މިއަދަކީ ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު މުބާރާތް ކަމަށްވާ ފީފާ ވޯލްޑް ކަޕް ފެށޭ ދުވަހެވެ. ހަތަރު އަހަރުގެ ދިގު އިންތިޒާރަކަށް ފަހު ވޯލްޑް ކަޕް އެނބުރި އައިސްފައިވާއިރު ދިވެހިން މިއަދު ތިބީ ވޯލްޑް ކަޕްގެ ފޯރިއަށް ކެތް މަދުވެފައެވެ.

ތިރީގައި މިވަނީ ވޯލްޑް ކަޕްގެ މެޗުތައް ރާއްޖެ ގަޑިން އޮންނަ ވަގުތުތަކާއި ގްރޫޕް ސްޓޭޖުގެ ބޮޑެތި މެޗުތައް އޮންނަ ވަގުތުތަކެވެ.

ވޯލްޑް ކަޕް މެޗުތަކުގެ ޝެޑިއުލަށް ބަލާއިރު މެޗު އޮންނަ އެންމެ އަވަސް ގަޑިއަކީ ރާއްޖެ ގަޑިން 15:00 އެވެ. މީގެ އިތުރުން 17:00، 18:00، 19:00، 20:00 އަދި 21:00 އަށް ވެސް މެޗުތައް ތާވަލުކޮށްފައިވެއެވެ. ރާާއްޖެ ގަޑިން ބަލާއިރު އެންމެ ލަސް ވަގުތުތަކަށް މެޗުތައް ތާވަލު ކޮށްފައި ވަނީ 23:00 އަށާއި 00:00 އަށެވެ.

ވޯލްޑް ކަޕްގެ ރައުންޑް އޮފް 16 މެޗުތަކާއި ކުއާޓާ ފައިނަލްގެ މެޗުތައް އޮންނާނީ ރާއްޖެ ގަޑިން 19:00 އަދި 23:00 ގައެވެ. މުބާރާތުގެ ސެމީ ފައިނަލުގެ މެޗުތައް އޮންނާނީ ރާއްޖެ ގަޑިން 23:00 ގައެވެ. ތިން ވަނަ ހޮވާ މެޗު 19:00 އަށް ތާވަލުކޮށްފައިވާއިރު ފައިނަލް މެޗު އޮންނާނީ ރާއްޖެ ގަޑިން 20:00 ގައެވެ.

ގްރޫޕް ސްޓޭޖުގެ އެންމެ ބޮޑު މެޗުތަކަށް ބަލާއިރު ގްރޫޕް އޭގެ އެންމެ ބޮޑު މެޗު ކަމަށްވާ ރަޝިއާ އަދި އުރުގުއޭ ކުޅޭ މެޗު އޮންނާނީ 25 ޖޫން ގެ 19:00 ގައެވެ.

ގްރޫޕް ބީގެ އެންމެ ބޮޑު މެޗަކީ ސްޕެއިން އާއި ދެކޮޅަށް ޕޯޗުގަލް ނުކުންނަ މެޗެވެ. މި މެޗު އޮންނާނީ މާދަމާ ރޭ 23:00 ގައެވެ.

ގްރޫޕް ސީގެ އެންމެ ވަރުގަދަަ ވާނެ ކަމަށް ބެލެވޭ ދެ ޓީމު ކަމަށްވާ ފްރާންސާއި ޑެންމާކު ކުޅޭނީ 26 ޖޫންެ 19:00 ގައެވެ.

ގްރޫޕް ޑީގައި އާޖެންޓީނާ އާއި ކްރޮއޭޝިއާ ކުޅޭ މެޗު އޮންނާނީ 21 ޖޫންގެ 23:00 ގައެވެ.

ގްރޫޕް އީ އަށް ބަލާއިރު ވަރުގަދަ ބްރެޒިލް އާއި ސްވިޒަލޭންޑް ކުޅޭނީ އަންނަ އާދީއްތަ ދުވަހުގެ 23:00 ގައެވެ.

ގްރޫޕް އެފްގައި ޖަރުމަނާއި މެކްސިކޯ ކުޅޭނީ އަންނަ އާދީއްތަ ދުވަހުގެ 20:00 ގައެވެ.

ގްރޫޕް ޖީގެ އެންމެ ވަރުގަދަ ވާނެ މެޗު ކަމަށްވާ އިންގްލެންޑާއި ބެލްޖިއަމް ކުޅޭ މެޗު އޮންނާނީ 28 ޖޫން ގެ 23:00 ގައެވެ.

ގްރޫޕް އެފްގެ އެންމެ ވަރުގަދަ ވާނެ ކަމަށް ބެލެވޭ މެޗަކީ ސެނެގަލް އާއި ކޮލަމްބިއާ ކުޅޭ މެޗެވެ. މި މެޗު އޮންނާނީ 28 ޖޫން ގެ 19:00 ގައެވެ.

ކިޔުންތެރިންގެ ހިޔާލު