ސައޫދީ އަރަބިއްޔާ (ގުރޫޕް އޭ)

ފީފާ ރޭންކިން: 70
ފުރަތަމަ ވޯލްޑް ކަޕް ކުޅުނީ: 1994
އެންމެ ފަހުން ވޯލްޑް ކަޕް ކުޅުނީ: 2006
ވޯލްޑް ކަޕްގެ އެންމެ ރަނގަޅު ނަތީޖާ: ގަދަ 16 (1994)

ވޯލްޑް ކަޕްގެ ތާރީޙް:

ސައުދީ އަރަބިއްޔާ ފީފާ ވޯލްޑް ކަޕަށް އެންމެ ފުރަތަމަ ކޮލިފައިވީ 1994 ވަނަ އަހަރެވެ. އެ އަހަރު އެމެރިކާގައި އޮތް ވޯލްޑް ކަޕްގެ ގަދަ 16ގެ ބުރަށް ސައޫދީ އަރަބިއްޔާ ކޮލިފައިވި އެވެ. މިއީ ވޯލްޑް ކަޕްގައި ސައޫދީ އަރަބިއްޔާ އަށް ލިބުނު އެންމެ ބޮޑު ކާމިޔާބެވެ.

އޭގެ ފަހުން 1998، 2002 އަދި 2006 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ސައޫދީ އަރަބިއްޔާ ވާދަކުރި ނަމަވެސް، ގުރޫޕް ސްޓޭޖް ފަހަނައަޅައި ދެވޭ ގޮތެއްނުވި އެވެ.

އޭޝިއާ ބައްރުގެ ވޯލްޑް ކަޕް ކޮލިފައިންގެ ވާދަވެރިކަން ބޮޑުވެ، ވޯލްޑް ކަޕް ކޮލިފައިންގައި ސައޫދީ އަރަބިއްޔާ އަށް 2010 އިން 2014 ވަނަ އަހަރާ ހަމައަށް ކާމިޔާބެއް ނުލިބުނެވެ. ދެކުނު އެފްރިކާގައި 2010 ވަނަ އަހަރު އޮތް ވޯލްޑް ކަޕާއި 2014 ވަނަ އަހަރު ބްރެޒިލްގައި އޮތް ވޯލްޑް ކަޕަށް ކޮލިފައިނުވުމަކީ، ސައުދީ އަރަބިއްޔާ އަށް ކުރިމަތިވި ބޮޑު ނާކާމިޔާބެކެވެ.

އެކަމަކު 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ކޮލިފައިންގައި ސައުދީ އަރަބިއްޔާ އިން ވަނީ ރަނގަޅު ނަތީޖާތަކެއް ނެރެ، 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ޖާގައެއް ކަށަވަރުކޮށްފަ އެވެ.

ކޯޗު

ނަން: ހުއާން ޕަބްލޯ ޕިޒީ
ސްޕެއިން / ގައުމު: އާޖެންޓީނާ
7 ޖޫން 1968 (49 އަހަރު) އުފަން ތާރީހު:
ޓީމާ ހަވާލުވީ: 2017 އަހަރު

އާޖެންޓީނާ އަށް އުފަން ކޯޗު ޕިޒީ ސައުދީ އަރަބިއްޔާގެ ޤައުމީ ޓީމާ ހަވާލުވީ 2017 ވަނަ އަހަރެވެ. ޕިޒީ ސައުދީ އަރަބިއްޔާގެ ކޯޗުކަމާ ހަވާލުވުމުގެ ކުރިން މަސައްކަތްކުރީ ޗިލީގެ ޤައުމީ ޓީމުގެ ކޯޗަކަށެވެ.

ޗިލީއާއެކު ޕިޒީ ވަނީ 2016 ވަނަ އަހަރުގެ ކޮޕާ އެމެރިކާ ސެންޓަނީރޯ ކާމިޔާބުކޮށްފަ އެވެ. އެކަމަކު 2018 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ޗިލީ ކޮލިފައިކޮށްދިނުމަށް ޕިޒީ ކުރި މަސައްކަތް ވަނީ ނާކާމިޔާބުވެފަ އެވެ.

ސްޕެއިންގެ މަޝްހޫރު ކްލަބުތައް ކަމަށްވާ ވެލެންސިއާ އާއި ބާސެލޯނާ އަދި އާޖެންޓީނާގެ ރިވަ ޕްލޭޓަށް ކުޅުނު ފޯވަޑް ޕިޒީ ކޯޗިން ކެރިއަރު ފެށީ 2005 ވަނަ އަހަރެވެ. ޕިޒީ ވަނީ ސްޕެއިންގެ ވެލެންސިއާ އާއި ދެކުނު އެމެރިކާގެ ބައެއް ކްލަބުތަކަށް ކުރިން ކޯޗުކޮށްދީފަ އެވެ.

