2010 ވަނަ އަހަރު ސައުތް އެފްރިކާގައި ބޭއްވި ވޯލްޑްކަޕްގައި އެންމެންގެ ނަޒަރު ހުއްޓުނު އެކައްޗަކީ ޕައުލްއެވެ. ޕައުލް އޭ ބުނުމުން އެއީ ކޯއްޗެއްކަން ނޭނގުނަސް ވޯލްޑްކަޕްގެ ނަތީޖާ ދިމާކުރި ބޯވާ އޭ ބުނުމުން އެއީ ކޯއްޗެއްކަން ނޭނގޭ މީހަކު ހުންނާނެ ހެނެއް ހީއެއް ނުވެއެވެ.

ޕައުލްވަނީ ވޯލްޑްކަޕްގައި ކުޅުނު ހުރިހާ މެޗެއްގައި މޯޅުވާނެ ޓީމް ބުނެދީފައެވެ. ނަމަވެސް މިފަހަރު ރަޝިޔާގައި ބޭއްވުމަށް ހަމަޖެހިފައިވާ ވޯލްޑްކަޕްގައި ނަތީޖާ ދިމާ ކުރުމަށް ރަސްމީ ގޮތުން ގެންގުޅޭނީ ބުޅަލެއް ކަމަށް މިވަނީ ބޭރުގެ މީޑިޔާތަކުން ބުނެފައެވެ.

ބޭރުގެ މީޑިޔާތަކުން ބުނެފައިވާ ގޮތުގައި މިފަހަރު ވޯލްޑްކަޕްގެ ނަތީޖާ ދިމާކުރުމަށް "ސޫތްސޭޔަރ" އެއްގެ ގޮތުގައި ބޭނުން ކުރުމަށް ނިންމާފައިވަނީ އަޑު ނީވޭ ހުދު ކުލައިގެ ބުޅަލެކެވެ. މިބުޅަލަށް ދީފައިވަނީ އަޗިލީސްއެެވެ. ބޭރުގެ މީޑިޔާތަކުން ހާމަކޮށްފައިވާ ގޮތުގައި މިބުޅާ ވޯލްޑްކަޕްގެ މެޗްތަކުން މޮޅުވާ ޓީމް ދިމާކުރާނީ ދެތަށި ކެޔުމަށް ދީފައި އޭގެން އެބުޅާ ކާތައްޓަކަށް ބަލައިގެންނެވެ. މިގޮތުން މިބުޅަލަށް ކެޔުމަަށް ދޭ ދެތަށިންކުރެ ކޮންމެ ތައްޓެއްގައި އެރެޔަކު ކުޅޭ ދެ ޓީމެއްގެ ދިދަ ޖަހާފައި ހުންނާނެއެެވެ. މިބުޅާ ކާތަށީގައި އިންނަ ޓީމްއަކީ މިބުޅާ ބުނާ ގޮތުން މޮޅުވާނެ ޓީމެވެ.

ވޯލްޑްކަޕް ފަށަން އެއް ދުވަހަށް ވެފައިވާއިރު އަޗިލީސް މިހާރު އޮތީ އެއަށް ބޭނުންވާ އެންމެ ފަހުގެ ތަމްރީން ދީ ނިމި ވޯލްކަޕްގެ ނަތީޖާ ދިމާކުރުމަށް ތައްޔާރު ވެގެން ކަމަށް ބޭރުގެ މީޑީޔާތަކުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސިނެކް

    މޮޅަށް ދެނެވޮޑިގަތުންވަނީ ﷲ

  2. ަައަލީ

    ތީތެދެއް ސިނެކް