ކޮވިޑް-19 ގެ ހާލަތާއި ގުޅިގެން ރާއްޖޭގެ ކުޅިވަރު ތަރައްގީކުރުމަށް ކުރިމަތިވި ގޮންޖެހުންތަކުގެ ތެރެއިން އެންމެ ރަނގަޅަށް ކުރެވުނު އެއް މަސައްކަތަކީ ދުނިޔޭގެ ފެންވަރަށް ތަރައްގީކޮށް ހުޅުވި ނެޝަނަލް ބިިލިއާޑް ސެންޓަރުގެ މަސައްކަތް ކަމަށް ކުޅިވަރާބެހޭ ވަޒީރު އަހުމަދު މަހްލޫފް ވިދާޅުވެއްޖެ އެވެ.
ނެޝަނަލް ބިލިއާޑް ސެންޓަރުގެ މަސައްކަތް ކޮށްފައިވަނީ ކޮވިޑާއި ގުޅިގެން ކުޅިވަރުގެ ވަސީލަތްތައް ކުރިއެރުވުމަށް ސަރުކާރަށް ކުރިމަތިވި ގޮންޖެހުންތަކުގެ ތެރެއިން ކުޅިވަރާބެހޭ ވުޒާރާއާއި ސަރުކާރުގެ އެކި ވުޒާރާތަކާއި ބިލިއާޑް އާއިލާ ގުޅިގެންނެވެ.
މި ސެންޓަރ ހުޅުވުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލެވެ. މީގެއިތުރުން މި ރަސްމިއްޔާތުގައި ކުޅިވަރާބެހޭ ވަޒީރު އަހުމަދު މަހުލޫފާއި އިންޑިއާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ސަންޖޭ ސުދީރު އާއި އިނގިރޭސިވިލާތުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކެރަން ރޮސްލޭ ބައިވެރިވެވަޑައިގެންނެވި އެވެ.
މީގެއިތުރުން ދުނިޔޭގެ ޓްރިކް ޝޮޓް ވޯލްޑް ޗެމްޕިއަން އަދި ދުނިޔޭގެ ރެކޯޑު ފޮތުން ހަތް ފަހަރު ރެކޯޑު ހެދި މަޝްހޫރު ޓްރިކް ސްޓާ ފްލޯރިއަން ކޮލާ (ވެނޮމް) ގެ ބައެއް ހުނަރުތައް ވަނީ ދައްކާލާފައެވެ.
މި ރަސްމިއްޔާތުގައި ވަޒީރު މަހްލޫފް ވަނީ މި ސަރުކާރުން ކުޅިވަރު ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތްތައް ފާހަގަކޮށް ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރުއަދާކުރައްވާފަ އެވެ. އަދި މި ސެންޓަރަކީ ހަމައެކަނި ފުޓުބޯޅައަށް ބޮޑެތި ހޭދަތަކެއް ކުރުމުގެ ބަދަލުގައި މުޅި ކުޅިވަރު އާއިލާއަށް ހަމަހަމަކަމާއި އެކު ކަންކަން ކޮށްދޭކަމުގެ މިސާލެއް ކަމަށްވެސް މަހްލޫފް ވިދާޅުވިއެވެ. އަދި ކޮވިޑުގެ ދަތި ހާލަތާއެކު މި ސެންޓަރގެ މަސައްކަތް ކާމިޔާބުކަމާއެކު ނިމި ބިލިއާޑް އިން ގައުމަށް ރީތި ނަންތަކެއް މުސްތަގްބަލުގައި ހޯދައިދޭނެކަމުގެ އުއްމީދު ކުރައްވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ކޮވިޑުގެ ތެރޭގައި ކުރެވުނު، ނިންމުނު އެންމެ ރަނގަޅު އެއް ކަމަކަށް ވާނެ މި ކަން (ބިލިއާޑް ފެސިލިޓީ ގެ މަސައްކަތް)، ކޮވިޑާހެދި ޕްރޮގްރާމްތައް ހުއްޓި، ކަނޑައެޅި ބަޖެޓުން ހަރަދު ނުކުރެވި ދިޔަ، ދެން ވިސްނީ ކުޅިވަރު ތަރައްގީ ކުރެވޭނެ އިތުރު ކަންކަން ހޯޯދަން، އެގޮތުން ލިބެން ހުރި ފައިސާއިން މިއަދު މި ފެސިިލިޓީ މިހިސާބަށް ގެނެވިފަ މިހުރީ" މަހްލޫފް ވިދާޅުވިއެވެ.
މި ބިލިއާޑް ފެސިލިޓީގައި 12 މޭޒު ހުރެއެވެ. ކުރިން މިތަނުގައި ހުންނަނީ 4 މޭޒެވެ. މި ބޮޑު ބަދަލާއެކު ބައިނަލްއަޤްވާމީ ބޮޑެތި މުބާރާތްތަކެއް މިތަނުގައި ކުޅެވިގެންދާނެ ކަމަށް އެސޯސިއޭޝަނުން ބުނެއެވެ.
މި ރަސްމިއްޔާތުގައި އެސޯސިއޭޝަނުގެ ބުކިން އެޕްލިކޭޝަން އަދި ރަސްމީ ވެބްސައިޓް ވަނީ ލޯންޗުކޮށްފައެވެ.
ތިތަން ހެދުމުގައި އޮތީ ހުސްކޮރަޕްޝަން. ބޮޑުނުކަޑާ
ކޮވިޑު ތެރޭ ކުރެވުނު އެންމެ މޮޅުކަމަކީ ވެންޓިލޭޓަރުތައް ކާލުމާއި ރައްޔިތުންނަށް ބަލާވެރިކަން ޖެއްސުން
ކޮވިޑު ތެރޭ ކުރެވުނު އެންމެ މޮޅުކަމަކީ ވެންޓިލޭޓަރުތައް ކާލުމާއި ރައްޔިތުންނަށް ބަލާވެރިކަން ޖެއްސުން..
މި ސަރުކާރު އޮތީ ޖިންސީ ގޯނާއާއި ރޭޕަށް ފައްސިވެފަ
ރައީސް ކިޔަންވެސް ފަކުރުގަނޭ އިނގޭތޯ
ތީހަމަ މިސަތުކާރުން އެޅިއިމާރާތެއްތޯ ކާޅުހާލިހެދީމަ ކޮވެލިބިސްއަޅާއުސޫލުން މިހާރުހުރިހާކަމެއްތިޔަކުރަނީ
ދަރިފުޅު ގޮވާގެން ސެލްފީއެއްނަގާތި. އަދި ޓިކްޓޮކް އެއް ވެސް
ތިޔައޮތީ ހުކުރު ހައްޖެއް ވެވިފަ ދެން އަތްޖަ ހާ
ދެންއިންނާނީ މަޖާކުރަމުން ލަވަޖަހަމުން ހަދާ ލާދީނީމަރުކަޒު ހެދުން