ވޯލްކަޕް މިރޭ ފެށުމަށް ހަމަޖެހިފައިވާއިރު ޓީމްތަކުން ތިބީ އެންމެ ފަހުގެ ތައްޔާރީތައް ފުރިހަމަކޮށް މެޗަށް ފުރިހަމައަށް ތައްޔާރު ވެގެންނެވެ. ޓީމްގެ ކުޅުންތެރިންނާއެކު ވޯލްޑްކަޕްގައި ކުޅޭ ޓީމްތަކުން ރަޝިޔާއަށް ގޮސް އެޓީމްތަކުގެ ފޮޓޯ މީސްމީޑިޔާއަށް ދޫކުރަމުންދާއިރު، ގިނަ ބައެއްގެ ނަޒަރު މިފަހަރު ހުއްޓުނީ އިރާންގެ ޓީމްގެ ކުޅުންތެރިންނަށެވެ. ހަމަގައިމުވެސް ގިނަ އަންހެނުންގެ ނަޒަރު ހުއްޓުނީ އިރާންގެ ކުޅުން ތެރިންނަށޭ ބުނެވިދާނެއެވެ.

މީގެ ކުރިން ހަތަރު ފަހަރު ވޯލްޑްކަޕްގައި ވާދަކޮށްފައިވާ އިރާންގެ ކުޅުންތެރިންގެ ފޮޓޯ މީސްމީޑިޔާގައި ދައުރުވާން ފެށުމާއެކު ގިނަ ބައެއްގެ ސުވާލަކަށްވީ، " މިއީ ފުޓްބޯޅަ ކުޅުންތެރިންތަ؟ ، ނޫނީ މޮޑެލް ކުރާ މީހުންތަ؟ " މިއެވެ. މިގޮތަށް މިސުވާލު ނާންނާނެ އެއްވެސް ސަބަބެއް ނެތެވެ. އިރާންގެ ކުޅުންތެރިން މީސްމީޑިޔާާއަށް ދޫކޮށްލި ފޮޓޯގައި ފެންނަނީ ކުޅުންތެރިން ކޯޓު ފަޓުލޫގައި އެންމެ ފަހުގެ ފެޝަނަށް ހެދުން އަޅައިގެން ތިބި މަންޒަރެވެ. އަތުގައި އެންމެ ފަހުގެ ގަޑި އޮތްއިރު އަޅައިގެން ތިބީ ފަހުގެ އައިނުތަކެވެ. ބޮލަށް ޖައްސައިގެން ތިބީވެސް ރީތި ގޮތެކެވެ. މޮޑެލް ކުރަން ހަމައެއްވަނައެވެ.

މީގެ އިތުރުން ގިނަ ބަޔަކުދަނީ އިރާންގެ ކުޅުންތެރިން ރީތި ވުމުގެ ސަބަބުން ގިނަ އަންހެނުން އިރާންގެ ޓީމްއަށް ސަޕޯޓް ކުރާނެ ކަމަށް ބުނަމުންނެވެ. މީގެ ކުރިން ގިނަ އަންހެނުން ސަޕޯޓް ކުރަމުން އައީ އިޓަލީ އަށް ކަމުގައި ވީނަމަވެސް މިއަހަރުގެ ވޯލްޑަ ކަޕްއަށް އިޓަލީއެއް ކޮލިފައިވެފައެއް ނުވެއެވެ.

އިރާން އެންމެ ފަހުން ވޯލްޑްކަޕް ކުޅެފައިވަނީ 2014 ވަނަ އަހަރުއެވެ. އެފަހަރު ގުރޫޕް ސުޓޭޖުން އެންމެ ޕޮއިންޓަކާއެކު ޓީމް ކަޓައިގެން ދިޔަ، މިފަހަރު އިރާންގެ ޤައުމީ ޓީމަށް ނެރެދެވޭނެ ނަތީޖާއަކަށް ގިނަ ބަޔަކު ތިބީ އިންތިޒާރުގައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ވ ރީތި

  2. ޭައައިސަތު ހިތަދޫ

    ކަލޯގަޔާ.. މަ ސަޕޯޓުކުރާނީ އީރާނަށް މިފަހަރު.. ލޮލް

  3. މަށަށް ހަމަ އެއްގޮތަކަށް ވެސް ކަމަކު ނުދޭ... އައްޗީޑި

  4. ތިތާކު ނެތް ހަޑި އޭ ބުނެވޭނެ ހަމަ އެކެއްވެސް???

  5. ދޮންކަލޯމެން މިފަހަރު ދެވަނަ ބުރަށް ނަމަވެސް ދައްޗޭ. މަ ސަޕޯރޓް ކުރާނަން.