ކުޅިވަރު މެޗުތަކުން މޮޅުވާ ޓީމު ދިމާކުރުމަށް އެކި ޖަނަވާރު ބޭނުންކުރުމަކީ އައު ކަމެއް ނޫނެވެ. އެގޮތުން، 2010 ވަނަ އަހަރު ދެކުނު އެފްރިކާގައި ބޭއްވި ވޯލްޑް ކަޕްގެ މެޗުތައް ދިމާކުރުމަށް ބޯވައެއް ބޭނުންކޮށްފައިވެއެވެ. އެބޯވައިގެ ސީދާ ނަތީޖާތަކަށް، އެތައް ބައެއްގެ ސަމާލުކަންވެސް ލިބިގެންދިޔައެވެ.

އެގޮތުން، މިފަހަރު މެޗުތަކުގެ ނަތީޖާ ދިމާކުރުމަށް ބޭނުންކުރާނެކަމަށް ކުރިން އެނގިފައި އޮތީ ހުދުކުލައިގެ ބުޅަލެކެވެ. ސެއިންޓް ޕީޓަސްބާގުގެ ދަރުލްއާޘާރެއްގައި އޮތް މި ބުޅާވަނީ، ފުރަތަމަ މެޗުން މޮޅުވާނީ ރަޝިޔާކަން ދިމާވެސްކޮށްފައެވެ.

މި ބުޅަލުގެ އިތުރުން، މެޗުތަކުން މޮޅުވާ ޓީމު ޔަޤީން ކުރުމަށް ކުއްތާއެއްވަނީ ވަނީ ބޭނުންކުރަން ފަށާފައެވެ. މިކަމަށްޓަކައި ބޭނުންކުރަމުންދަނީ ހޮންގ ކޮންގ އުޅެމުންދާ، 11 އަހަރުގެ ކުއްތާއެކެވެ. ޑަޓޯގެ ނަމުން ނަން ދީފައިވާ މި ކުއްތާއަކީ، އޭގެ ހުޝިޔާރުކަމަށް މަޝްހޫރު އެއްޗެއްކަމަށް ރިޕޯޓުތައް ބުނެފައިވެއެވެ.

ޑަޓޯއަކީ ރަސްމީކޮށް، މެޗުތަކުގެ ނަތީޖާ ދިމާކުރަން ކަނޑައެޅިފައިވާ ޖަނަވާރުކަމުގައިވުމުން، މި ކުއްތާ ދިމާކުރާ ދިމާކުރުމެއް، އަސްލު ނަތީޖާއާ ދެގޮތްވިކަމުގައިވިޔަސް، އޭގެ ވެރިފަރާތަށް އެއްވެސް މާލީ ގެއްލުމެއް ނުވާނެއެވެ.

މީގެއިތުރުންވެސް، އެހެން ގިނަ ވައްތަރުގެ ޖަނަވާރު، މެޗުތަކުގެ ނަތީޖާ ދިމާކުރުމަށް ބޭނުންކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު