މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގު ދެވަނަ ބުރުގައި ބެސިކްޓަސް އަދި ބަޔާން މިއުނިކް ބައްދަލު ކުރި މެޗުގައި ދަނޑައް ބުޅަލެއް އެރުމުގެ ސަބަބުން ބެސިކްޓަސް ޖޫރިމަނާ ކޮށްފިއެވެ.

Error, group does not exist! Check your syntax! (ID: 111)

އިނގިރޭސި ރެފްރީ މައިކަލް އޮލިވާ ރެފްރީކަން ކުރި މިމެޗު މެދު ކަނޑާފައިވަނީ ބުޅާ ދަނޑަށް އެރުމުންނެވެ. ވޮޑަފޯން ޕާކުން ބުޅާ ބޭރު ކުރުމުން އޮލިވާ ވަނީ ކުޅުން ކުރިޔަށް ގެންގޮސްފައެވެ. ތުރުކީގެ ކްލަބެއް ކަމަށްވާ ބެސިކްޓަސް ޖޫރިމަނާ ކޮށްފައިވަނީ ކުރަން ޖެހޭ ވަރަށް އިންތިޒާމު ނުކޮށް ހުރުމުން ކަމަށް ޔުއެފާ އިން ބުނެއެވެ.

މީގެއިތުރުން ބެސިކްޓަސް އަށް ވަނީ ސަޕޯޓަރުން ސިޑި ތައް ބަންދުކުރުމާއި ތަކެތި އުކުމުގެ ސަބަބުން ވެސް ޖޫރިމަނާ ކޮށްފައެވެ. މި މެޗުން ބެސިކްޓަސް ވަނީ 1-3 ގެ ނަތީޖާ އަކުން ބަލިވެފައެވެ. އެގްރިގޭޓު ނަތީޖާ އެއްގެ ގޮތުގައި 1-8 ނަތީޖާ އަކުން ބަޔާން ވަނީ މޮޅުވެ ކުރިޔަށް އޮތް ކުއާޓާ ފައިނަލަށް ގޮސްފައެވެ.

ބަޔާން މިއުނިކް ވަނީ ސޯޝަލް މީޑިއާގައި މިކަމަށް މަލާމާތްކުރުމުގެ ގޮތުން އެމެޗުގެ މޮޅު ކުޅުންތެރިޔާ އަކަށް ބުޅާ ހޮވާފައެވެ. 

މީގެ އިތުރުން ޖޫން 4 އިން 7 ކަށް ޔުއެފާގެ ޑިސިޕްލިނަރީ ބޮޑީ އިން ވަނީ މުޅި އަކު 13 މައްސަލައެއް ނަގާފައެވެ. މީގެ ތެރޭގައި ބެސިކްޓަސް އާއި ދެކޮޅަށް ނަގާފައިވާ މައްސަލަވެސް ހިމެނެއެވެ. ލިވަޕޫލް އަށް ވަނީ 29،000 މިލިއަން ޔޫރޯގެ ޖޫރިމަނާ އެއް އައިސްފައެވެ. އެއީ ރޯމާ އާއި މެންޗެސްޓާ ސިޓީ ދެކޮޅަށް ކުޅުނު މެޗު ތަކުގައި ސަޕޯޓަރުން ބަޑި ބޭސް ބޭނުން ކުރުމާއި ސިޓީގެ ސްޓޭޑިއަމް އަށް އަނިޔާ ކުރުމުގެ ސަބަބުންެނެވެ.

ކިޔުންތެރިންގެ ހިޔާލު