ރާއްޖޭގައި ކުޅެވޭ ކްރިކެޓުގެ މައުލޫމާތު ފުޅާ ދާއިރާއެއްގައި ކުޅުންތެރިންނަށާއި، ކްރިކެޓަށް ޝައުގުވެރިކަން ހުންނަ މީހުންނަށް ފޯރުކޮށްދިނުމުގެ ގޮތުން "މޯލްޑިވްސް ކްރިކެޓް އެޕް" ގެ ނަމުގައި އެޕެއް ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އިފްތިތާހުކޮށްފި އެވެ.

މި އެޕް މެދުވެރިކޮށް ރާއްޖޭގައި ކުޅެވޭ ހުރިހާ ކްރިކެޓް މުބާރާތްތަކުގެ ލައިވް ސްކޯ އާއި، ކުޅުންތެރިންގެ މައުލޫމާތާއި، ތަފާސްހިސާބުތައް ބަލާލެވޭނެ ކަމަށް ސީބީއެމް އިން މައުލޫމާތުދެއެވެ.

މި އެޕް ފަރުމާކުރެވިފައިވަނީ މައިގަނޑު ދެ ބައެއް ހިމެނޭ ގޮތަށެވެ. އެއީ ކުލަބު ކްރިކެޓާއި، އެކެޑަމީ ކްރިކެޓެވެ. ކްރިކެޓް ބޯޑުން މައުލޫމާތުދޭ ގޮތުގައި ކުލަބު ކްރިކެޓުގެ ތެރޭގައި މުބާރާތްތަކުގެ މައުލޫމާތާއި، ލައިވް ސްކޯތަކާއި، ޚަބަރާއި ފޮޓޯ ހިމެނޭނެއެވެ. އަދި އެކަޑެމީ ކްރިކެޓުގެ ތެރޭގައި ހިމެނެނީ ޖޫނިއާ އަދި ވައިޑީޕީގެ ޕްރޮގްރާމުތަކުގެ މައުލޫމާތާއި، ތަފާސްހިސާބުތަކެވެ.

މި އެޕުގެ ތެރެއިން ކްރިކެޓް އެކަޑެމީތައް ހިންގާ މީހުންނަށް ޕްރޮގްރާމުތައް ހިންގުމުގައްޔާއި، ވަސީލަތްތައް ހޯދުމާއި، ކުޅުންތެރިންގެ މައުލޫމާތުތައް ބެލެހެއްޓުމުގައި ލުއިތަކެއް ލިބިގެންދާނެއެވެ.

ކްރިކެޓް ބޯޑުގެ ރައީސް މުހައްމަދު ފައިސަލް ވިދާޅުވީ މި އެޕަކީ އެ ބޯޑުގެ އައު ހިންގާ ކޮމިޓީގެ އިންތިޚާބީ މެނިފެސްޓޯގައި ހިމެނިފައިވާ ކަމެއް ކަމަށެވެ. އަދި މީގެ އެންމެ ބޮޑު ބޭނުމަކީ ކްރިކެޓް ޕްރޮމޯޓުކޮށް، ގިނަ ބަޔަކަށް ރާއްޖޭގެ ކްރިކެޓާ ބެހޭ މައުލޫމާތު ހިއްސާކުރުން ކަމަށްވެސް ވިދާޅުވިއެވެ. އަދި އެއާއެކު މި އެޕުގެ ސަބަބުން ކުޅުންތެރިންނަށްވެސް ވަރަށް ބޮޑު ފައިދާއެއް ކުރާނެ ކަމަށާއި، އެ ކުޅުންތެރިންގެ ހުރިހާ ތަފާސްހިސާބެއް އެޕް މެދުވެރިކޮށް ލިބެން ހުންނާނެ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

ކްރިކެޓް ބޯޑުގެ ޑިވެލޮޕްމަންޓް މެނޭޖަރު އިމާދު އިސްމާޢީލް ވިދާޅުވީ މި އެޕަކީ ކްރިކެޓް ޑިވެލޮޕްމަންޓް މަސައްކަތުގައި ފަސޭހަތަކެއް ލިބިގެން ދާނެ އެޕެއް ކަމަށެވެ. އަދި އެޕް މެދުވެރިކޮށް ހުރިހާ ކުޅުންތެރިންގެ ފެންވަރު ބަލާލެވޭނެ ކަމަށާއި، މީގެ އިތުރުން އެކެޑަމީތަކުގެ ހަރަކާތްތައް ކުރިއަށްގެންދާ ގޮތްވެސް މޮނިޓާކޮށް، ކުޅުންތެރިން ކުރިއަރަމުންދާ މިންވަރު ވަޒަންކުރެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.

މި އެޕް އެޕަލް އެޕްސްޓޯ އާއި ގޫގުލް ޕްލޭއިން ހިލޭ ޑައުންލޯޑް ކުރެވޭނެ ކަމަށް ކްރިކެޓް ބޯޑުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ކެމެރޫން

    އޭބަލަގަ މިހިރަ މޮޔަ ގައްދާރު ކްރިކެޓްތަ ނުކުޅެވިގެން ރައްޔިތުން މިއުޅެނީ ކާނެ ލާނެއަންނައޮނު ކަރަން ފެން މިތިބެކަންތައްތައް ކްރިކެޓް އެޕް ތާރަފުނުވެގެން މީޗަކު މިތެޅެނީ ބޮޑު ނޮހޮރޮއްޕާނެ މީ އިމްރާނު ބުނުގޮތަށް މީނާ ހުރިހާ ހިދަކު ދުވަހަކުވެސް މިޤައުމަށް ހަމަޖެހުމެއް ނާންނާނެ. އިމްރާނުގެ ދުލުން ނަޝީދާބެހޭ ގޮތުން ހުސް ތެދުވާހަކަ އެމަޅީގައި އޭނަވެސް ޖައްސައިފިތާ.

  2. ޙހހހ

    މަޖިލިސް ޓީމަށް މޯދީގެންނަންވީނު ، އެބަފެށޭ ޓްރާންސްފަރ މާކެޓް

  3. ބޭޗާރާ

    މަޖިލިސް ޓީމަށް އިންޑިޔާ މީހުން ގެނައިނަމަ ބައްޔެއް ނުވާނެ. މިފަހަރު ބަލިހާލަތު ހުރިގޮތުން މޯދީ ޖީއަށް އެކަމާ ނޫޅެވުނީހެން ހީވަނީ.