ހުސްވެފައިވާ ސްޕެއިންގެ ގައުމީ ޓީމުގެ ކޯޗަކަށް ފެނާންޑޯ ހިއޭރޯ ހަމަޖައްސައިފިއެވެ.

Error, group does not exist! Check your syntax! (ID: 111)

ސްޕެއިންގެ ގައުމީ ޓީމުގެ ކޯޗުކަމުގެ މަގާމު ހުސްވީ އެ މަގާމުގައި ހުރި ޖޫލެން ލޮޕެޓެގީ މިއަދު ވަކި ކުރުމާ ގުޅިގެންނެވެ. އޭނާ އެ މަގާމުން ވަކި ކުރީ ސްޕެއިންގެ ފުޓްބޯޅަ އިދާރާ އަށް އެންގުމެއް ނެތި ވޯލްޑް ކަޕަށްފަހު ހުސްވެފައިވާ ރެއާލް މެޑްރިޑްގެ ކޯޗުކަމާއި ހަވާލުވާން އޭނާ ނިންމުމާއި ގުޅިގެން އުފެދުނު ދެބަސްވުމެއްގެ ސަބަބުންނެވެ.

ސްޕެއިންގެ ކޯޗަކަށް އުމުރުން 50 އަހަރުގެ ހިއޭރޯ ހަމަޖެއްސިއިރު އޭނާ މިހާތަނަށް ހުރީ ސްޕެއިންގެ ފުޓްބޯޅަ އިދާރާގެ ސްޕޯޓިން ޑިރެކްޓަރުގެ މަގާމުގައެވެ.

ރެއާލް މެޑްރިޑަށް ކުރިން ކުޅެ އަދި އެއް އަހަރު ދުވަހުގެ މުއްދަތަށް އެ ކްލަބުގެ އެސިސްޓެންޓު ކޯޗުކަމުގެ މަގާމު އަދާކޮށްފައިވާ ހިއޭރޯ މިހާތަނަށް ކޯޗުކަން ކޮށްދީފައިވަނީ އެންމެ ކްލަބަކަށެވެ. އެއީ ސްޕެއިންގެ ދެވަނަ ޑިވިޝަނުގެ ކްލަބެއް ކަމަށްވާ އޮވިއޭޑޯއަށެވެ. އެ ކްލަބުގެ ކޯޗަކަށް ހިއޭރޯ ހުރީ އެންމެ އަހަރަކަށް ކަމަށްވާއިރު އޭނާގެ އިރުޝާދުގެ ދަށުން ކުޅެ އެ ކްލަބު އެ ފަހަރު ލީގު ނިންމާލީ އަށްވަނައިގައި އޮވެއެވެ.

ހިއޭރޯގެ އިރުޝާދުގެ ދަށުން ސްޕެއިން އިން ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި މި މަހުގެ 15 ވަނަ ދުވަހު ނިކުންނާނީ އެންމެފަހުގެ ޔޫރޯގެ ޗެމްޕިއަނުން ކަމަށްވާ ޕޯޗުގަލްއާ ދެކޮޅަށެވެ.

ޕޯޗުގަލްއާއެކު ސްޕެއިން ހިމެނޭ ގްރޫޕް ބީގައި ދެން ހިމެނެނީ މޮރޮކޯ އާއި އީރާންއެވެ.

2010 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރި ސްޕެއިން އަކީ މިފަހަރުގެ ވޯލްޑް ކަޕްގެ "ފެވަރިޓުން" ގެ ތެރޭގައި ހިމެނޭ ޓީމެއްކަން ފާހަގަކޮށްލަންޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު