މިހާރު ދުނިޔޭގެ ފުޓުބޯޅައިގައި އެންމެ ވިދާ އެއް ފޯވާޑު ކަމަށްވާ އެތުލެޓިކޯ މެޑްރިޑު އަދި ފްރާންސްގެ ފޯވާޑު އެންޓޮއީން ގްރިޒްމެންގެ ކުރިމަގު ވަރަށް އަވަހަށް އަންގާނެ ކަމަށް އޭނާ ބުނެފިއެވެ.

އެތުލެޓިކޯ މެޑްރިޑުގައި އަނެއްކާވެސް ކާމިޔާބު ސީޒަނަކަށް ފަހު 27 އަހަރުގެ ގްރިޒްމެން ބާސެލޯނާ އަށް ބަދަލު ވާކަމަށް ގިނަ މީޑީއާ ތަކުގައި އަޑު ފަތުރަމުން އަންނަ ކަމުގައި ވީނަމަވެސް މިކަމާއި ގުޅޭގޮތުން އޭނާ ވަކި އެއްޗެއް އަދި ބުނެފައެއް ނުވެއެވެ.

ވޯލްޑް ކަޕުގެ ކުރިން ގްރިޒްމެންގެ ކުރިމަގާއި ބެހޭގޮތުން އޭނާ ވަކި އެއްޗެއް އަންގާނެ ކަމަށް އޭނާ ބުނެފައި ވާއިރު މިދިޔަ ހޮނިހިރު ދުވަހު މިސުވާލު ކުރުމުންވެސް އޭނާގެ ޖަވާބަކަށްވީ ހަމަ ކުރިންވެސް ބުނަމުން އައި ގޮތަށް ވޯލްޑް ކަޕުގެ ކުރިން ވަކި އެއްޗެއް އަންގާނެ ކަމަށެވެ.

" ވޯލްޑް ކަޕު ފެށެން އަދި ބާކީ އެއް ހަފުތާ އެބައިން، މިހަފުތާގައި އެނގޭނެ، މިކަމަށް ޝައުގުވެރިކަން ހުންނަކަން އެބަ ފެނޭ" ހޮނިހިރު ދުވަހު އެމެރިކާ އާއި ދެކޮޅަށް ކުޅުނު މެޗަށްފަހު ގްރިޒްމެން ބުންޏެވެ.

2014 ވަނަ އަހަރު އެތްލެޓިކޯ މެޑްރިޑާއި ގުޅުމަށް ފަހު އޭނާގެ އެއްބަސްވުން ހަދާފައި ވަނީ އެކްލަބުގައި އޭނާ 2022 ވަނަ އަހަރު ވަންދެން މަޑު ކުރުމަށެވެ. ނަމަވެސް ބާސެލޯނާ އިން ތައްޔާރު ވަނީ ގްރިޒްމެންގެ 'ރިލީޒް ކްލޯސް' ތަޅުވާލާ ގްރިޒްމެން ގެނައުމަށެވެ.

ކިޔުންތެރިންގެ ހިޔާލު