މި ސީޒަނުގައި އިނގިރޭސި ކުލަބް ޓޮޓެންހަމް ހޮޓްސްޕާސް އާއި ސަބަބުން އެ ޓީމުގެ ކޯޗު ހޯސޭ މޮރީނިއޯ ވަކިކޮށްފި އެވެ.

ޓޮޓެންހަމް އާއެކު މޮރީނިއޯ ހަދާފައިވާ އެއްބަސްވުން ކުރިން ހަމަވާގޮތަށް އޮތީ 2023 ގައެވެ. ނަމަވެސް އެ ކުލަބުގެ ވެރިން މޮރީނިއޯ އާއި މެދު ގިނަ ހިތްހަމަނުޖެހުންތަކެއް ހުރިކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

ގާތްގަނޑަކަށް 17 މަހަށްފަހު ކޯޗުކަމުން މޮރީނިއޯ ވަކިކުރި އިރު ޓޮޓެންހަމް ދަނީ އިނގިރޭސި ލީގު ކަޕުގެ ފައިނަލުގައި މެންޗެސްޓަރ ސިޓީއާއި ވާދަކުރުމަށް ތައްޔާރުވަމުންނެވެ. މި މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ އާދީއްތަ ދުވަހު އެވެ.

ޓޮޓެންހަމްގެ ކޯޗުކަމުގެ މަގާމަށް 2019 ވަނަ އަހަރު މޮރީނިއޯ އައްޔަނުކޮށްފައިވަނީ އެ ޓީމުގެ ކުރީގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ވަކިކުރުމަށްފަހު އެވެ. މޮރީނިއޯ ޓޮޓެންހަމް ދޫކޮށްދާން ޖެހުނީ ހުސްއަތާ އެވެ. އަދި މިހާތަނަށް އޭނާގެ ކޯޗުކަމަުގެ ދަށުން ޓޮޓެންހަމް އަކަށް ބޮޑު ކާމިޔާާބީއެއް ނުލިބެއެވެ.

އެ ކުލަބުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި ސީޒަނުގެ ނިޔަލަށް އެ ޓީމަށް ދެން ކޯޗުކޮށްދޭނީ ރަޔާން މޭސަން ކަމަށެވެ. މޮރީނިއޯގެ ކޯޗުކަމުގެ ދަށުން ޓޮޓެންހަމް ބޮޑު ކުރިއެރުމެއް ހޯދިއެވެ. އެގޮތުން ލީގުގެ 14 އިން ހަވަނައަށް ގެންގޮސްދީ، ޔުއެފާ ޔޫރަޕާ ލީގަށް ވަނީ ކޮލިފައިކޮށްދީފައެވެ.

އިތުރު ތަފްސީލް އަންނަނީ...