ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުން ޔުވެންޓަސް ކެޓުމާއެކު އެ ޓީމުގެ ކޯޗާއި ބައެއް ސަޕޯޓަރުންގެ ނުރުހުން ކްރިސްޓިއާނޯ ރޮނާލްޑޯއަށް އަމާޒުކޮށްފިއެވެ.

ދެވަނަ ބުރުގެ ދެވަނަ ލެގުން އަމިއްލަ ދަނޑުގައި 3-2 ގެ ނަތީޖާއަކުން ޔުވެންޓަސް މޮޅުވި ނަމަވެސް، ރަށުން ބޭރުގައި ފުރަތަމަ ލެގުން ޔުވެންޓަސް ވަނީ 2-1 ގެ ނަތީޖާއަކުން ބަލިވެފައެވެ. އެއާއެކު އެގްރިގޭޓް ނަތީޖާއިން 4-4 ން ދެ ޓީމު އެއްވަރުވި ނަމަވެސް، ޕޯޓޯއަށް ކުރި ލިބުނީ ރަށުން ބޭރުގައި ޖެހި ލަނޑުންނެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު، އެގްރިގޭޓުން ދެ ޓީމު އެއްވަރުވެފައި އޮތުމުން، ނަތީޖާ ނެރުމަށް ވަނީ އިތުރު ވަގުތުގެ ދެ ހާފު ކުޅެފައެވެ. އިތުރު ވަގުތުގެ ފުރަތަމަ ހާފުގައި ލަނޑެއް ނުފެނުނު ނަމަވެސް، ދެވަނަ ހާފުގައި އޮލިވޭރާ ވަނީ ހިލޭ ޖެހުމަކުން ޕޯޓޯއަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. އެކަމަކު އޭގެ ދެ މިނެޓް ފަހުން ރަބިއޯ ލަނޑެއް ޖެހިއެވެ. ނަމަވެސް އެގްރިގޭޓުން ކުރި ނުހޯދުނެވެ.

މެޗަށްފަހު ޔުވެންޓަސްގެ ކޯޗު ބުނީ މި މެޗުގައި ރޮނާލްޑޯގެ ފަރާތުން ފެނުނީ ދަށް ކުޅުމެއް ކަމަށާއި އެހެން މެޗުތަކުގައި ރޮނާލްޑޯގެ ފަރާތުން ފެނުނު ކުޅުމާއި އަޅާ ބަލާއިރު ހާސް ބައި ތަފާތު ކުޅުމެއް ކަމަށެވެ.

"އަހަރެމެން ހީކުރި ކުޅުމެއް އޭނަ (ރޮނާލްޑޯ) ގެ ފަރާތުން ނުފެނުނު، ރޮނާލްޑޯއަށް މިސްޓަރ ޗެމްޕިއަންސް ލީގޭ ކިޔަސް އެކަމެއް ދަނޑުމަތިން މިފަހަރު ނުފެނުނު، އެހެން ނަމަވެސް އޭނާ އެބަހުރި މި މުބާރާތުގައި މިހާތަނަށް ވަރަށް މޮޅަށް ކުޅެ ޓީމުތަކަށް ތަށި ހޯދަދީފަ، އެކަމަކު މިފަހަރު މިހެން ދިމާވީމަ ވަރަށް ދެރަ" މާޔޫސްވެފައި ހުރި ޕިރްލޯ ބުންޏެވެ.

ޕިރްލޯގެ އިތުރުން ޔުވެންޓަސްގެ ބައެއް ސަޕޯޓަރުންވެސް ދަނީ މީސްމީޑިއާގައި ނުރުހުން ފާޅުކޮށް ރޮނާލްޑޯއަށް ފާޑުކިޔަމުންނެވެ.

މި ނަތީޖާއާއެކު ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުން ޔުވެންޓަސް ކެޓިއިރު، މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގުންވެސް އެ ޓީމު ކެޓީ ދެވަނަ ބުރުންނެވެ.

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ބަލިވީމަ ގޯސް ކުރީ..

    އެހެންވީމަ ކޯޗާއި މުޅި ޓީމު މިއޮންނަނީ ރޮނާލްޑޯ އަށް ބަރޯސާވެފަތާ.

    16
    4
  2. ހިތް ހަލާކު

    ބަލަ މީ ހާދަ ބޯ ނެޓް ބަޔެކޭ ދޯ؟ ކާމިޔާބީއަކީ ކޮންމެ ފަހަރަކު ލިބިދާނެ އެއްޗެއް ނޫން.....އެންމެ މޮޅު މީހާއަށް ވެސް ކަމެއް ކާމިޔާބުނުވެ ހިނގަެިދާނެ! ޕިސް ޕިސް....ނަތިން ޓު ސޭ....ރޮނާލްޑޯ.....ޑޯންޓް ގިވް އަޕް✊🏻

  3. ނަސީ

    މައުމޫން 30 އަހަރު ވެރިކަން ކުރި ކާމިޔާބު ލީޑަރެއް