މިއަހަރުގެ ވޯލްޑްކަޕްގައި ނެރެވޭ ނަތީޖާއަކަށް ބެލުމަށްފަހު އާޖެންޓީނާގެ ޤައުމީ ޓީމް އިން ރިޓަޔަރ ވާން ޖެހިދާނެ ކަމުގެ އިންޒާރު އާޖެންޓީނާގެ ޤައުމީ ޓީމްގެ ފޯވާރޑް އަދި އެޓީމްގެ ކެޕްޓަން ލިއޮނަލް މެސީ ދީފިއެވެ.

ސުޕެއިންގެ މީޑިޔާއަކަށް ދިން އިންޓަރވިއެއް މެސީ ބުނެފައިވަނީ މެސީއާއެކު ކުޅެގެން އާޖެންޓީނާއަށް ރަނގަޅު ނަތީޖާއެއް ނުނެރެވިއްޖެ ނަމަ ޤައުމީ ޓީމްއިން ރިޓަޔަރ ވާނެ ކަމުގެ ޚިޔާލު ގެންގުޅޭ ކަމަށެވެ.

" ދެން ނޭނގެ ބުނާކަށް. ރިޓަޔަރ ވުމާއި ޓީމްގައި ދެމިހުރުން ނިންމާނީ ޓީމްގެ ކުޅުމަށް ބަލާފަ. ނެރެވޭ ނަތީޖާއަކަށް ބަލާފަ. " މެސީ ބުންޏެވެ.

މެސީ ބުނެފައިވަނީ އެންމެންގެ ފާޑު ކިޔުންތައްވެސް އަމާޒުވެފައިވަނީ އާޖެންޓީނާ ފައިނަލްގައި ތިން ފަހަރު ދަށް ވުމުން ކަމަށާއި ނަމަވެސް ފައިނަލްއަށް ދަތުރު ކުރުމަށް ކުރާ މަސައްކަތް އެއްވެސް ފަރާތަކުން ފާހަގަ ނުކުރާ ކަމަށެވެ.

" އަބަދުވެސް ދައްކާނެ ފައިނަލްގައި ތިން ފަހަރު ދަށްވި ވާހަކަ. އެހެންވެ ފައިނަލްއަށް ދަތުރު ކުރުމަށް ކުރި މަސައްކަތުގެ ވާހަކަ އޮންނަނީ އޮބިފަ. ޤަބޫލު ކުރަން މޮޅު ވުމަކީވެސް މުހިންމު ކަމެއް ކަމަށް، އެހެންނަމަވެސް ކުރި މަސައްކަތުގެ އަގު ވަޒަން ކުރަން ޖެހޭ ކަމަށް ޤަބޫލު ކުރަން. " މެސީ ބުންޏެވެ.

ގިނަ ކާމިޔާބީތަކެއް ކުލަބް ލެވެލްގައި ހޯދާފައިވާ މެސީއަށް އަދި މިހާތަނަށް އިންޓަރނޭޝަނަލް މެޗެއްގައި ޤައުމަށް އެއްވެސް ކަހަލަ ކާމިޔާބީއެއް ހޯދިފައެއް ނުވެއެވެ. 2016 ވަނަ އަހަރު ކޮޕާ ޗިލީއަތުން ބަލިވުމާއި ގުޅިގެން މިސަބަބަށްޓަކައި ޤައުމީ ޓީމަށް ކުޅުން ހުއްޓާލަން ނިންމި ކަމުގައި ވިޔަސް، މިއަހަރު އޮންނަ ވޯލްޑްކަޕްގައި ކުޅޭ ގޮތަށް މެސީވަނީ ފަހުން ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

 1. ޥަރުގަދަވެއްޖެ ކަމެކޭ

  އެދެން ކާކުތަ އާރޖެންޓީނާއަށް ބިރުދައްކަން.....

 2. ޙެ

  ތިހެން ކުރިންވެސް ރިޓައަރ ވެއްޖެ އެއް ފަހަރު

 3. ކުޅޭބޭބެ

  މެސީގެ ފަރާތުން އާޖެންޓީނާ ޓީމަށް މިހާތަނަށް މާކަބޮޑު ފައިދާއެއް ކޮށްފައެއްނެތް. އޭނާއަށް ބަރޯސާ ވާންޖެހިގެން ޓީމަށް ގެއްލުންވެސް ވެފައި އެބަހުރި. އެހެނެއްނޫން. ބާސާ އަށް މެސީ އަކީ ހަމަ ރަންގަނޑެއް.

  • ޢަލުުވި

   ވޯލްޑް ކަޕް އަށް މެސީ ނެތް ނަމަ އާޖެންޓީނާ ކޮލިފައިވެސް ނުވީސް. ދެން ކޮން ހާސަރެއް ތި ދަމަނީ؟

 4. މެސީ

  ކޮޕާ އެމެރިކާއިން ބަލިވީމަކާ ނޫން ރިޓަޔާކުރީކީ. ރަނގަޅަށް ދިރާސާ ކޮށްބަލަ

 5. ބޮކިބެ

  ތަށިނުލިބޭނެ ކަން ޔަގީން ކުޅޭނެކަމެއްވެސް ނެތް....

 6. ޖޯން

  ސުރުހީގައި އޮތީ ރަގަޅައްތަ

 7. ޖޯން

  މެސީ އެހެން މީހަކައް އިންޒާރުދެނީތަ

 8. 3ނިރު

  މެސީ ނުކުޅުނީމަ އާޖެންޓީނާގެ ފުޓްބޯޅަ ޓީމް އުވައެއް ނުލާނެ މިފަހަރުވެސް ދާނީ ޗޮކުން

 9. ނުބެހޭ

  މެސީ ތީ މޮޅުމީހެއްވެސް ނުން

  • އަހްމަދު

   މެސީމޮޅެއްނޫނޭ ބުނާނީ މޮޔައިން