މުހިންމު ކުޅުންތެރިން:

މުހައްމަދު އަލް ސަހްލާވީ

މުހައްމަދު އަލް ސަހްލާވީ އަކީ ސައުދީ އަރަބިއްޔާގެ ޓީމުގައި މި ވަގުތު ހުރި ހުނަރުވެރި އެއް ކުޅުންތެރިޔާ އެވެ. ސައޫދީ އަރަބިއްޔާގެ އަލް ނަސްރަށް ކުޅެމުންދާ އަލް ސަހްވާލީ ،31، ޤައުމީ ޓީމަށް ކުޅެން ފެށީ 2010 ވަނަ އަހަރެވެ. މި ފަހަރުގެ ވޯލްޑް ކަޕް ކޮލިފައިންގައި އަލް ސަހްވަލީ ވަނީ ވިދާލައިފަ އެވެ. ކޮލިފައިންގައި ސަހްވާލީ ވަނީ ޖުމްލަ 18 ލަނޑު ޖަހައިފަ އެވެ. ސައުދީ އަރަބިއްޔާގެ ޤައުމީ ޓީމަށް އަލް ސަހްވާލީ މިހާތަނަށް ކުޅުނު 35 މެޗުގައި އޭނާ ވަނީ 28 ލަނޑު ޖަހައިފަ އެވެ.
އަލް ސަހްވާލީ އަކީ ސައުދީ އަރަބިއްޔާގައި ވަރަށް މަޤްބޫލު ކުޅުންތެރިޔެކެވެ. އަލް ނަސްރަށް 2009 ވަނަ އަހަރު އަލް ސަހްވާލީ ބަދަލުވީ ސައުދީ އަރަބިއްޔާގެ އެންމެ އަގުބޮޑު ކުޅުންތެރިޔާގެ ގޮތުގަ އެވެ.

ނާސިރު އަލް ޝަމްރާނީ

ތަޖުރިބާކާރު ފޯވަޑް ނާސިރު އަލް ޝަމްރާނީ ސައުދީ އަރަބިއްޔާގެ ޓީމުގައި މި ވަގުތު ހުރި އެންމެ ތަޖުރިބާކާރު އެއް ކުޅުންތެރިޔާ އެވެ. ޤައުމީ ޓީމަށް 77 މެޗު ކުޅެ، 19 ލަނޑު ޖަހާފައިވާ ޝަމްރާނީގެ ޑިސިޕްލިނަރީ މައްސަލަތަކާ ގުޅިގެން މީގެ ކުރިން ޤައުމީ ޓީމުގެ ކެރިއަރަށް ހުރަސް އެޅުނު ނަމަވެސް، އޭނާ އަކީ އަދިވެސް ސައޫދީ އަރަބިއްޔާގައި މަޤްބޫލުކަން ބޮޑު ކުޅުންތެރިޔެކެވެ.
އަލް ޝަމްރާނީ ވަނީ ސައޫދީ އަރަބިއްޔާގެ ގިނަ ކްލަބުތަކަށް ކުޅެފަ އެވެ. އަދި މިހާރު އޭނާ ކުޅެމުންދަނީ ޔޫއޭއީގެ އަލް ޝަބާބަށެވެ. މިއީ ޤައުމުން ބޭރުގެ ކްލަބެއްގައި އަލް ޝަމްރާނީ ކުރާ ފުރަތަމަ ތަޖުރިބާ އެވެ.

ނާއިފް ހަޒާޒީ

ތަޖުރިބާކާރު ފޯވަޑް ނާސިރު އަލް ޝަމްރާނީ ސައުދީ އަރަބިއްޔާގެ ޓީމުގައި މި ވަގުތު ހުރި އެންމެ ތަޖުރިބާކާރު އެއް ކުޅުންތެރިޔާ އެވެ. ޤައުމީ ޓީމަށް 77 މެޗު ކުޅެ، 19 ލަނޑު ޖަހާފައިވާ ޝަމްރާނީގެ ޑިސިޕްލިނަރީ މައްސަލަތަކާ ގުޅިގެން މީގެ ކުރިން ޤައުމީ ޓީމުގެ ކެރިއަރަށް ހުރަސް އެޅުނު ނަމަވެސް، އޭނާ އަކީ އަދިވެސް ސައޫދީ އަރަބިއްޔާގައި މަޤްބޫލުކަން ބޮޑު ކުޅުންތެރިޔެކެވެ.
އަލް ޝަމްރާނީ ވަނީ ސައޫދީ އަރަބިއްޔާގެ ގިނަ ކްލަބުތަކަށް ކުޅެފަ އެވެ. އަދި މިހާރު އޭނާ ކުޅެމުންދަނީ ޔޫއޭއީގެ އަލް ޝަބާބަށެވެ. މިއީ ޤައުމުން ބޭރުގެ ކްލަބެއްގައި އަލް ޝަމްރާނީ ކުރާ ފުރަތަމަ ތަޖުރިބާ އެވެ.