ރާއްޖޭގައި ކޮވިޑް-19 ގެ ހާލަތު ގޯސްވުމާއި ގުޅިގެން ކަމާބެހޭ ފަރާތްތަކުން އެކުލަވާލާފައިވާ ގައިޑްލައިންތަކަށް ވުރެ އޭއެފްސީ ކަޕުގެ ގައިޑްލައިން މާ ހަރުކަށިވާނެ ކަމަށް ކުޅިވަރާބެހޭ ވަޒީރު އަހުމަދު މަހްލޫފް ވިދާޅުވެއްޖެ އެވެ.

އެފްއޭއެމުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 16 ފުޓުބޯޅަ ޓާރފް ދަނޑު އަޅަން ނިންމިކަން ހާމަކޮށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރ މަހްލޫފް ވިދާޅުވީ އޭއެފްސީ ކަޕުގައި އަޅާފައިވާ ފިޔަވަޅުތަކަކީ ހަރުކަށި ފިޔަވަޅުތަކެއް ކަމަށެވެ.

އޭއެފްސީ ކަޕް ރާއްޖޭގައި ހޯސްޓުކުރުމުގެ ފުރުސަތު ލިބުމަކީ ލިބުނު ބޮޑު ހިތްހަމަޖެހުމެއް ކަން ފާހަގަކުރައްވަމުން މަހްލޫފް ވިދާޅުވީ މުބާރާތް ނުބޭއްވި ރާއްޖެއަށް ގެއްލުމުގެ ގެއްލުނު ނުދިނީތީ އެކަމާ ވަރަށް ބޮޑަށް ހިތްހަމަޖެހި ވަޑައިގަންނަވާ ކަމަށެވެ

ރާއްޖޭގައި ކުރަމުން މިދާ ހުރިހާ ކަންތައްތަކަށް ވުރެ މާ ރަނގަޅަށް ރައްކާތެރި ކަމުގެ ފިޔަވަޅުތައް އެޅިގެންދާނެ، މިސާލަކަށް ކެފޭއަކަށް ދާއިރު ޓެސްޓްކޮށްފައެއް ނުވަދެވޭ އެތާ، ތިއްބައި ރެންޑޮމް ސާމްޕަލެއް ނުނެގޭނެ. މަގުމަތީގަައި ދުވަން ތިއްބައި އެކަމެއް ނުހިނގާނެ، ސައިކަލް ދުއްވަން ދާއިރު އެކަމެއް ނުހިނގާނެ. އެކަމަކު މިކަން ކުރާއިރު މިސާލަކަށް ބެންގަލޫރު އެފްސީ ކަމަށް ވިޔަސް މޯހަން ބަގާން ކަމަށް ވިޔަސް ހައެއްކަ މަސް ވެއްޖެ އެއްކޮށް އެ މީހުން ކޭމްޕްކޮށްގެން ތިބޭތާ" މަހްލޫފް ވިދާޅުވި އެވެ.

މަހްލޫފް ވިދާޅުވީ މުބާރާތުގައި ރާއްޖެއިން ބައިވެރިވާ އީގަލްސް ނޫނީ މާޒިޔާ ޓީމު މާދަމާ ނޫނީ އޭގެ އަނެއް ދުވަހު އެއް ހޮޓަލަކަށް ވަންނާނެ ކަމަށާއި އެތަނުން ނުވެސް ނުކުމެވޭނެ ކަމަށެވެ. އަދި ފުލުހުން ބައިތިއްބަން ޖެހިއްޖެއްޔާ ފުލުހުންވެސް ތިބޭނެ ކަމަށް މަހްލޫފް ވިދާޅުވިއެވެ.

މެޗު ނިންމާފައި ހޮޓަލުގައި ތިބޭއިރު ރެންޑަމް ސާމަޕްލް ނެގުން ކަމަށް ވިޔަސް އެކަން ކުރާނެ ކަމަށާއި މިއީ އެއް ބަބުލްއެއްގެ ތެރޭގައި ހިނގާނެ ކަންކަން ކަމަށް މަހްލޫފް ވިދާޅުވިއެވެ. އަދި އުއްމީދަކީ ސަލާމަތާއި ރައްކާތެރި ކަމާއެކީ މި މުބާރާތް ނިމިގެންދިއުން ކަމަށްވެސް މަހްލޫފް ވިދާޅުވިއެވެ.

