ފްރެންޗް ލީގުގެ ކްލަބެއް ކަމަށްވާ ނީސްގެ ކޯޗުކަމާއި ޕެޓްރިކް ވިއޭރާ ހަވާލުވެއްޖެއެވެ.

Error, group does not exist! Check your syntax! (ID: 111)

އާސެނަލް އަށް ކުރިން ކުޅުނު ވިއޭރާ އެންމެފަހުން ހުރީ އެމެރިކާ ލީގުގެ ކްލަބެއް ކަމަށްވާ ނިއުޔޯކް ސިޓީ އެފްސީގެ ކޯޗުކަމުގެ މަގާމުގައެވެ. ނީސްގެ ކޯޗުކަމުގެ މަގާމުގައި އެންމެފަހުން ހުރީ ލޫސިއެން ފަވްރޭ ކަމަށްވާއިރު މިދިޔަ މަހުގެ ތެރޭގައި އޭނާ ވަނީ ބްރޫޝިއާ ޑޯޓްމަންޑްގެ ކޯޗުކަމާއި ހަވާލުވެފައެވެ.

ނިއުޔޯކް ސިޓީ އެފްސީގެ ކޯޗުކަމުގެ މަގާމުގައި ދެ އަހަރާއި ބައިގެ މުއްދަތަކަށް ވިއޭރާ ހުރިއިރު އޭނާ ބުނީ އެ ކްލަބުގައި އޭނާ ހޭދަކުރި މުއްދަތުގައި ހުރިހާ ކަމެއްވެސް ދިޔައީ ވަރަށް ފުރިހަމަ ގޮތެއްގައި ކަމަށެވެ. އަދި އެމެރިކާ ދޫކޮށްލަން ޖެހުމަކީ އޭނާ އަށާއި އަދި އޭނާގެ އާއިލާ އަށް ވެސް ވަރަށް އުނދަގޫ ކަމެއް ކަމަށާއި މިއީ އެއްގޮތަކަށް ވެސް ފަސޭހަ ނިންމުމެއް ނޫން ކަމަށްވެސް ވިއޭރާ ބުންޏެވެ.

ނީސްގެ ކޯޗުކަމާއި ވިއޭރާ ހަވާލުވިއިރު މިއީ ޔޫރަޕްގެ ކްލަބަކަށް އޭނާ ކޯޗުކޮށްދޭ ފުރަތަމަ ފަހަރެވެ. މެންޗެސްޓަރ ސިޓީ އަށް ވެސް ވިއޭރާ ކުޅެފައިވާއިރު އޭނާ ވަނީ މީގެކުރިން އެ ކްލަބުގެ 21 އަހަރުން ދަށުގެ ޓީމަށް ވެސް ކޯޗުކޮށް ދީފައެވެ.

ނީސް މިދިޔަ ސީޒަން ނިންމާލީ ލީގުގެ އަށްވަނައިގައި ކަމުން އެޓީމަށް ވަނީ އަންނަ ސީޒަނުގެ ޔޫރޮޕާ ލީގުން ވެސް ޖާގަ ލިބޭގޮތް ނުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު