ރިޕޯޓު ތަކުން ބުނާގޮތުގައި ރިއަލް މެޑްރިޑުން 411 މިލިއަން ޑޮލަރުގެ ޓްރާންސްފާ ފީއެއް ދައްކައި ޕީ އެސް ޖީ އިން ނޭމާ ގެންނަން ތައްޔާރު ވެއްޖެ އެވެ.

ނޭމާގެ އެއްބަސް ވުމުގައި މިއަހަރުގެ ސެޕްޓެމްބަރު 1 އަށް ފަހު 300 މިލިއަން ޔޫރޯ އަށް ޓީމު ދޫކޮށް ލެވޭނެ ގޮތެއް އިންނަ ކަމަށް ވެއެވެ. ނަމަވެސް އޭނާ އަށް ޕީ އެސްޖީ ދޫކޮށް ލެވޭނީ ޓްރާންސްފާގެ ދޮރުތައް ބަންދު ވުމަށް ފަހުގައެވެ. އެހެން ކަމުން ރިއަލް މެޑްރިޑަށް ނޭމާ ކުޅެވޭނީ ޖެނުއަރީ އަށް ފަހުގައެވެ.

އެހެން ނަމަވެސް ޖެނުއަރީ އަށް ވުރެ ކުރިން ނޭމާ ރިއަލް މެޑްރިޑަށް ގެނައުމަށްޓަކައި ގިނައިން ލާރި ދިނުމަށް އެ ކްލަބުން ތައްޔާރު ވަމުން އަންނަ ކަމަށްވެސް ގިނަ ރިޕޯޓު ތައް ބުނެއެވެ.

ނޭމާ އަދި ރޮނާލްޑޯ އެކީގައި ކުޅެވޭނެތޯ ނުވަތަ ނޫންތޯ އެއީ ވަރަށް ގިނަ ބަޔަކު ކުރާ ސުވާލެކެވެ. ނަމަވެސް ބްރެޒިލް ގައުމީ ޓީމުގައި ކުރެވުނު އިންޓަވިއު އެއްގައި ރިއަލް މެޑްރިޑުގެ ފުލް ބެކް މާސެލޯ ބުނެފައިވަނީ ރޮނާލްޑޯ ރިއަލް މެޑްރިޑުގައި ހުއްޓަސް ނޭމާ އަށް ކުޅެވޭނެ ކަމަށާއި ރޮނާލްޑޯ އަކީ ރިއަލް މެޑްރިޑުގެ ވެރި މީހާ ނޫން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ތެދު

    މެސީ އެހެން ޓީމަކަށް ދާތަން ބަލާލަން ބޭނުން

  2. Anonymous

    ހަމަ ރޮނާލްޑޯ އަކީ އަދި މާ އަމިއްލައެދުން ބޮޑު މީހެއް އެހެންވީމަ ޕެނަލްޓީ މައްސަލަ ޖެހޭނެ!

  3. މާސެލޯ

    ނޭމާ.ރޮނާލްޑޯ.މެސީ އެއްކުލަބަކަށް ކުޅޭތަން ދެކެން ވަރަށް ބޭނުން

  4. ޙަސަނުބެ

    މެސީ އަކަށް އެހެންޓީމަކަށް ގޮސްގެން ނުކުޅެވޭނެ ެހެންވެ ނުދަނީ އެހެން ނޫނަސް މެސީ ގެންދާކަށް ބަޔަކު ނޫޅެ ދޯ ހެހެހެ

    • ހަސަނުބެގެކާފަ

      ޙަސަނުބެ ބޯގޮވާފަތަ ތިހާ ގަޅި ކޮމެންޓް ތިކުރަނީ .

  5. ހުމުދު

    ކަލޭމެން ކިތަށްމެ ބޭނުންވިޔަސް މެސީ ބާސާ ދޫކޮށްފަ ދާނީ އާޖެންޓީނާގެ ޓީމަކަށް އެހެންގޮތެއްނެތް