ބްރިޖާޓަން ސީރީސް އިން އެތައް ބައެއްގެ ސަމާލުކަން ހޯދާފައިވާ ތަރި ރެގޭ ޖާން ޕޭޖް އަށް ނެޓްފްލިކްސްގެ ތާރީހުގައި ވެސް ނެރޭ އެންމެ އަގުބޮޑު ސީރީސް ކުޅެން ފުރުސަތު ދީފިއެވެ.

ރެގޭ ޖާން ޕޭޖް މެއިން ރޯލުން ފެނިގެންދާ ބްރިޖާޓަން ސީރީސް އަކީ ނެޓްފްލިކްސް އިން އަދި މިހާތަނަށް ނެރުނު އެންމެ ބޮޑު އޮރިޖިނަލް ސީރީސް އެވެ. އެ ސީރީސްގެ ފުރަތަމަ ސީޒަން ނިމިފައިވާއިރު އެ ސީރީސް އަށް ލިބުނު ކާމިޔާބާއެކު ނެޓްފްލިކްސް އިން ނިންމީ ރެގޭ ޖާން ފެނިގެންދާ ސީރީސް އެއް ނެރުމަށެވެ.

ރެގޭ ޖާން މިފަހަރު ފެނިގެންދާ ފިލްމަކީ ދަ ގްރެއި މޭން ނަމަކަށް ކިޔާ ފިލްމެކެވެ. މި ފިލްމުގެ ޕްރޮޑަކްޝަން ހަދަނީ ޖޯ އެންޑް އެންތޮނީ ރަސޯއެވެ. މި ފިލްމުގެ ޝޫޓިން ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި ލޮސް އެންޖަލިސްގައި ފަށާނެ ކަމަށް ނެޓްފްލިކްސް އިން ބުނެއެވެ.

ޑެޑްލައިން އިން ރިޕޯޓުކުރާ ގޮތުގައި ދަ ގްރެއި މެން އަށް ނެޓްފްލިކްސް އިން 200 މިލިއަން ޑޮލަރުގެ ބަޖެޓެއް ހޭދަކުރެއެވެ. ރެގޭ ޖާން ގެ އިތުރުން މި ފިލްމުން ފެނިގެން ދާނެ ކަމަށް އަޑުފެތުރިފައިވާ ތަރީންނަކީ އަނާ އާއި ރަޔާން އަދި ކްރިސްއެވެ.

މި ފިލްމު ނެރޭނެ ކަމަށް ބެލެވެނީ އަންނަ އަހަރެވެ.

ކިޔުންތެރިންގެ ހިޔާލު