"ވަގުތު" އިން މިއަހަރުގެ ވޯލްޑްކަޕަށް ހާއްސަކޮށްގެން ނެރުނު "އޭޓޫގެ" ސްކޯ ޗާޓު ޑެލިވަރ ކޮށްދިނުމަށް ނިންމައިފިއެވެ.

މީގެ ޗާޓެއް 50 ރުފިޔާ އަށް ވިއްކުމަށް ނިންމާފައިވާއިރު ޑެލިވަރ ކުރުމަށް ގުޅާނީ ‭9532251‬ ނަމްބަރު ފޯނަށެވެ.

މި ޗާޓުގައި މުބާރާތުގެ މެޗްތައް ކުޅޭ ތާވަލާއި، ސްކޯ ޖެހޭނެ ގޮތައް އަދި ދެވަނަ ބުރާއި ކްއާޓާ ފައިނަލް އަދި ސެމީފައިނަލާއި ފައިނަލް މެޗްގައި ކުޅޭނެ ޓީމްތައް ވެސް ފުރިހަމަ ކުރެވޭ ގޮތައް ހުންނާނެއެވެ.

މީގެއިތުރުން "ވަގުތު" އިން މިއަހަރުގެ ވޯލްޑްކަޕަށް ހާއްސަކޮށްގެން ނެރުނު މެގަޒިން ބައްލަވައިގަތުމުން ހިލޭ މި ޗާޓު ލިބިވަޑައިގަންނަވާނެއެވެ.

ވޯލްޑްކަޕަށް ހާއްސަކޮށްގެން "ވަގުތު" އިން ނެރުނު މެގަޒިން ބައްލަވައި ގަންނަވާ ފަރާތްތަކުގެ މެދުގައި ގުރުއަތުން ހޮވޭ ފަރާތްތަކަށް ވަނީ ބޮޑެތި އިނާމުތަކެއް ހުށަހަޅާފައެވެ. އެއްވަނަ އަށް ހޮވޭ ފަރާތަކަށް ޔޫރަޕްގެ ހަ ޤައުމަކަށް ދަތުރުކޮށްލުމުގެ ފުރުސަތު ލިބިގެންދާއިރު، ދެވަނަ އިނާމަކަށް އަލްމަނާސިކްގެ ފަރާތުން ދޭ އުމްރާ ދަތުރެއް އަދި ތިންވަނަ އިނާމަކަށް އެވިޑް ކޮލެޖްގެ ފަރާތުން ހިލޭ ކޯހެއް ހެދުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

މިމެގަޒިން ވިއްކުމަށް ހަމަޖެހިފައި ވަނީ 100 ރުފިޔާ އަށެވެ.

"ވަގުތު" އިން ނެރެފައިވާ މެގަޒިންގައި ވޯލްޑްކަޕްގައި ކުޅޭ ޓީމްތަކާއި މުހިންމު ކުޅުންތެރިންގެ މައުލޫމާތު ހިމަނާފައި ވާނެއެވެ.