ސްވިޑަން (ގުރޫޕް އެފް)

ފީފާ ރޭންކިން: 23
ފުރަތަމަ ވޯލްޑް ކަޕް ކުޅުނީ: 1934
އެންމެ ފަހުން ވޯލްޑް ކަޕް ކުޅުނީ: 2006
ރަނަރަޕް (1958)ވޯލްޑް ކަޕްގެ އެންމެ ރަނގަޅު ނަތީޖާ:

ވޯލްޑް ކަޕްގެ ތާރީޙް:

ސްވިޑެން އަކީ ވޯލްޑް ކަޕްގައި މިހާތަނަށް 12 ފަހަރު ވާދަކޮށްފައިވާ ޤައުމެކެވެ. ސްވިޑެން އެންމެ ފުރަތަމަ ވޯލްޑް ކަޕްގައި ވާދަކޮށްފައިވަނީ 1934 ގަ އެވެ.

އަދި އޭގެ ފަހުން ޖެހިޖެހިގެން ދެ ފަހަރު ސްވިޑެން ވޯލްޑް ކަޕަށް ކޮލިފައިވެފައިވެ އެވެ. އެގޮތުން 1938 ވަނަ އަހަރުގެ މުބާރާތުގެ ހަތަރުވަނަ ސްވިޑެން އިން ހޯދިއިރު 1950 ގައި ބޭއްވި ވޯލްޑް ކަޕްގެ ތިންވަނަ އެޓީމުން ހޯދި އެވެ. ސްވިޑެން ދެން ވޯލްޑް ކަޕަށް ކޮލިފައިވީ 1958 ގެ ވޯލްޑް ކަޕަށެވެ. އެފަހަރު މުބާރާތް ބޭއްވީ ސްވިޑެންގައި ކަމަށްވާއިރު އެ މުބާރާތުގެ ރަނަރަޕްކަން އެޓީމުން ވަނީ ހޯދާފައެވެ. އެއީ ސްވިޑެން އަށް ވޯލްޑް ކަޕްގައި މިހާތަނަށް ލިބުނު އެންމެ ބޮޑު ކާމިޔާބީއެވެ.

ސްވިޑެން އެންމެފަހުން ވޯލްޑް ކަޕެއްގައި ވާދަކުރީ 2006 ވަނަ އަހަރުއެވެ. އެފަހަރު ސްވިޑެން ވަނީ މުބާރާތުގެ ދެވަނަ ބުރުން ކަޓާފައެވެ.

ކޯޗު:

ނަން: ޖާނޭ އެންޑަސަން
ގައުމު: ސްވިޑަން
(49 އަހަރު) 7 ޖޫން 1968 އުފަން ތާރީހު:
ޓީމާ ހަވާލުވީ: 2016 ވަނަ އަހަރު

ނޯވޭ އަށް ނިސްބަތްވާ ކޯޗު ހަރެއިޑް އަކީ ސްކެންޑެނޭވިއާ ސަރަހައްދުގައި ގިނަ ތަޖުރިބާތަކެއް ހޯދާފައިވާ ކޯޗެކެވެ.

ކުޅުންތެރިއެއްގެ ގޮތުގައި މެންޗެސްޓާ ސިޓީ އާއި ނޯވިޗް ސިޓީ އަށް ވެސް ކުޅުނު ހަރެއިޑް ވަނީ ކުރިން ނޯވޭގެ ޤައުމީ ޓީމަށް ވެސް ކޯޗުކޮށްދީފަ އެވެ. ނޯވޭގެ ކޯޗުގެ ގޮތުގައި ފަސް އަހަރު ހަރެއިޑް ހޭދަކުރި ނަމަވެސް، ބައިނަލްއަޤުވާމީ މުބާރާތަކަށް ނޯވޭ ކޮލިފައިކޮށްދެވޭ ގޮތެއްނުވި އެވެ.

ބައެއް ކްލަބުތަކުގައި މަސައްކަތްކުރުމަށް ފަހު، ޑެންމާކްގެ ކޯޗުކަމާ ހަރެއިޑް ހަވާލުވީ 2016 ވަނަ އަހަރެވެ. އަދި އޭނާގެ އިރުޝާދުގެ ދަށުން 2018 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ޑެންމާކް ކޮލިފައިވި އެވެ.

މުހިންމު ކުޅުންތެރިން:

ވިކްޓަ ލިންޑެލޮފް

މެންޗެސްޓަރ ޔުނައިޓެޑަށް ކުޅެމުން އަންނަ ލިންޑެލޮފް އަކީ ސްވިޑެންގެ ފަހަތުގައި މުހިއްމު ދައުރެއް އަދާކުރަމުން އަންނަ ހުނަރުވެރި ކުޅުންތެރި އެކެވެ. އެގޮތުން ލިންޑެލޮފްގެ ހުނަރުވެރިކަން ސްވިޑެންގެ ވޯލްޑް ކަޕް ކޮލިފިކޭޝަން މެޗުތަކުގައި ވަނީ ވަރަށް ރަނގަޅަށް ފެނިގެން ގޮސްފައެވެ.

ސްވިޑެންގެ ގައުމީ ޓީމަށް ލިންޑެލޮފް ކުޅެން ފެށީ 2016 ވަނަ އަހަރުއެވެ. ލިންޑެލޮފް ވަނީ އެޓީމަށް މިހާތަނަށް 19 މެޗު ކުޅެދީ އެއް ގޯލު ކާމިޔާބުކޮށްދީފައެވެ.

އެމިލް ފޯސްބާގް

އުމުރުން 26 އަހަރުގެ އެމިފް ފޯސްބާގް އަކީ ޔޫރަޕްގައި މިވަގުތު ހުރި އެންމެ ހުނަރުވެރި އެއް މިޑްފީލްޑަރެވެ. ފާއިތުވި ޓްރާންސްފާ މާކެޓުތަކުގައި ފޯސްބާގް ހޯދަން ޔޫރަޕްގެ މަޝްހޫރު ގިނަ ކްލަބުތަކަކުން ވެސް މަސައްކަތް ކޮށްފައިވެއެވެ. ފޯސްބާގް އަކީ ސްވިޑެން ވޯލްޑް ކަޕަށް ކޮލިފައިކޮށްދިނުމުގައި ވަރަށް މުހިއްމު ދައުރެއް އަދާކުރި ކުޅުންތެރިއެކެވެ.

ޖަރުމަނުގެ ރެޑްބުލް ލީޕްޒިގް އަށް ކުޅެމުން އަންނަ ފޯސްބާގް ވަނީ ސްވިޑެންގެ ގައުމީ ޓީމަށް މިހާތަނަށް 34 މެޗު ކުޅެދީ ހަ ގޯލު ކާމިޔާބުކޮށްދީފައެވެ.

މިއަހަރުގެ ވޯލްޑް ކަޕަކީ ފޯސްބާގްގެ ފުރަތަމަ ވޯލްޑް ކަޕެވެ.