ލޯތަ މެތައަސް (ޖަރުމަނު)

ލޯތަ މެތައަސް

އިޓަލީގައި 1990 ވަނަ އަހަރު އޮތް ވޯލްޑް ކަޕް ޖަރުމަނުން ކާމިޔާބުކުރިއިރު، އެ ކާމިޔާބީގައި ފަހަތުގައި ހުރި އެންމެ މުހިންމު އެއް ކުޅުންތެރިޔަކީ ލޯތާ މެތައަސް އެވެ. އެ މުބާރާތުގައި ޖަރުމަންގެ ކެޕްޓަންކަން ކުރި މެތައަސް ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. އެ މުބާރާތުގައި މޮޅު ތިން ކުޅުންތެރިންގެ ތެރޭގައި މެތައަސް ހިމެނުނެވެ.

މެތައަސް އަކީ ޖަރުމަންގެ ޤައުމީ ޓީމަށް މިހާތަނަށް އެންމެ ގިނަ މެޗު ކުޅުމުގެ ރެކޯޑް އޮތް ކުޅުންތެރިޔާ އެވެ. މެތައަސް ވަނީ ފަސް ވޯލްޑް ކަޕްގައި ކުޅެ، އެންމެ ގިނައިން ވޯލްޑް ކަޕްގައި ކުޅުމުގެ ރެކޯޑަ ވެސް ހޯދައިފަ އެވެ.

ކެރިއަރުގެ ފަހުކޮޅު ސްވީޕަރަކަށް ވެސް ކުޅުނު މެތައަސް ވަނީ ޖަރުމަންގެ ޤައުމީ ޓީމަށް 150 މެޗު ކުޅެ، 23 ލަނޑު ޖަހައިފަ އެވެ.

ޖިއަންލުއީޖީ ބުފޮން، (އިޓަލީ)

ޖިއާންލުއިޖީ ބުފޮން - ފޮޓޯ: އޭއެފްޕީ

އިޓަލީން 2006 ވަނަ އަހަރު އޮތް ފީފާ ވޯލްޑް ކަޕް ކާމިޔާބުކުރިއިރު، ޖިއަންލުއީޖީ ބުފޮން ވަނީ އެ ޓީމުގެ ގޯލު ބެލެހެއްޓުމުގައި ތަފާތު މޮޅު ކުޅުމެއް ދައްކައިފަ އެވެ. އެ މުބާރާތުގައި އިޓަލީ ކޮޅަށް ލަނޑެއް ނުވަދެ، 453 މިނިޓު ބުފޯން އެ ޓީމުގެ ގޯލު ބެލެހެއްޓި އެވެ. އެ މުބާރާތުގައި ބުފޮން ދެއްކި މޮޅު ކުޅުމާއެކު، ބެލޮންޑޯ އެވޯޑަށް ވާދަކޮށް، ދެވަނަ ހޯދި އެވެ. މިއީ 1963 ވަނަ އަހަރު ރަޝިއާގެ ގޯލްކީޕަރު ލެވް ޔަޝިން އެ އެވޯޑް ހޯދި ފަހުން، ކީޕަރެއް އެ މަގާމަށް އެންމެ ގާތުން ވާދަކުރި ފަހަރެވެ.
ބުފޮން ވަނީ 1998، 2002، 2006،2010 އަދި 2014 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި އިޓަލީގެ ސްކޮޑުގައި ހިމެނިފަ އެވެ.

މިރޮސްލާވް ކްލޯސާ، (ޖަރުމަނު)

މިރޮސްލާވް ކްލޯސާ - ފޮޓޯ: އޭއެފްޕީ

ޖަރުމަންގެ ފޯވަޑް މިރޮސްލާވް ކްލޯސާ އަކީ ވޯލްޑް ކަޕްގައި މިހާތަނަށް އެންމެ ގިނަ ލަނޑު ކުޅުންތެރިޔާ އެވެ. ބްރެޒިލްގައި 2014 ވަނަ އަހަރު އޮތް ވޯލްޑް ކަޕް ޖަރުމަނުން ކާމިޔާބުކުރިއިރު، ކްލޯސާ ވަނީ ވޯލްޑް ކަޕްގައި 16 ލަނޑު އެ މުބާރާތުގައި ހަމަކޮށްފަ އެވެ.

ކްލޯސާ ވަނީ ޖަރުމަންގެ ޤައުމީ ޓީމަށް 2002، 2006، 2010 އަދި 2014 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ކުޅެފަ އެވެ.
ކްލޯސާ ފާހަގަކުރެވިފައިވަނީ ޕެނަލްޓީ އޭރިޔާ ތެރޭގައި ނުރައްކާތެރި، އަދި ބޮލުން ގޯލު ޖެހުމުގައި މޮޅު ކުޅުންތެރިއެއްގެ ގޮތުގަ އެވެ. 2014 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި އޭނާ ވަނީ ބޮލުން ފަސް ލަނޑު ޖަހައިފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކޮބާ ކޮބާ

    ކޮބާ ޕެލޭ، މަރަޑޯނާ، ބަޓިސްޓޫޓާ، ޒިދާން، ރޮނާލްޑޯ، ރޮބާޓޯ ބާޖިއޯ

    • ބަކަރި

      އެމީހުން މަރުވެއްޖެ