އޭއެފްސީ ކަޕްގެ ކޮލިފައިން ޕްލޭއޮފްގައި ކްލަބް އީގަލްސްއާ ދެކޮޅަށް ކުޅޭ މެޗަށް އިންޑިއާގެ ބެންގަލޫރު އެފްސީ ޓީމު މިއަދު މާލެ އަތުވެއްޖެއެވެ.

ބެންގަލޫރު ޓީމު ރާއްޖެ އައިސްފައިވާކަން އެ ޓީމުން ވަނީ ކަށަވަރު ކޮށްދީފައެވެ. އެގޮތުން ކުރި ޓުވިޓެއްގައި އެޓީމުން ބުނީ، ކުޅުންތެރިންނާއި އޮފިޝަލުންނަށް ރައްކާތެރިކަމާއި އެކީ މާލެ އާދެވިއްޖެ ކަމަށެވެ.

އޭއެފްސީ ކަޕްގެ ކޮލިފައިން ޕްލޭއޮފްގައި ކްލަބް އީގަލްސްއާ ދެކޮޅަށް ބެންގަލޫރު އެފްސީ ކުޅެ މެޗް ކުޅުމަށް ހަމަ ޖެހިފައިވަނީ 11 ވާ އަންގާރަ ދުވަހުގެ ރޭ 21:00 ގައި ގަލޮޅު ދަނޑުގައެވެ.

މި މެޗު ކުޅުމުގެ ފުރުސަތު ބެންގަލޫރުން ހޯދީ ކޮލިފައިން ދެ ވަނަ ބުރުގައި ނޭޕާލްގެ އާމީ ކްލަބް އަތުން މޮޅުވެގެންނެވެ.

އީގަލްސް އިން ކޮލިފައިން ފުރަތަމަ ބުރުގައި މާލޭގައި ބޫޓާންގެ ތިމްޕޫ ސިޓީ އަތުން މިދިޔަ މަހު ހަތް ވަނަ ދުވަހު މޮޅުވިއެވެ. ކޮލިފައިން ދެ ވަނަ މެޗުގައި އީގަލްސްއާ ދެކޮޅަށް ކުޅެން އޮތް ބަންގްލަދޭޝްގެ ޑާކާ އަބަހާނީ އަށް ކުޅެވޭތޯ ކުރި ހުރިހާ މަސައްކަތެއް ކާމިޔާބުނުވުމުން އޭއެފްސީން އެ ޓީމު ވަކިކޮށް ޕްލޭއޮފްގެ ފުރުސަތު ދިނީ އީގަލްސްއެވެ.

އިގަލްސް އާއި ބެންގަލޫރު ކުޅޭ މެޗުގައި މޮޅުވާ ޓީމަކަށް ކޮލިފައިން ގްރޫޕްގެ ފަހު ފުރުސަތު ލިބޭނެ އެވެ. އެ ގްރޫޕްގައި މި ވަގުތު އޮތީ ރާއްޖޭގެ މާޒިޔާ އާއި އިންޑިއާގެ އޭޓީކޭ މޯހަން ބަގާން އަދި ބަންގްލަދޭޝްގެ ބަޝުންދުރާ ކިންގްސްއެވެ.

ކޮވިޑްގެ ކޭސްތައް ރާއްޖޭގައި ގިނަވެ ހާލަތު ގޯސްވާތީ މި މަހު ރާއްޖޭގައި ސެންޓްރަލައިޒްކޮށް ބާއްވަން ނިންމާފައިވާ އޭއެފްސީ ކަޕްގެ ޕްލޭއޮފް މެޗާއި ދެކުނު އޭޝިއާގެ ގްރޫޕްގެ މެޗުތައް ފަސްކުރަން އެފްއޭއެމުން އޭއެފްސީއާ އެކު މަޝްވަރާ ކުރި ނަމަވެސް އޭއެފްސީގެ ނިންމުމަކީ މިހާރު އޮތް ޝެޑިއުލާ އެއްގޮތަށް އޭއެފްސީ ކަޕްގެ މެޗުތައް ރާއްޖޭގައި ކުރިއަށް ގެންދިއުމަށެވެ.

އެގޮތުން "ވަގުތު" އަށް މައުލޫމާތުދެއްވަމުން އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް ވިދާޅުވީ އޭއެފްސީގެ ނިންމުމަކީ ހާލަތު ގޯސްނުވާ ނަމަ މިހާރު އޮތް ޝެޑިއުލާ އެއްގޮތަށް އޭއެފްސީ ކަޕްގެ މެޗުތައް ރާއްޖޭގައި ކުރިއަށް ގެންދިއުމަށް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ކާފަބޭ2020

  ދުނިޔޭގަ އެންމެހަލުވިކަމާއެކު ކޮވިޑްގެއެންމެނުރައްކާތެރި ވައްތަރުފެތުރޭގައުމުން ޓީމެއްރާއްޖެމިގެނައީ ބަލިއިތުރަށް ނުފެތުރޭނެކަމުގެ ޔަގީންކަމެއްސޯލިބޭގެސަރުކާރަށްއޮވެގެންތޯ؟ ތިޔަބޭފުޅުންނަށްއަސަރެއްނުކުރިއަސް ލޯކުރިމަތީ މަންމަ،މާމަ ނުވަތަ އާއިލާމީހަކުދުނިޔެދޫކުރީމަ ހާދައަސަރެއްކުރާނެކަންވެސް ވިސްނާލަންވެސްބޭނުންނުވަނީތޯ؟ ދުނިޔޭގަލަހައްޓަވާހުރިއްޔާ ރުފިޔާފައިސާހޯދިދާނެ އެކަމު އަބަދުގެއަބަދަށްލޯމެރުމަށްފަހު ހޯދޭނެރުފިޔާފައިސާއެއްހުންނާނެތޯ؟ ﷲއަކްބަރްﷲއަކްބަރް

  3
  2
 2. ނުރަބޯ

  ތިޔަ މެޗާއި ގުޅުން ހުރި އެންމެން މެޗަށްފަހު ކަރަންޓީނު ކުރަންޖެހޭނެ. އެގޮތަށް ތިމެޗު ކުޅުމަކުން ނެތް އެއްވެސް މައްސަލައެއް.

 3. ރެފްރީ

  މިފަހަ ރު މަޚުލޫފުގެކޮންޓެއިނާއެއް.. މަޚުލޫފުއިމްޕޯޓުކު ރި
  ވޭ ރިއެންޓްކޮންޓެއިނާއެއް !!
  ވީމާ މަޚުލޫފުއަށް ވަގުތުން ރަތްކާޑެއް !!!