ޒަމާނީ ފެންވަރަށް ތަރައްގީކޮށްފައިވާ ރ.އަތޮޅު ކިނަޅޮހުގެ ވޮލީބޯޅަ ކޯޓުގެ މަސައްކަތް ނިންމާލައިފިއެވެ.

މިއީ ކިނަޅޮހުގެ ކައުންސިލުން އިއުލާންކޮށްގެން އެންޓީއެން ޕާޓްނާޝިޕާ ހަވާލްކޮށްގެން ކުރިޔަށްގެންދިޔަ މަސައްކަތެކެވެ. މިއީ ފަހުގެ ތާރީހެއްގައި އަތޮޅުތެރޭގެ ރަަށެއްގައި މިހާތަނަށް ގާއިމުކުރި އެންމެ ހިތްގައިމު ވޮލީ ކޯޓުތަކުގެ ތެރެއިން ފާހަގަކޮށްލެވޭ ކޯޓެކެވެ.

މި ވޮލީ ކޯޓުގައި ކުޅިބަލާ މީހުންނަށް ހާއްސަ ދެ ސިޑިބަރި ހިމެނެއެވެ. އަދި ވަަޑައިގަންނަވާ ޝަރަފްވެރި މެހެމާނުންނަށް ހާއްސަކޮށް ރޮސްޓަމް ސަރަހައްދެއްވެސް ވަނީ ގާއިމުކޮށްފައެވެ. މިއީ ވޮލީއަށް ފޯރި ހުންނަ ކިނޮޅަހުގެ ރައްޔިތުންނަށް ލިބުނު ބޮޑު އުފަލެކެވެ.

މި މަސައްކަތްކުރުމަށް މިނިސްޓްރީ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމެންޓުން 5،389،67 (ފަސް ލައްކަ ތިރީސް އަށްހާސް ނުވަސަތޭކަ ފަސްދޮޅަސް ހަތް) ރުފިޔާ ވަނީ ހަރަދުކޮށްފައެވެ. އަދި ރަސްމީކޮށް މި ކޯޓު ހުޅުވާފައިނުވާ އިރު، މިހާރު ސޯޝަލް މީޑިއާގައި މި ކޯޓުގެ ރީތި ފޮޓޯޯތަކެއް ދަނީ ދައުރުވަމުންނެވެ. އަދި ގިނަބައެއްގެ ތައުރީފު ދަނީ ލިބެމުންނެވެ.

ސަރުކާރުގެ ހަރަދުގައި މިހާތަނަށް ވަނީ އއ. އުކުޅަހާއި ކ. ހުރާގައި އައުޓްޑޯ ވޮލީބޯޅަ ކޯޓު އަޅާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކައުންސެލަރު 🙌

    މިސަރުކާރުގެ މެގަ ޕްރޮޖެކްޓެއް ދޮތަ؟

  2. ބޯކިބާ

    މަތިން ބަލާލަން ހިތްގައިމު، އެކަމަކު ސިޑިބަރީގަ ތިބޭމީހުން ކުޅިބަލަން ތިބެންޖެހޭނީ ކަރު އެއްފަރާތަކަށް އަނބުރައިގެން، އެގޮތަށްތިބެ މެޗުބަލާނިމޭއިރު ކަރަށް ނާރުއަރާފަ ތިބޭނީ.

    1
    2