އޭއެފްސީ ކަޕުގެ ޕްލޭއޮފްގައި ވާދަކުރުމަށް ރާއްޖެ އައިސްގެން އުޅޭ އިންޑިއާގެ ބެންގަލޫރު ސިޓީ އެފްސީގެ ކުޅުންތެރިން ވަގުތުން ރާއްޖެ ދޫކޮށް ދިއުމަށް ކުޅިވަރާބެހޭ ވަޒީރު އަހުމަދު މަހްލޫފް ގޮވާލަައްވައިފި އެވެ.

މަހްލޫފް މިހެން ގޮވާލެއްވީ ކޮވިޑް-19 އާއި ގުޅިގެން އަޅާފައިވަ ހަރުކަށި އުސޫލުތަށް މުގުރާލާ އެ ޓީމުގެ ބައެއް ކުޅުންތެރިން މާލޭގެ މަގުތަކަށް ނިކުމެ އުޅުނު މައްސަލައިގައެވެ.

މިކަން ހާމަވީ މިއަދުގެ ވަގުތެއްގައި ބެންގަލޫރު އެފްސީގެ ބިދޭސީ ކުޅުންތެރިންތަކެއް ހޮޓަލުން ބޭރަށް ނިކުމެގެން އުޅުނު ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ހާމަވުމުންނެވެ.

މިކަމާއި ގުޅިގެން މަހްލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއިި އެޗްޕީއޭ އާއި ކަމާބެހޭ ފަރާތްތަކުން އެކުލަވާލާފައިވާ ގައިޑްލައިންތަކަށް ގޮންޖަހާ އުޅުމަކީ ބަލައިގަނެވޭނެ ކަމެއްނޫން ކަމަށެވެ. އަދި މިހާރުން މިހާރަށް ބެންގަލޫރު އެފްސީ ޓީމު ރާއްޖެ ދޫކޮށް ދިއުމަށް މަހްލޫފް ވަނީ ގޮވާލައްވާފައެވެ.

މަހްލޫފު ކުރެއްވި އިތުރު ޓްވީޓެއްގައި ވަނީ ސަރުކާރުގެ ފަރާތުން މި މެޗު ނުކުޅެވޭނެކަން އެފްއޭއެމަށް އެންގިކަން ހާމަކޮށްފައެވެ. އަދި ބެންގަލޫރު އެފްސީ ޓީމު ފުރުމުގެ އިންތިޒާމުތައް ހަމަޖެއްސުމަށް މަހްލޫފް ވަނީ ގޮވާލައްވާފައެވެ. އަދި މިކަމާއި ގުޅިގެން އޭއެފްސީއާއި މަޝްވަރާކުރާނެ ކަމަށާއި ގްރޫޕް ސްޓޭޖުގެ މެޗުތައް ފަސްކުރަން މަސައްކަތްކުރައްވާނެ ކަމަށެވެ.

އޭއެފްސީ ކަޕުގެ ޕްލޭއޮފްގައި ރާއްޖޭގެ ކުލަބް އީގަލްސް އާއި އިންޑިއާގެ ބެންގަލޫރު އެފްސީ ބައްދަލުކުރާ މެޗު ކުޅެނީ ހަރުކަށި އުސޫލުތަކުގެ ދަށުންނެވެ. އެގޮތުން އެ ޓީމެއް ކޭމްޕުކޮށްގެން ތިބޭ ހޮޓަލަކުން ބޭރަށް ނިކުތުމަކީ މަނާ ކަމެކެވެ. އަދި ރާއްޖެއައިސް ކޮންމެ ކުޅުންތެރިއެއްވެސް ޕީސީއާރު ޓެސްޓް ނަގަން ޖެހެއެވެ. އަދި ކޮންމެ ދުވަހަކު ހުން ބެލުން ފަދަ ކަންކަންވެސް ކުރަން ޖެހެއެވެ. ރާއްޖެ އައިސް ބެންގަލޫރު ހުރިހާ ކުޅުންތެރިން ހެދި ޓެސްޓު ވަނީ ނައްސިވެފައެވެ.

ބެންގަލޫރު ޓީމުގެ ކުޅުންތެރިން ކޭމްޕުކޮށްގެން ތިބީ ހޮޓެލް ޖެންގައެވެ. މި ހޮޓެލްގައި ކުލަބް އީގަލްސް ކުޅުންތެރިން ވެސް ތިބީ ކޭމްޕުކޮށްގެންނެވެ. މިކަމާއި ގުޅިގެން ކުޅިވަރާބެހޭ ވަޒީރު މި މޭރުމުން ވިދާޅުވީ މި މުބާރާތް ބާއްވާތީ އާންމުންގެ ގިނަ ކަންބޮޑުވުންތަކެއް އުފެދިފައިވާ ދަނޑިވަޅެއްގައެވެ.

 

 

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. ހަނު

    މަހުލޫފު ތޮހުރީ އިންޑިއާގެ އަވަށެއްގެ ވަޒީރުކަމު. އިންޑިއާގެ އުގަށް ވެއްޓި މުޅި ޤައުމު ފުނޑާލައިފި. ދެން އިންޑިއާގެ ވިއަޒޯރު ނުކުންނާނެ. . އަދި މެޗް ނުކުޅުނަސް ޗުއްޓީ ހަދާލެވޭނުންދޯ.

    65
    4
    • ޖަޒީރާވަންތަ ކެހެރިނުފަޅާ ޖަނަވާރު

      ލޮކްޑައުން ކޮށްފިއްޔާ މުޒާހަރާވެސް ކުރާނަން.. މި ސަރުކާރުން އިންޑިއާ މީހުން ގެނެސްގެން ބަލި ފަތުރާފަ ރައްޔިތުން ބޮލަށް މައްސަލަ ކަނޑާލަނީ

      73
      2
    • ޙައްގުބަސް

      ނޭޅޭނެ އެއްވެސް ފިޔަވަޅެއް!! ފިޔަވަޅު އަޅާކަށްވެސް މިގޮނޑިކޮށްކޮ ސަރުކާރަކަށް ނުކެރޭނެ!! ދިވެހި ރައްޔިތުން ބުނަމުންއަންނަނީ މިރާއްޖެގެ ވެރިކަން މިހާރު ހިންގަނީ މިރާއްޖޭގައި ހުންނަ އިންޑިޔާގެ އެންބަސީންނޭ!! އެކަން ބަހާ ޢަމަލުން އެބަފެނެޔޭ!! އިންޑިޔާގެ މަސްބޯޓެއް ގަވާޢިދާ ޚިލާފަށް މިރާއްޖޭގެ ކަނޑުތަކުން މަސްބާނަނިކޮށް ފެނިގެން ގެނެވުނީމާވެސް އެއްވެސް ފިޔަވަޅެއްނާޅާ ޖެހިގެން އައިދުވަހު ފޮނުވާލީ!! އެކަމަކު ލަންކާ ބޯޓް ހިފަހައްޓާ ހޭއަރުވާލަނީ އަދިވެސް!! މިރާއްޖެގެ ތަރައްގީގެ މަޝްރޫޢުތައް މީޑިޔާކުރަނީ އެންބެސަޑަރު!! މިރާއްޖެއަށް 5000 އިންޑިޔާ ރައްޔިތުންނަށް ވޯކްޕާމިޓް އެއް އަހަރުތެރޭދީ ވަޒީފާތައްދީފި!! އިންޑިޔާ މީހުން އެތެރެވުން ކުރިއަށްގެންދަނީ!! މިރާއްޖޭ މިއޮތީ ފާޑަކަށް އިންޑިޔާގެ އަޅުވެތިކަމެއްގެތެރޭ މިހާރު!! އެމްއެންޑީއެފްތެރެެއަށް ހިތައްއެރިވަގުތަކު ގޮސްވަދެ ނިކުމެހަދަނީ އިންޑިޔާ ސިފައިންނާ އެންބަސީ މީހުން!! މިރާއްޖޭގެ ރައިސް މީހާއަކީ ބޮލެއް!! ހަމަ ޕަޕެޓެއް!! ޝާހިދު އިންޑިޔާއަށް ވިކިގެންހުރެ އެމީހުންގެ އެހީތެރިކަމާއެކު އދ ގެ ގޮނޑިއެއް ލިބޭތޯ ދިވެހިންގެ ޓެކްސް ފައިސާ ޚަރަދުކޮށްގެން ބޭރުގައުމުތަކަށްގޮސް ކެމްޕޭންކިރަނީ!! މަތީމަގާމުތަކުގައި ތިބި ނުފޫޒްގަދަ މީހުންގެ ޖީބަށް އިންޑިޔާއިން ފައިސާކޮޅެއް އެޅީމާ ގައުމު ވިއްކާލައިގެން އުޅޭތަން މިފެންނަނީ!! ދިވެހިން ނިކުމެ މިކަން ޙައްލުކުރުންނޫން އެއްވެސް މަގެއް މިހާރު ފެންނަންނެތް!! އެކަންކުރަންޖެހޭ!! ގައުމު މިއަޅުވެތިކަމުން ސަލާމަތްކުރަންޖެހޭ!!

