އަންގާރަ ދުވަހު ރަޝިޔާގައި ކުރިޔަށް ގެންދިޔަ ފްރާންސް ގައުމީ ޓީމުގެ ފަރިތަކުރުން ތަކުގެ ތެރޭގައި އެޓީމުގެ ޒުވާން ފޯވާޑު އެމްބާޕޭ އަށް އަނިޔާ ވެއްޖެއެވެ.

Error, group does not exist! Check your syntax! (ID: 111)

ވޯލްޑް ކަޕު ފެށުމުގެ ކުރިން ފްރާންސް އިން ކުޅުނު އެކުވެރި ކަމުގެ މެޗު ތަކުގައި އެމްބާޕޭ އައީ ވަރަށް ރަނގަޅު ކުޅުމެއް ދައްކަމުންނެވެ. އެންމެ ފަހުން އެމެރިކާ އާއި ދެކޮޅަށް ކުޅެ 1-1 ގެ ނަތީޖާ އަކުން އެއްވަރުވި މެޗުގައި ފްރާންސް އިން ޖެހި ހަމައެކަނި ގޯލު ކާމިޔާބު ކޮށްފައި ވަނީ އެމްބާޕޭ އެވެ.

ނަމަވެސް އަންގާރަ ދުވަހު ބޭއްވި ފަރިތަކުރުން ތަކުގައި ފްރާންސް ޓީމުގެ އާދިލް ރަމީ އެމްބާޕޭ އަށް ކުރި ޓެކުލެއްގެ ސަބަބުން އެމްބާޕޭ ފައިގެ ކުޑަހުޅަށް ވަނީ އަނިޔާ ވެފައެވެ. ރާމީގެ ޓެކުލުގެ ސަބަބުން އެމްބާޕޭގެ ވާތު ފައިގެ ކުޑަ ހުޅު ވަނީ ގުޑައިގެން ގޮސްފައެވެ.

އެހެން ކުޅުންތެރިން ފަރިތަކުރުން ކުރިޔަށް ގެންދިޔަ އިރު އެމްބާޕޭ އަށް ފަރިތަކުރުން ތަކުގެ ތެރޭގައި ޓީމުގެ ޑޯކްޓަރުން ވަނީ ފަރުވާދީފައެވެ. ޓޭޕު ކުރުމަށްފަހު ހޮސްޕިޓަލަށް ގެންދިޔައިރު ރިޕޯޓު ތަކުން ބުނާގޮތުގައި ހޮނިހިރު ދުވަހު އޮސްޓްރޭލިއާ އާއި ދެކޮޅަށް ކުޅޭ މެޗަށް އޭނާ ފިޓު ވާނެ ކަމަށް ޑޮކްޓަރުން ބުނާ ކަމަށް ވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު