މިއަދު ފެށޭ ވޯލްޑް ކަޕުގައި އެންމެ އެދެވޭ ނަތީޖާ އަކާއި އެކު މުބާރާތާއި ހަމައަށް އައި ރަޝިޔާ އެންމެ ފަހު ވަގުތާއި ޖެހެންދެންވެސް މަސައްކަތް ކުރާނެ ކަމަށް އެގައުމުގެ ރައީސް ވްލަޑްމިރ ޕުޓިން ބުނެފިއެވެ.

2018 ގައި އަދި އެންމެ މޮޅެއް ވެސް ނުލިބި، މުބާރާތުގައި ބައިވެރިވާ 32 ޓީމުގެ ތެރެއިން އެންމެ ދަށު ރޭންކިން ގައި އޮތް ރަޝިޔާ މިފަހަރުގެ ވޯލްޑް ކަޕަށް ކޮލިފައި ވެފައި ވަނީ މުބާރާތް ބާއްވާ ގައުމުގެ ގޮތުގައި 'އޮޓޯ ކޮލިފިކޭޝަން' އިންނެވެ. މިއަހަރުގެ ފީފާ ވޯލްޑް ކަޕުގެ އެންމެ ފުރަތަމަ މެޗު މިއަދު ކުޅޭއިރު މެޗުގައި ބައްދަލު ކުރާނީ ރަޝިޔާ އަދި ސައުދީ އަރަބިޔާ އެވެ. ލުޒްހިންކީ ސްޓޭޑިއަމްގައި ކުޅޭ މިމެޗުގެ ކުރިން މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތު ބާއްވާނެއެވެ.

ރަޝިޔާ އަށް އެންމެ ފަހުން މޮޅެއް ލިބިފައި ވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު 7 ވަނަ ދުވަހު ދެކުނު ކޮރެއާ އާއި ކުޅުނު އެކުވެރި މެޗަކުން 2-4 ގެ ނަތީޖާ އަކުންނެވެ. މިމެޗަށް ފަހު އާޖެންޓީނާ، ބްރެޒިލް، ފްރާންސް، އޮސްޓްރިއާ އަތުން ބަލިވެފައި ވާއިރު އިރާން ސްޕޭން އަދި ތުރުކީ އާއި ކުޅެ ރަޝިޔާ ވަނީ އެއްވަރު ވެފައެވެ.

"ފަހުގެ ތާރީޚެއްގައި ރަޝިޔާ އަށް ބޮޑު ނަތީޖާ އެއް ނެރެވޭ ގޮތް ވެފައި ނުވޭ، ނަމަވެސް އަހަރެމެންގެ އުއްމީދަކީ ރަޝިޔާގެ ހުރިހާ ފުޓުބޯޅަ އަށް ލޯބި ކުރާ މީހުން ފަހުރުވެރި ކަމާއި އެކީ ޓީމަށް އެއްބާރުލުން ދިނުން. ފަހު ވަގުތާއި ޖެހެންދެން މަސައްކަތް ކުރަން،" ޕުޓިން ބުންޏެވެ.

ފީފާ ރޭންކިންގެ 70 ގައި އޮތް ރަޝިޔާ ސައުދީ އާއި ކުޅުމަށްފަހު މުބާރާތުގައި ރަޝިޔާ ކުޅޭ ދެވަނަ މެޗު ކުޅޭނީ 19 ޖޫން ގައި މިސްރާއި ދެކޮޅަށެވެ. އެއަށްފަހު ސަމަރާގައި އުރުގުއޭ އާއި ދެކޮޅަށް 25 ޖޫންގައި ވެސް މެޗެއް ކުޅޭނެއެވެ.

 

ކިޔުންތެރިންގެ ހިޔާލު