ރާއްޖޭގެ އެންމެ ބޮޑު އެއް ކޮލެޖް ކަމުގައިވާ ވިލާ ކޮލެޖްގެ ފުޓްސަލް މުބާރާތް މިއަދު ފަށައިފިއެވެ. މިއީ އެ ކޮލެޖްގެ ސުޑަންޓް އެސޯސިއޭޝަނުން އިންތިޒާމްކޮށްގެން "ފުޓްސަލް ޓޯނަމެންޓް 2k17" ގެ ނަމުގައި ބާއްވާ މުބާރާތެކެވެ.

ADS BY SONEE SPORTS

ދެ ޖިންސުގެ ދަރިވަރުންނަށްވެސް ހުޅުވާލެވިގެން ބޭއްވޭ މި މުބާރާތުގައި ޖުމްލަ 21 ޓީމަކުން ވަނީ ބައިވެރިވެފައެވެ. އެއީ އަންހެން ކުދިންގެ 6 ޓީމާއި ފިރިހެން ކުދިންގެ 15 ޓީމެވެ.

ވަގުތު އަށް މައުލޫމާތު ދެމުން އެ ކޮލެޖްގެ ސުޑަންޓް އެސޯސިއޭޝަންގެ މެމްބަރަކު ބުނެފައިވަނީ މު މުބާރާތަކީ ދަރިވަރުންގެ މެދުގައި އެކުވެރިކަން އާލާކޮށް، އެކުދިންގެ ތެރޭގައި އޮންނަ ގުޅުން އިތުރަށް ބަދަހި ކުރުމުގެ އިތުރުން ކިޔެވުމުގެ ބޭރުން އެކުދިންނަށް ރަނގަޅު ވަގުތުކޮޅެއް ހޯދައި ދިނުމުގެ މަޤުސަދުގައި ބޭއްވޭ މުބާރާތެއް ކަމަށެވެ.

މިއަދުގެ ހެނދުނު ފެށުނު މި މުބާރާތުގެ ގްރޫޕް ސްޓޭޖް މެޗުތައް މިރޭ ކުޅެ ނިމޭއިރު، މާދަމާ ކުޅެވޭނީ ކުއާޓާރ ފައިނަލް މެޗާއި ސެމީގެ އިތުރުން ފައިނަލް މެޗެވެ. ދަރިވަރުންގެ ފަރާތުން މި މުބާރާތަށް ލިބުނު ތަރުޙީބު ވަރަށް ބޮޑެވެ. ވިލާ ކޮލެޖްގެ ނައިފަރު އަދި މަހިބަދޫ ކެމްޕަހުން އަމިއްލަ ހަރަދުގައި މި މުބާރުގައި ބައިވެރިވުމަށް މާލެ އައިސްފައި ވުމުން އެކަން ސާބިތުވެއެވެ. އަދި މިއީ އަތޮޅު ކެމްޕަސްތަކުގެ ޓީމްތަކުން ބައިވެރިވެގެން ބޭއްވޭ ފުރަތަމަ މިފަދަ މުބާރާތް ކަންވެސް ފާހަގަކޮށްލެވެއެވެ.

ޗެމްޕިއަން ޓީމަކަށް 2000 ރުފިޔާގެ ފައިސާގެ އިނާމެއް އެރުވޭ މި މުބާރާތުގައި އެންމެ މޮޅު ފަސް ކުޅުންތެރިންނާއި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އިތުރުން އެންމެ މޮޅު ކީޕަރުވެސް ހޮވިގެން ދާނެއެވެ.

Comments are closed.