މި ފަހަރުގެ ވޯލްޑް ކަޕަށް އެޑިޑާޑްސް އިން އުފެއްދި ބޯޅަ އަކީ ޓެލްސްޓާ 18 އެވެ. މި ބޯޅައަކީ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން އެޑިޑާޑްސް އިން ތައްޔާރުކޮށްފައިވާ ބޯޅައެކެވެ.

މި ބޯޅަ ޑިޒައިންކޮށްފައިވަނީ ވޯލްޑް ކަޕެއްގައި ބޭނުންކުރި އެޑިޑާޑްސްގެ އެންމެ ފުރަތަމަ ބޯޅަ ރަމްޒުކޮށްދޭ ގޮތަށެވެ. އެޑިޑާޑްސް އަކީ 1970 ވަނަ އަހަރުން ފެށިގެން ފީފާ ވޯލްޑް ކަޕްގައި ބޭނުންކުރާ ބޯޅަ އުފައްދާ ކުންފުންޏެވެ.

އެޑިޑާޑްސް އިން 1970 ވަނަ އަހަރުގެ ވޯލްޑް ކަޕަށް އުފެއްދި ޓެލްސްޓާ އަކީ އޭރު ވަރަށް މަޝްހޫރުވި ބޯޅައެކެވެ. ހުދާއި ކަޅު ހިމެނޭ އެބަ ބޯޅައިގެ ޑިޒައިންގެ ސަބަބުން އޭރު ބްލެކް އެންޑް ވައިޓް ޓީވީތަކުން ބަލާ މީހުންނަށް ފަސޭހަވެގެންދިޔަ އެވެ.

އޭގެ 50 އަހަރު ފަހުން ވޯލްޑް ކަޕަށް އެޑިޑާޑްސް އިން ނެރުނު ޓެލްސްޓާ އަކީ ޒަމާނީ ޓެކްނޮލޮޖީ އާޢި ކުލަތައް ހިމެނޭ ބޯޅައެކެވެ. މި ބޯޅަ ހެދުމަށް ބޭނުންކޮށްފައިވާ ބައެއް މެޓީރިއަލް އަކީ ރީސައިކަލްކޮށްފައިވާ މެޓީރިއަލް އެވެ.

މީގެ އިތުރުން ބޯޅައިގެ އިންނަ އެންއެފްސީ ޗިޕްގެ ސަބަބުން، ބޯޅަ ގަންނަ ފަރާތްތަކަށް ފައިދާކުރެ އެވެ. މި ޗިޕްގެ ސަބަބުން ސްމާޓް ފޯނުން މި ބޯޅައިގެ ގިނަ މައުލޫމާތުތަކެއް ބަލާލެވޭނެ އެވެ.