އައްޑޫ ސިޓީ ފޭދޫ ދެ ގުރޫޕެއްގެ ދެމެދުގައި މާރާމާރީއެއް ހިނގައި ހަތް މީހަކު ޒަހަމްކޮށްލައިފި އެވެ.

"ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި މާރާމާރީ ހިނގާފައިވަނީ މީގެ ކުޑައިރުކޮޅެއް ކުރިންނެވެ. މިއީ ދެ ފޭދޫ ދެ ގްރޫޕެއްގެ ދެމެދުގައި ހިނގި މާރާމާރީއެކެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މި މާރާމާރީގައި ހަތް މީހަަކަށް އަނިޔާވެގެން ފަރުވާދެމުންދާ ކަމަށެވެ. އަދި އެ މީހުންގެ ތެރެއިން ބައެއް މީހުންނަށް ފޭދޫ ސިއްހީ މަރުކަޒުގައި ފަރުވާދެމުންދާ ކަމަށާއި، ބައެއް މީހުންނަށް އައްޑޫ ހޮސްޕިޓަލްގައި ފަރުވާދެމުންދާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގެ އޮފިޝަލަކު "ވަގުތު" އަށް ވިދާޅުވީ، އެ ސިޓީގައި މާރާމާރީއެއް ހިނގައި 3 މީހަކަށް އެކި ވަރުގެ އަނިޔާ ލިބިގެން ފަރުވާ ދިނުމަށް ގެނެސްފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ 18 އަހަރާއި، 19 އަހަރާއި 26 އަހަރުގެ ދިވެހި ފިރިހެނުން ކަމަށެވެ.

މި ތިން މީހުންނަށް ލިބުނު އަނިޔާތަކުގެ ތަފްސީލެއް އޮފިޝަލް އާންމުކޮށްފައެއް ނުވެއެވެ. އޮފިޝަލް ވިދާޅުވީ، ހޮސްޕިޓަލަށް ގެނެވުނު މީހުންނަށް އަވަސް ފަރުވާ ދެމުން އަންނަ ކަމަށެވެ.

"ވަގުތު" އަށް މައުލޫމާތު ދެމުން މަންޒަރު ދުށް ފަރާތްތަކުން ބުނެފައިވަނީ، މާރާމާރީ ހިނގާފައިވަނީ ފޭދޫގައި އަލަށް އަޅާ ޓާފް ދަނޑު ސަރަހައްދު ބޮޑު މަގުގައި ކަމަށެވެ.

"އެއް ގްރޫޕުން އައީ މާރާމާރީ ހިންގަން ކަމަށް އެތަނުންވެސް ކިޔައި ހެދީ. އެތަނުން އެކެއްގެ ކޮޑު ހުޅުވެސް ނެއްޓިފަ ކަމަށް ވަނީ." މަންޒަރު ދުށް މީހަކު "ވަގުތު" އަށް ކިޔައިދިނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ލޮލް

    އެމްޑީޕީ ސަރުކާރުގެ ތަރައްގީ ހަމަ އައްޑުއަށް އޮހެނީ.

    18
    1
  2. ސިޓީބިޓީ

    ވާހްވާ، އެހެރަގެން އަންނަނީ ސިޓީގެ ސިފަޖެހެމުން ފުރާފުރިހަމަވަމުން ތަރައްގީވަމުން. މަރުހަބާ މަރުހަބާ.

    16
    1
  3. ހުސެން

    އައްޑޫ ޔޫކޭ މީހުނައް ވިއްކާލަބަލަ ހުރިހާ ފިރިހެންވެރިން މާލޭގަ މިމައްސަލަޔާހެދި މިހާރު ސޯބެ އެވަނީ އައްޑޫައް ފިރިހެން އަސްތަކެއް ގެނެސްފަ..ކީކޭ ބުނާނީ

    11
    2
  4. އެސްއެމްއެސް

    ހާދަ ޓްރާންސްޕޭރެންސީ ދަށޭ ދޯ؟ ކޮމެންޓެއް އަރުވާލަން ނުކެރޭ... ތީ ނޫސްވެރިކަން ތަ؟