ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު މީސް މީޑިއާ އަށް ދޫކޮށްލި އޭނާ ޓްރެއިނިންއެއް ކުރިއަށް ގެންދިޔަ ވީޑިއޯއަކަށް އެއް މިލިއަނަށްވުރެ ގިނަ ވިއުސް ލިބިއްޖެ އެވެ.

ސާއިދު މާރިޗް 20 ވަނަ ދުވަހު އެ ވީޑިއޯ ދޫކޮށްލާފައި ވަނީ އޭނާގެ ފޭސްބުކް ޕޭޖަށެވެ.

"މިއަދުގެ ތަމްރީން" މިގޮތަށް ޖަހާ އޭނާ ހިއްސާ ކުރި އެ ވީޑިއޯއިން ފެނިގެން ދަނީ އޭނާ ޓްރެކް މަތީގައި ދުވާ މަންޒަރެވެ.

އެ ވީޑިއޯއަށް މިހާތަނަށް 1.4 މިލިއަން ވިއުސް ލިބިފައިވާއިރު، 6،700 އަށްވުރެ ގިނަ ލައިކް އެ ވީޑިއޯއަށް ލިބިގެން ގޮސްފައި ވެއެވެ. އަދި 25 ޝެއާ އާއި 12 ކޮމެންޓް އެ ވީޑިއޯއަށް ލިބިފައި ވެއެވެ.

ސާއިދަކީ ސައުތު އޭޝިއާން ގޭމްސްގެ 35 އަހަރުގެ ތާރީހުގައި ރާއްޖެއަށް އެ މުބާރާތުން ރަން މެޑަލެއް ހޯދައިދިން ފުރަތަމަ އެތުލީޓެވެ.

ޖަޕާނުގެ ވެރިރަށް ޓޯކިޔޯގައި މި އަހަރު ބޭއްވުމަށް މަސައްކަތް ކުރަމުންދާ އޮލިމްޕިކްސްގައި ރާއްޖެއިން ވާދަކުރާ އެތުލީޓުންގެ ތެރޭގައި ސާއިދު ހިމެނެއެވެ.

އޭނާ އަކީ މިހާރު ދިރާގުގެ އިތުރުން، ލޮޓަސް ބައިކް ޝޮޕްގެ ބްރޭންޑް އެމްބެސެޑަރެވެ. އޭނާ ވަނީ ރާއްޖޭގެ އެހެން ބައެއް މަޝްހޫރު ކުންފުނިތަކުގެ ބްރޭންޑް އެމްބެސެޑަރުކަންވެސް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޅަބޭ

    1.4 މިލިއަން ވިއުސް ލިބިފައިވާއިރު، އެންމެ 6،700 ލައިކް، އެންމެ 25 ޝެއާ އާއި އެންމެ 12 ކޮމެންޓު. މީގަ ވަރައް ބޮޑު ނުބަޔެއް އެބައުޅޭ. 1.4 މިލިއަން ފަހަރު މީހުން އެ ވީޑިޔޯ ބަލާފަވެސް، އެންމެ 12 ކޮމެންޓު. ތީ ޖޯކެއްނު. ތިއޮތީ ޗައިނާއިން ވީޑިޔޯ ވިއުސް ގަނެފަ.

    10
    6
  2. ކޮރަލް

    ބުރަމަސައްކަތު ގެ ނަތީޖާ އެވެ.ސަރުކާރުން ޒުވާނުންގެ ޓެލެންޓް ހޯދާ ފަ އިންވެސްޓް ކުރަން ޖެހެ އެވެ.

  3. ކަޅުސޮރު

    ބަޔަކު ކިތަންމެވަރަކަށް ޕްރޮމޯޓް ކޮށް ހެދިޔަސް އަދި ދުނިޔޭގެ ކިތަންމެ ރީތިނަމެއް ހޯދިޔަސް މިގޮތަށް އައުރަ ނިވާނުކޮށް އުޅުމުން މީހާ ފާާފަވެރިވުންނޫން އެހެންކަމެއް ނުވާނެ..