ރަޝިއާގައި މި މަހު ފަށާ ވޯލްޑްކަޕްގެ ގްރޫޕް ސްޓޭޖުން ކަޓާނީ ކޮންޓީމުތަކެއް ކަން މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗް ހޯސޭ މޮރީނިއޯ ލަފާކޮށްފިއެވެ.

އުމުރުން 55 އަހަރުގެ މޮރީނިއޯ ވަނީ ކޮންމެ ގްރޫޕަކުން އެއްވަނަ އަދި ދެވަނައަށް ދާނެ ޓީމުތަކާއި ގްރޫޕް ސްޓޭޖުން ކަޓައިގެންދާނެ ޓީމުތައް އޭނާގެ ތަޖުރިބާގެ އަލީގައި ލަފާކޮށްފައެވެ.

އޭނާ ލަފާ ކުރި ގޮތުގައި ގްރޫޕް އޭގެ އެއްވަނަ އުރުގުއޭއަށް އަދި ދެވަނަ ރަޝިއާއަށް ލިބޭ އިރު ކަޓައިގެންދާނީ މިސްރު އަދި ސައުދީ އަރަބިއްޔާއެވެ. ގްރޫޕް ބީގެ އެއްވަނަ ސްޕެއިނަށް އަދި ދެވަނަ ޕޯޗުގަލްއަށް ލިބޭނެ ކަމަށް އޭނާ ލަފާކުރި އިރު އެ ގްރޫޕުން މޮރޮކޯ އަދި އިރާން ކަޓައިގެންދާނެ ކަމަށް އޭނާ ލަފާ ކުރިއެވެ. އަދި ގްރޫޕް ސީ އިން އެއްވަނަ ފްރާންސަށް އަދި ދެވަނަ އޮސްޓްރޭލިއާއަށް ލިބޭ އިރު ޕެރޫ އާއި ޑެންމާކް ކަޓައިގެންދާނެ ކަމަށް އޭނާ ވަނީ ލަފާ ކޮށްފައެވެ.

މޮރީނިއޯ ބުނާ ގޮތުން ގްރޫޕް ޑީގެ އެއްވަނަ ލިބޭނީ އާޖެންޓީނާއަށެވެ. އެ ގްރޫޕުގެ ދެވަނަ ނައިޖީރިއާއަށް ލިބޭ އިރު އައިސްލޭންޑާއި ކްރޮއޭޝިއާ ކަޓައިގެންދާނެ ކަމަށް އޭނާ ލަފާ ކުރިއެވެ. ބްރެޒިލް ހިމެނޭ އީ ގްރޫޕުގެ އެއްވަނަ އެގައުމަށް އޭނާ ދިން އިރު ސްވިޒަލެންޑަށް ދެވަނަ ލިބި ސާބިއާ އަދި ކޮސްޓާާ ރީކާ ކަޓައިގެންދާނެ ކަމަށް މޮރީނިއޯ ލަފާ ކުރިއެވެ. އަދި ގްރޫޕް އެފް އިން ޖަރުމަނަށް އެއްވަނަ އަދި މެކްސިކޯއަށް ދެވަނަ ދިން އިރު ސްވިޑެން އާއި ސައުތް ކޮރެއާ ކަޓާނެ ކަމަށް އޭނާ ލަފާ ކުރިއެވެ.

ބެލްޖިއަމް ހިމެނޭ ޖީ ގްރޫޕުން އެއްވަނަ ލިބޭނީ މޮރީނިއޯ ބުނި ގޮތުގައި އިންގްނެންޑަށެވެ. ދެވަނަ ބެލްޖިއަމްއަށް ދިން އިރު ޕެނަމާ އަދި ޓިއުނީޝިއާ ކަޓައިގެންދާނެ ކަމަށް އޭނާ ވަނީ ލަފާ ކޮށްފައެވެ. އެއްވެސް ބޮޑު ޓީމެއް ނުހިމެނޭ ގްރޫޕް އެޗްގެ އެއްވަނަ ސެނެގަލްއަށް އަދި ދެވަނަ ޕޮލެންޑަށް ލިބޭނެ ކަމަށާއި ކޮލަމްބިއާ އަދި ޖަޕާން ކަޓައިގެންދާނެ ކަމަށް އޭނާ ލަފާ ކުރިއެވެ.

މޮރީނިއޯގެ ލަފާ ކުރުންތަކުން އެންމެ ގިނަ ބަޔަކަށް ހައިރާންކަން ލިބިގެންދިޔައީ ޖީ ގްރޫޕުގެ އެއްވަނަ އިންގްލެންޑަށް ދިނުމުންނެވެ. އަދި އޭނާގެ އަމިއްލަ ގައުމު ޕޯޗުގަލް ސްޕެއިން ހިމެނޭ ގްރޫޕުގެ ދެވަނަ އަށް ދާނެ ކަމަށާއި އަދި ކޮލަމްބިއާ ކަޓައިގެންދާނެ ކަމަށް ލަފާ ކުރުމުންވެސް އެތައް ބަޔަކު ވަނީ ހައިރާންވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. 3ނިރު

    ނުވާނެ ތިކަމެއް ތިގޮތަކަށް ހުރިހާ ގަދަ ޓީމްތަކެއް ދެވަނަބުރަކަށް ނުދާނެ ކޮސްނުވެ

  2. ނައުފަލް

    މޮރީނިއޯ ނުވަތަ މޮޔަބެ އަކީ މުޅިއަކުން ސިކުނޑި ހަމަޖެހޭ ގޮލައެއް ނޫން.. އޭނާ ދައްކާ ވާހަކަ ޤަބޫލު ކުރާނީވެސް މޮޔައިން....

    • މޮޔަ

      އޭނަ ދައްކާ ވާހަކައަށް ކޮމެންޓް ކުރާނީވެސް މޮޔައިން އެހެންވީމަ...

  3. ކުށް ހީ

    މަގޭ ލަފާ ކުރުމުގައި ނައިޖޭރިއާ ކަޓާނެ އެވެ.އެ ގްރޫޕްގެ އެއްވަނަ ލިބޭނީ ކްރޯޝިޔާ އަށް ކަމަށް އަހަރެން ލަފާ ކުރަމެވެ.އަދި އިންގްލޭންޑް އޮތް ގްރޫޕްގެ 1ވަނަ އަކީ ބެލް ޖިއަމް ކަމަށާއި މިސުރު އަތުން ރަޝިޔާ ކެޓް ނަކީ ވެސް ވެދާނެ ކަމެއް ކަމަށް ފެނެއެވެ.

  4. ޕޮފުބާ

    މޮރީނިއޯ އަށް މާމޮޅު މީހަކު ކޮމެންޓް ކޮއްފި