އިޓަލީގެ ޗެމްޕިއަންސް ޔުވެންޓަސް އިން ވަނީ ބްރެޒިލްގެ ކުރިޔަށް ކުޅޭ ޑަގްލަސް ކޮސްޓާ 40 މިލިއަން ޔޫރޯ އަށް ގެނައިކަން ކަށަވަރު ކޮށް ދީފައެވެ.

27 އަހަރުގެ ކޮސްޓާ މިދޔަ ސީޒަނުގައި ބަޔާން މިއުނިކް އިން ވަނީ ލޯނަށް ދޫކޮށްފައެވެ. ޔުވެންޓަސްގައި މިދިޔަ ސީޒަން ކުޅެ އިޓަލީގެ ޗެމްޕިއަން ކަން ނެގުމަށްފަހު ހަތަރު އަހަރުގެ މުއްދަތަކަށް އޭނާ ވަނީ އެއްބަސް ވުމެއްގައި ސޮއި ކޮށްފައެވެ.

މަސަމިލިއާނޯ އަލަގްރީގެ ދަށުން ޔުވެންޓަސް އަށް ކުޅުނު ސީޒަނުގައި ކޮސްޓާ ވަނީ މުޅި ސީޒަނުގައި 6 ގޯލު ކާމިޔާބު ކޮށް 14 އެސިސްޓު ކޮށްދީފައެވެ. މީގެ އިތުރުން 13 ވަނަ ފަހަރަށް ކޮޕާ އިޓާލިއާ ޔުވެންޓަސް އިން ކާމިޔާބު ކުރުމުގައި ކޮސްޓާގެ ދައުރު ވަރަށް ބޮޑު ކަމަށް ފާހަގަ ކުރެވެއެވެ.

މީގެ އިތުރުން މިމަހު 14 ވަނަ ދުވަހު ރަޝިއާގައި ފެށޭ ފީފާ ވޯލްޑް ކަޕުގެ ފެވަރިޓުންގެ ތެރޭގައި ހިމެނޭ ބްރެޒިލް ސްކޮޑުގައި ވެސް ޑަގްލަސް ކޮސްޓާ ވަނީ ހިމެނިފައެވެ. އޭނާ އާއި އެކީ ބްރެޒިލްގެ ފޯވާޑުގައި ފަމީނިއޯ ނޭމާ ކޯޓީނިއޯ ފަދަ ނަން މައްޝޫރު މޮޅެތި ކުޅުންތެރިން ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު