މެންޗެސްޓަރ ޔުނައިޓެޑުގެ ކުޅުންތެރިން މަޑުމަޑުން ނެގިމަޑުވަމުން އަންނަ ކަމަށާއި ފަހުންފަހުން އައިސް އެ ޓީމުގެ ކުޅުންތެރިން ކުޅެނީ ނިދީގައ މިހާރު ކުޅެނީ ނިދީގައި ކަމަށް އެ ޓީމުގެ ކުރީގެ ޑިފެންޑަރ ގެރީ ނެވިލް ބުނެފިއެވެ.

ސްކައި ސްޕޯޓްސްގައި ވާހަކަދައްކަމުން ގެރީ ނެވިލް މިހެން ބުނެފައިވަނީ ޔުނައިޓެޑް އާއި ކްރިސްޓަލް ޕެލަސް ލަނޑެއް ނުޖެހި އެއްވަރުވި މެޗަށްފަހު ވާހަކަދައްކަމުންނެވެ. އޭނާ ބުނީ ކުލަބުގެ އެތެރޭގައި ރަނގަޅުކުރަން ޖެހޭ ކަންކަން އެބަހުރި ކަމަށެވެ.

ގެރީ ނެވިލް ބުނީ މި ނަތީޖާތައް މިގޮތަށް އަންނަ ނަމަ ގަދަ ހަތަރެއްގެ ޖާގަ ޔުނައިޓެޑަށް ގެއްލުމުގެ ފުރުސަތު ބޮޑު ކަމަށާއި މެޗުތަކުގައި ޓީމުގެ ފެށުން ދަށްވުމަކީ މެޗުގެ ނަތީޖާއަށް އެންމެ ބޮޑު އަސަރުކުރާ އެއް ކަން ކަމަށެވެ.

"ފަހުން ފަހުން އައިސް ޔުނައިޓެޑުން މި ކުޅެގަންނަނީ ދެވަނަ ހާފުގައި، ފުރަތަމަ ހާފުގައި އެ ތިބެނީ ނެގުމަޑުވެގެން، މިހާތަނަށް ފަހުން އައިސް ކުޅުނު ގިނަ މެޗުތަކުގައި ކުޅުނީ އެހެން، ހުރިހާ މެޗެއްގަވެސް ފެށުން އެއީ އެންމެ މުހިއްމު ކަންތައް، އެކަން ރަނގަޅުވާ ތަނެއް އަދި ނުފެނޭ" ނެވިލް ބުންޏެވެ.

ނެވިލް ބުނީ މީގެކުރިން ޔުނައިޓެޑުގެ ފޯވާޑްލައިންގައި ކުޅުންތެރިން ކުޅުނީ ރަނގަޅު ދަނޑިވަޅުތަކުގައި ދުވެގެން ކަމަށާއި ނަމަވެސް އެންމެފަހުން ކުޅުނު މެޗުގައި ފެނުނީ ހުރިތަނުގައި ނެގިމަޑުވެގެން ކުޅުނުތަން ކަމަށެވެ.

"އަހަންނަށް އެންމެބޮޑަށް ފާހަގަވަނީ ބްރޫނޯ ފެނާންޑޭސް ވަރަށް މަސައްކަތްކުރާ ތަން، އެކަމަކު މެދުތެރެއިން އެހެން ކުޅުންތެރިން އެއްވެސް ވަރަކަށް ހަރަކާތްތެރިވާ ތަނެއް ނުުފެނޭ" ނެވިލް ބުންޏެވެ.

ޔުނައިޓެޑުން އެންމެ އަވަހަށް ދެން މެޗެއް ކުޅޭނީ އަންނަ އާދީއްތަ ދުވަހުގައެވެ. އެ ދުވަހު ކުޅޭ މެޗުގައި ބައްދަލުކުރާނީ ވާދަވެރި މެންޗެސްޓަރ ސިޓީއާއެވެ. އެއްވަނައިގައި ސިޓީ މިވަގުތު އޮތީ 14 ޕޮއިންޓުގެ ފަރަގަކާއެކު އެވެ. ދެވަނައިގައި ޔުނައިޓެޑް 51 ޕޮއިންޓާއެކު އޮތްއިރު ތިންވަނައިގައި ލެސްޓާ އޮތީ ޕޮއިންޓެއްގެ ތަފާތުންނެވެ.

 

 

 

ކިޔުންތެރިންގެ ހިޔާލު