން ހުރި ކަމެއް ކުރައްވާނެ ކަމަށް މަހްލޫފް ވިދާޅުވިއެވެ.

"ސިންގަޕޫރު ތަންތަނުގައި ވެސް މަގުތަކުގައި އެ ދުއްވަނީ، އަޅުގަނޑުމެންނަށް އެނގޭ ކޮންމެހެނެއް ވަކިން ބައެއް ގައުމުތަކުގައި އެ ހުންނަ ގޮތަށް ވަކިން ރޭސް ޖަހަން އެ ހުންނަ ކަހަލަ ޓްރެކެއް އަދި ނޭޅުނަސް، އެ ކެޕޭސިޓީ ރާއްޖޭގައި ނެތް،" މިނިސްޓަރު ވިދާޅުވި އެވެ.

ރާއްޖޭގައިވެސް ކާރު ރޭހެއް ބާއްވަން މަޝްވަރާކުރާ ކަމަށާއި އެގޮތުން ލަންކާގެ ވަރުގަދަ ރޭސް ޖަހާ މީހަކާ އެކީ ރާއްޖޭގައި ރޭހެއް ބޭއްވުމުގެ ވާހަކަތަކެއް އެ ގައުމުގެ ޔޫތު މިނިސްޓަރު ނަމާލް ރާޖަޕަޖްސާއާ އެކީގައި ދެކެވިފައިވާ ކަމަށް މަހްލޫފް ވިދާޅުވިއެވެ.

ޖޯޖް ލޮރެންޒޯ ވަނީ ރާއްޖޭގެ ރޭސިންގައި ހަރަކާތްތެރިވާ ފަރާތްތަކާވެސް ބައްދަލުކޮށްފައެވެ. މިއީ ލޮރެންޒޯގެ އަމިއްލަ ޗުއްޓީ ދަތުރެކެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އަބްދޫ

    މީހުން ދިރިއުޅޭ ތަންތާގެ މަގުތަކަކީ ރޭސްޖެހޭނެ ތަންތަނެއްނޫން. ރޭސްޖަހާނަމަ ގުޅީ ފަޅު ހުސްކޮށް ރޭސް ޖަހާތަނެއްގެ ގޮތުގަ ބާއްވާ. ރޭސް ޖަހާފަދަ މުއްސަނދިނ ދުނިޔޭގަ ހުސްބިންއޮތްތަންތަނަށްގޮސް ރޭސްޖާހާ ހިޔްހަމަޖެހޭވަރުވީމަ އާދޭ.

    20
    2
  2. ނުވިސްނޭ ރައްޔިތުމީހާ

    ކަލޯ ކަލެއަށް އިނގުނީ ދޯ ޔާމީންގެ ގުޅީފަޅު ޕްލޭންގަ ރޭސިންގ ޓްރެކެއް އޮތްކަން. ޔާމީން ވެރިކަމުގެ ހުރިނަމަ ތިޔަކަން ވެސް އޮންނާނީ މިހާރު ވެފަކަން ވަރަށް ސާފު.

    21
    3
  3. ައަހާ

    ކަލޯ ތިޔަތަނުން ކުރާ ހުރިހާ ކަމެއްވެސް ކުރަނީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް. ތިޔަ ބިލިއަރޑް މޭޒުތަކާއި ބިލިއަރޑް ހައުސްވެސް ހެދީ ކޮރަޕްޝަނުގެ ތެެރެއިން. އެއީ ކޮރަޕްޝަނުގެ ކުޑަމިންވަރެކޭ ކަލޭއެއްނުބުނީ

  4. އަލީ

    މިގައުމުގަ ތިބި ޒުވާނުންކޮޅު ދުއްވާލާނެ ގޮތެއް މަގުފަހިކުރަންވެގެން.