ކޮވިޑުގެ ހާލަތާއި ގުޅިގެން އޭއެފްސީން ރާވާ ހިންގާ މުބާރާތްތަކަށް ހަރުކަށި ގައިޑްލައިނެއް ވަނީ އެކުލަވާލާފައެވެ. އެހެންކަމުން ރާއްޖޭގައި ބާއްވާ އޭއެފްސީ ކަޕުގެ މެޗުތަކަށް ވެސް މި ގައިޑްލައިނަށް އަމަލުކުރާނެ އެވެ. މި ގައިޑްލައިނުގެ ދަށުން މުބާރާތުގައި ވާދަކުރާ ޓީމުތަކުން ދަތުރުކުރެވޭނީ ނެގެޓިވް ޕީސީއާރް ޓެސްޓަކަށް ފަހުގައެވެ.

މުބާރާތް ބާއްވާ ގައުމެއްގައި ޓީމުތައް ތިބެން ޖެހޭނީ ހާއްސަ ކުރެވިފައިވާ ވަކި ތަނެއްގައި ކަމާއި ޓީމުތަކަށް ހަމައެކަނި ބޭރަށް ނިކުމެވޭނީ ފަރިތަކުރުންތަކަށް އެކަނި ކަމަށް ގައިޑްލައިންގައި ވެއެވެ. އަދި ކޮންމެ ދުވަހަކު އެއް ފަހަރު ހޫނުމިން ޗެކުކުރުމާއި ބޭނުންވެއްޖެ ހިނދެއްގައި ރެންޑަމް ސާމްޕަލް ނެގުން ފަދަ ކަންކަން ކުރުމުގެ ހުއްދަ އޮންނާނެ ކަމަށެވެ.

އޭއެފްސީ ކަޕުގެ ޕްލޭއޮފްގައި އިންޑިއާގެ ބެންގަލޫރު އެފްސީ އާއި ރާއްޖޭގެ ކުލަބް އީގަލްސް ބައްދަލުކުރާނީ މިމަހުގެ 11 ގައެވެ. އަދި މުބާރާތުގެ ގްރޫޕް ސްޓޭޖުގެ މެޗުތައް ކުޅުމަށް ނިންމާފައިވަނީ މިމަހުގެ 14 އިން 21 އަށެވެ. ގްރޫޕް ސްޓޭޖުގައި ހިމެނެނީ ރާއްޖޭގެ މާޒިޔާ އާއި އިންޑިއާގެ މޯހަން ބަގާންގެ އިތުރުން ބަންގްލަދޭޝްގެ ބަޝުންދުރަ ކިންގްސް އެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ޥވ

  އަވަހަށް އެއެފްސީ މަޖިލީހަށް ހާޒިރުކޮށްފަ އުވާލާ.. ދެން ރީލޯޑް ކޮށްލާ...

  12
 2. އިބޫ

  އެންމެ ނުރައްކާތެރި ހާލަތަށްވެސް ތައްޔާރުބުނި މީހުންތީ. ބޭނުންވާ ކަންކަންކުރަން މޮޅެތި ވާހަކަ ދައްކާނެ. ފުލުހުން ތިއްބަސް ކޮރޯނާ ފެތުރޭނެ. ކޮރޯނާ އުޅެންވީ ސަރުކާރުން ބުނާގޮތަކަށްބާއޭ ހީވާކަހަލަ. ރައްޔިތުންނަށް އަސަރުކުރާނީ ވެރިންނަށް މޮޅެތި ކަންކަން.

  12
  1
 3. ހަސަން

  އެހެންވީ އިރުން ތިޖެހޭ ލެއްވެސް އަވަސް ވާނެ

  8
  1
 4. އިބުރާހިމް ކީރިތިކުރަވާ ސޯލިހު

  ޟަހުލޫފު ބާންގަނޑު އައް ފިތޭނެ ދުވަސް ކައިރިވެޖެ.

 5. އަހްމަދު

  ސަރުކާރުންކުރާކަންކަމުތެރެއައް ކޮވިޑެއްނުވަންނާނެ އެކަމާނުވިސްނާ ކަރަންޓީނުގަތިބިމީހުންނެރެގެންވޯޓްވެސް ލެވުނީނު އެހެންކަންކަންވެސް ކުރެވޭނެ ކޮވިޑްއުނދަގުލެއްނުކުރާނެ