ނިމިގެންދިޔަ އައިސީސީ ޗެމްޕިއަންސް ޓްރޮފީ ކްރިކެޓް މުބާރާތުގެ ފައިނަލުގައި ވާދަވެރި އިންޑިއާއި ޕާކިސްތާނު ބައްދަލު ކުރި މެޗުގައި ޕާކިސްތާނަށް ސަޕޯޓް ކުރި އިންޑިއާގެ 15 މީހަކު އެ ޤައުމުން ހައްޔަރު ކޮށްފިއެވެ.

ADS BY OOREDOO

ބޮޑު ތަފާތަކުން އިންޑިއާ ބަލިކޮށް، އެ ޓީމު ލަދު ގަންނަވާލުމަށް ފަހު، ޕާކިސްތާނުން އެ މުބާރާތް ކާމިޔާބުކުރިއިރު ހައްޔަރުކޮށްފައިވަނީ ޕާކިސްތާން ޓީމަށް ސަޕޯޓުކުރި އިންޑިއާގެ 15 މުސްލިމުންނެވެ.

އިންޑިއާގެ މެދު ތެރޭގައި އޮންނަ މަދްޔާ ޕްރަދޭޝް އިން 15 މީހަކު ހައްޔަރު ކޮށްފައިވާއިރު ފުލުހުން އަންނަނީ ދައުލަތާއި ދެކޮޅަށް އަމަލެއް ހިންގި ކަމުގެ ކުށުގެ ދަޢުވާ އެމީހުންގެ މައްޗައް ކުރަން ތައްޔާރު ވަމުން ކަމަށް ރިޕޯޓްތަށް ބުނެއެވެ.

ދައުލަތާއި ދެކޮޅަށް އަމަލެއް ހިންގުމަކީ އެ ޤައުމުގައި ވަރަށް ސީރިއަސް ކުށަކަށް ވާއިރު، މީގެ ސަބަބުން ސަރުކާރުގެ ބޮޑެތި ފިއްތުންތަކަކާއި ކުރިމަތިލާން ޖެހެއެވެ. އޭގެ ތެރޭގައި ޕާސްޕޯޓް ހިފެހެއްޓުން ފަދަ ކަންކަމާއި ކުރިމަތިލާން ޖެހެއެވެ.

ފާހަޤަކޮށްލަން ޖެހޭ ކަމަކީ މީގެ ކުރިންވެސް ޕާކިސްތާނަށް ސަޕޯޓް ކޮށްގެން އިންޑިއާގެ ގިނަ އަދަދެއްގެ މުސްލިމުން ތަކެއް ހައްޔަރުކޮށް، އެކަމަށް ފިޔަވަޅު އަޅާފައިވާ ކަމެވެ.

ADS BY SHEESHA

 

1 ކޮމެންޓް

  1. އިނޑިއާ ސަރުކާރުން މާތާހިރުވާނެ ތިޤައުމުގެ ފިރިހެނުން ކުރިމަތި ފަރާތް ބުރިކުރަން!