ޖަޕާނުގެ ގިފޫގައި މިހާރު ކުރިއަށްދާ ސައުތް އޭޝިއަން ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕުގެ 200 މީޓަރު ދުވުމުން ރާއްޖޭގެ ޔޫތު ރެކޯޑު ހިމްނާ މުގުރާލައިފިއެވެ.

މިއަދު ހިމްނާ 200 މީޓަރު ހީޓުގައި ދުވެ ރާއްޖޭގެ ގައުމީ ޔޫތު ރެކޯޑު މުގުރާލާފައިވަނީ 26.73 ސިކުންތުން ރޭސް ނިންމައިގެންނެވެ. މީގެ އިތުރުން މިއީ ހިމްނާ މިހާތަނަށް 200 މީޓަރު އެންމެ ބާރަށް ޖެހި ފަހަރެވެ. ކުރިން ހިމްނާ އެންމެ ބާރަށް ދުވެފައިވަނީ 27.32 ސިކުންތުންނެވެ. އެހެންމެކަމުން މިއީ ހިމްނާ އަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށް ގިނަ ބަޔަކު ދެކެއެވެ.

މީގެ އިތުރުން ޖޫން 7 ގައި ހިމްނާ ވަނީ 400 މީޓަރު ދުވުމުން ރާއްޖޭގެ ގައުމީ ރިކޯޑު ވެސް މުގުރާލާފައެވެ. އަށް އަހަރުވީ މި ރެކޯޑު ހިމްނާ މުގުރާލާފައިވަނީ 59.76 ސިކުންތުން ރޭސް ނިންމައިފިއެވެ.

އައްޑޫ ސިޓީ އަށް ނިސްބަތްވާ ހިމްނާ ވަނީ މިދިޔަ މަހު ލަންކާގައި ބޭއްވުނު ސައުތު އޭޝިޔަން ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕުގައި ވެސް ރާއްޖެ ތަމްސީލު ކޮށްފައެވެ. މިމުބާރާތުގައި ހިމްނާ ވަނީ ގައުމީ ޔޫތު ރެކޯޑު 400 މީޓަރު ދުވުމުން އާކޮށްފައެވެ.

ހިމްނާ އަކީ ފާއިތުވި ގިނަ މުބާރާތް ތަކުގައި ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ދުވުންތެރިއެކެވެ. ހަމަ އެހެންމެ އެތައް ފަހަރެއްގެ މަތިން މުބާރާތް ތަކުގައި އުމުރުފުރާގެ އެންމެ މޮޅު އެތުލީޓު އަދި ބެސްޓް އޯލް ރައުންޑް އެތުލީޓުގެ މަގާމު ވެސް ހިމްނާ ވަނީ ހޯދާފައެވެ.

ކިޔުންތެރިންގެ ހިޔާލު