އިންޑިއާގެ އެންމެ ޝަރަފްވެރި ކުޅިވަރު މުބާާރާތް ކަމަށްވާ އިންޑިއަން ޕްރިމިއަރ ލީގު (އައިޕީއެލް) ކްރިކެޓް މުބާރާތް ކުއްލިގޮތަކަށް މެދުކަނޑާލުމާއި ގުޅިގެން އިތުރު ގޮތެއް ނެތުމުގެ ސަބަބުން އެ ލީގުގައި ކުޅުނު އޮސްޓްރޭލިއާ ކުޅުންތެރިން ރާއްޖެއަށް މިސްރާބު ޖަހަން ނިންމައިފިއެވެ.

ރިޕޯޓުތައް ބުނާގޮތުން އިންޑިއާގައި ކޮވިޑްގެ ހާލަތު ގޯސްވުމާއި ގުޅިގެން އައިޕީއެލްގެ މި ކުއްލި ނިންމުމާއި ގުޅިގެން އޮސްޓްރޭލިއާ ކުޅުންތެރިން ތިބީ އެނބުރި ގައުމެއް ދެވޭނެ ގޮތެއް ބޭނުންވެފައެވެ. ނަމަވެސް އޮސްޓްރޭލިއާ ސަރުކާރުން ވަނީ އިންޑިއާ އިން އެ ގައުމަށް މީހުން އެތެރެ ނުވެވޭގޮތަށް ހަދާފައެވެ.

އެއާއެކު ކުޅުންތެރިންގެ މަންޒިލަކަށް ވީ ރާއްޖެއެވެ. އޮސްޓްރޭލިއާ އިން ޓްރެވަލް ބޭން އުވާލާނީ މެއި 15 ގައި ކަމަށް ރިޕޯޓު ބުނެއެވެ. އެހެންކަމުން މި ކުުޅުންތެރިން ރާއްޖޭގައި ދުވަސްތަކެއް ހޭދަކުރާނެ އެވެ. އިންޑިއާ އިން ރާއްޖެ އަންނަ ޓޫރިސްޓުން 96 ގަޑިއިރުނުވާ ޕީސީއާރު ޓެސްޓެއް ހަދަން ޖެހެއެވެ. ނަމަވެސް މި ކުޅުންތެރިންނަށް ރާއްޖެ ނޫން އިތުރު އެހެން ފަސޭހަ ގޮތެއް ނެތުމުން ރާއްޖެ އަންނަން ނިންމީއެވެ.

އޮސްޓްރޭލިއާގެ ކުޅުންތެރިންގެ އިތުރުން ބައެއް ކޯޗިން ސްޓާފުންނާއި ކޮމެންޓޭޓަރުން ވެސް ރާއްޖެ އަންނަން ނިންމާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. މީގެތެރެއިން މިހާތަނަށް ރާއްޖެ އައިސްފައިވަނީ މަޝްހޫރު ކްރިކެޓް ކޮމެންޓޭޓަރ މައިކަލް ސްލޭޓާ އެކަންޏެވެ. ބާކީ ތިބި އެންމެން ވަރަށް އަވަހަށް ރާއްޖެ އަންނާނެ އެވެ.

ރާއްޖެ ދެން އަންނަ ތިބި ކުޅުންތެރިންގެ ތެރޭގައި ޕެޓް ކަމިންސް، ސްޓީވަން ސްމިތް، ގްލެން މެކްސްވެލް، ރިކީ ޕޮންޓިން އަދި ސައިމަން ކަޓިޗް ފަދަ ކުޅުންތެރިން ހިމެނެއެވެ.

އިންޑިއާގެ އައިޕީއެލްގައި އޮސްޓްރޭލިއާއަށް ނިސްބަތްވާ 40 ވަރަކަށް ކުޅުންތެރިންނާއި ސްޓާފުން އަދި ޓެކްނިކަލް ފަރާތްތައް ހިމެނެއެވެ. އައިޕީއެލް މެދުކަނޑާލަން ނިންމިއިރު ފާއިތުވި 48 ގަޑިއިރު ތެރޭގައި އައިޕީއެލްގައި ވާދަކުރާ ގިނަ ޓީމުތަކެއްގެ ކުޅުންތެރިން ވަނީ ކޮވިޑަށް ފައްސިވެފައެވެ

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

 1. ަުހުސެން

  ގެނެސަ ބަހަޓާ. މޯދީ ވެސް ގެންނަން ވީ އެއްނު. މައުސޫމް އުފާވާނެ ޱޮލަރު ލިބެނިކޮށް ދިވެހި ރަޔިތުން ހަނާ ވިއަސް.

  3
  1
  • ހެހެ

   މުއުސޫމު ހުރީ ބޮލުގަ އެއްޗަކުން ޖެހިފަޔޯ.