އިންޓަ ކޮންޓަނެންޓަލް ކަޕު ފައިނަލުގައި ޗެތްރީ ކާމިޔާބު ކުރި ދެ ގޯލާއި އެކު މެސީ ގައުމީ ޓީމަށް ޖަހާފައިވާ ގޯލާއި އެއްވަރު ވެއްޖެއެވެ.

އިންޑިއާގެ މުމްބާއީ ގައި އާދިއްތަ ދުވަހު ކުޅުނު މިމެޗުން އިންޑިއާ މޮޅުވެފައިވަނީ ކެންޔާ އާއި ދެކޮޅަށް ކުޅެ 0-2 ގެ ނަތީޖާ އަކުން މޮޅުވެގެންނެވެ.

އިންޑިއާ އިން އިން ވަނީ މެޗުގެ 8 ވަނަ މިނެޓުގައި ލަނޑެއް ކާމިޔާބު ކޮށް ހަމަޖެހިލާފައެވެ. އަދި ފުރަތަމަ ހާފުގެ 29 ވަނަ މިނެޓުގައި ޖެހި ދެވަނަ ގޯލާއެކު ދެވަނަހާފުގައި ލަނޑެއް ނުޖެހި މެޗު ނިމުނީ އިންޑިއާ މޮޅު ވެގެންނެވެ،

ސުނިލް ޗެތްރީ ވަނީ މިހާރު 102 މެޗުގައި އިންޑިއާ އަށް 64 ގޯލު ކާމިޔާބު ކޮށްދީފައެވެ. އޭނާ ވަނީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ލިއޮނެލް މެސީ އާއި އެއްވަރު ކޮށްފައެވެ. މިހާރު ކުޅެމުން އަންނަ ކުޅުންތެރިންގެ ތެރޭގައި ގައުމީ ޓީމަށް އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިންގެ ލިސްޓުގެ ކުރީގައި ވަނީ ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ.

ކިޔުންތެރިންގެ ހިޔާލު