ވޯލްޑް ކަޕުގެ ކުރިން ކުޅެމުން އަންނަ އެކުވެރި ކަމުގެ މެޗުތަކުން ހުރިހާ މެޗެއް ވެސް ކާމިޔާބު ކުރަމުން އައި ސްވިޓްޒަލޭންޑުން ފަހު މެޗުގައި ޖަޕާނުވެސް ބަލިކޮށްފިއެވެ،

ސައުތެމްޓަން އަށް ކުޅެމުން އަންނަ މަޔާ ޔޮޝީޑާ ބްރީލް އެމްބޮލޮ އަށް ކުރި ފައުލް އަކާއި ގުޅިގެން ފުރަތަމަ ހާފުގައި ލިބުނު ޕެނަލްޓީއެއް ސްވިޓްޒަލޭންޑަށް ކާމިޔާބު ކޮށްދީފައިވަނީ އެޓީމުގެ ޑިފެންޑަރު ރިކާޑޯ ރޮޑްރީގެޒް އެވެ.

އެހެންނަމަވެސް ފަހު ހާފުގައި ވެސް ޖަޕާނަކަށް ގޯލެއް ނުޖެހި މެޗު ނިމެން 5 މިނެޓަށް ވެފައި ވަނިކޮށް ސްވިޓްޒަލޭންޑުގެ ދެ ވަނަ ގޯލު ކާމިޔާބު ކޮށްދިނީ ބެންފިކާގެ ފޯވާޑު ހެރިސް ސެފެރޮވިކް އެވެ.

މިމަހުގެ ސާދަ ވަނަ ދުވަހު ރަޝިޔާގައި ވޯލްޑްކަޕު ފެށޭ އިރު ސްވިޓްޒަލޭންޑަށް ވޯލްޑްކަޕު ފެށޭނީ ޖޫން ސަތާރަ ވަނަ ދުވަހުގައެވެ. ފުރަތަމަ މެޗު ބްރެޒިލް އާއި ކުޅޭ އިރު ވޯލްޑް ކަޕުގެ ކުރިން ޖަޕާނު އަދި އެކުވެރި ކަމުގެ މެޗެއް ކުޅޭނެއެވެ. އަނގާރަ ދުވަހު ޖަޕާނުގެ ފަހު އެކުވެރި ކަމުގެ މެޗު ކުޅޭނީ ޕެރެގުއޭ އާއި ދެކޮޅަށެވެ.

ވްލަޑްމިރް ޕެޓްކޮވިކްގެ ޓީމު ވޯލްޑް ކަޕުގައި ބްރެޒިލްގެ އިތުރުން ގުރޫޕު އީ ގައި ކޮސްޓަރީކާ އާއި ސާބިއާ ދެކޮޅަށް ކުޅެން ޖެހޭނެއެވެ. ހަމަ އެހެންމެ ވޯލްޑް ކަޕުގެ ކުރިން ކުޅުނު އެއްވެސް އެކުވެރި ކަމުގެ މެޗަކުން މޮޅެއް ނުލިބި އޮތް ޖަޕާނު ގުރޫޕް އެޗް ގައި ކުޅެން ޖެހޭނީ ސެނެގަލް އާއި ޕޮލެނޑް އަދި ކޮލަމްބިއާ ދެކޮޅަށެވެ.

ކިޔުންތެރިންގެ ހިޔާލު