ތުރުކީގައި ބޭއްވި"ރަންތޯލިވާ އިންޓަރނޭޝަނަލް މެރެތަން" ގައި ވާދަކޮށް އެމްއެންޑީއެފްގެ ކޯސްޓްގާޑުގައި މަސައްކަތްކުރަމުން އަންނަ ރާއްޖޭގެ އުއްމީދީ ދުވުންތެރިޔާ މުހައްމަދު ރަޝީދު (މޯޑު) ރަންމެޑަލް ހޯދައިފިއެވެ.

ކޮވިޑް-19 ގެ ހާލަތާއި ގުޅިގެން މި މެރަތަންގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުން 50 މެރަތަން ދުވުންތެރިންނަށެވެ. މި މެރަތަންގައި ރާއްޖެއިން ބައިވެރިވީ ތިން ދުވުންތެރިންނެވެ.

މި މެރަތަންގައި ރާއްޖެއިން ވާދަކުރި ދުވުންތެރިންނަކީ ރާއްޖޭގެ އެންމެ ގިނަ މެރަތަން ދުވި ދުވުންތެރިޔާގެ ރެކޯޑު އޮތް ނަސްރުﷲ އަހުމަދު (ނަސްރު) އާއި މުހައްމަދު ރަޝީދު (މޯޑު) އަދި މުހައްމަދު މުސްތަފާ އެވެ. މިއީ ނަސްރުގެ 68 ވަނަ މެރަތަންކަން ފާހަގަކޮށްލެވެއެވެ. އަދި މިއީ މުސްތަފާގެ ފުރަތަމަ ބައިނަލްއަޤްވާމީ މެރަތަން އެވެ.

ރާއްޖޭގައި އެންމެ ކުރިއަރަމުން އަންނަ މެރަތަން ދުވުންތެރިންތަކުގެ ތެރޭގައި ހިމެނޭ މޯޑު ވަނީ 2019 ވަނަ އަހަރު ސިންގަޕޫރުގައި ބޭއްވި އޮސިމް ސަންޑައުން މެރެތަންގެ 10 ކިލޯމީޓަރުގެ ބައިން ތިންވަނަ ހޯދާފައެވެ. އަދި އޭގެކުރިން ދުބާއި މެރަތަންގައި އޭނާ ވަނީ ބޮޑު ކުރިއެރުމެއް ހޯދާފައެވެ. މީގެއިތުރުން ބައިނަލްއަޤްވާމީ ގިނަ ދުވުންތަކުގައި ވާދަކޮށް މޯޑު ވަނީ ގިނަ ތަޖުރިބާތަކާއި ކުރިއެރުންތަކެއް ހޯދާފަައެވެ

ކޮވިޑްގެ ނުރައްކާތެރި މިހާލަތުގައި ވެސް ލިބުނު ތިން ޖާގައާއެކު މި މެރަތަންގައި ރާއްޖެއިން ވާދަކުރީ ގައުމަށް ރީތި ނަމެއް ހޯދައިދިނުމުގެ އަޒުމުގައެވެ. މި ކާމިޔާބީއާއެކު ޑިފެންސް މިނިސްޓަރ މާރިޔާ ވަނީ ދުވުންތެރިންނަށް މަރުހަބާ ކިޔާފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ކޮރަލް

    ހަމަ އެކަނި މަރުހަބާ ކިޔަން ވީކީ ނޫނެވެ. އެހީ އެއްވެސް ވާން ވީ އެވެ. ނޫނީ އިނާމެއް ދޭން ވީ އެވެ.

  2. މުކި

    މަޖަލަކަށް ދުވާބަޔަކު ދުވެލި ރޭހެއްދޯ... އެހެންވީމަ ތި ވަނައެއް ލިބުނީ...

    1
    5
  3. Anonymous

    މިމުބާރާތުގައި އަނެއްކާ އެހެން ޤަމުތަކުން ބައިވެރިވިބައި

    ޒާހިރު ނަޞީރުވެސް އެއްފަހަރެއްގައި މިކަހަލަ ކެރަމް ތައްޓެއް ގެންނެވި އެއީ މުބާރާތުގައި ބައިވެރިވީ 4 ޤައުމަކުން 4 ކުޅުންތެރިން ކަންދިމާވިގޮތުން ބޫޓާނުގެ ޓިމަށް )ފްލައިޓް މައްސަލަ ޖެހިގެން( ޙާޒިރު ނުވެވުނު އެހެންވެ ފަޚްރުވެރި 3 ވަނަ ލިބުނީ ދިވެހިރާއްޖެއަށް

    1
    2
  4. މާފަރޭ

    މަރުޙަބާ ރަހިއްޓޭ...