      28
  2. ޢިންޑިޔާމީހުން

    އިންޑިޔާމީހުންނަށް ހުއްދަވާނެނުން އެމީހުން ޕޮސިޓިވްވިޔަސް ރަގަޅުވާނެ. ޜާއްޖެއަށް ޖެހިފައޮތް ވަބާއެއްތިއިންޑިޔާމިހުންނަކީ

    77
    2
  3. ބަކަރި

    އިންޑިއާ މީހުންވީމަ ނުކުރޭ ޖޫރިމަނާއެއް ކަރަންޓީނެއް.. އިންޑިއާމީހުނަށް މޮޅުގޮތް.. މި ސަރުކާރަކީ ޖެހިފައޮތް ބޮޑު ބަލާވެރިކަމެއް

    72
    4
  4. ބަކަރި

    ތި މީހުން ޖޫރިމަނާ ނުކޮށް ފުރުވާލެވިގެން ނުވާނެ.. ދިވެހިން އެކަނިތަ ޖޫރިމަނާ ކުރަނީ

    84
    3
    • ސިނގު

      އެމީހުން ކޮށްފިއްޔާ ވަޒީފާ ގެއްލޭނެ

      25
      1
  5. ޟމ

    މިތަނަށް އެމީހުން ގެނައިއިރު މަހުލޫފް ހުންނެވީ ހަމަހޭގަތޯ؟ މި ޤާއުމުގެ ރައްޔިތުން އާދޭސް ކުރަމުން މިދަނީ އެމީހުން ނުގެނައުމަށް އެމީހުންނަކީ އަބަދުވެސް އެހެން ޤައުމުތަކުގެ ޤާނޫނުތަކާއި އުސޫލުތައް މުގުރާ ބައެއް، އިންޑިޔާ ސިފައިން މި ޤައުމުން ފައިބަން ޔާމީން ސަރުކާރުން އެންގުމުން ޢެމީހުން ފޭބިތޯ؟ ޢެހެންވީމަ މި ބުނަނީ މިނިވަންކަން މިތަނުގަ ނެތޭ، މީ މިނިވަން ޤައުމެއް ނޫނޭ

    21
    1
  6. ހަމާރާ ދޭޝް

    ކަލޯ ޑޯންޓް ޕްލޭ ވިތް ފަޔަރ.

    16
    1
  7. ހަހާ

    އަތަށް ގޮވީ!!!!

    19
    1
  8. ކާފަބޭ2020

    އެމީހުންރާއްޖެއައިސް ވާނެހައެއްޗެއްވީމަ ދެންކޮންވަކްތުންވަކްތައްފޮނިވާލާށެކޭކިޔާކަށް މާކަންތައްބޮޑުވަންޏާ އިރުއަރާތަނުންވަޒީރުކަމުންބޭރުކޮށްފާނެ ތިޔައީމިހާރުވެސްކަމެއްނެތް ދަތްނެތްސިންގާއަކާއެއްވަރުކޮށްފަ ވަކިމީހަކަށްޓަކާބަހައްޓާފަހުރި ފޮޓޯލޯގަނޑެއްނޫންތޯ؟ މައިތިރިވެހުރޭ އަދަދުތައްގޮވާލަފާނެ ތިޔައީމާނަޒާހަތްތެރިމީހެއް ނޫންކަމަށް އަޑުބަރޭމެންކިޔާއުޅޭ ވީމާ...........

    14
    1
  9. ރެފްރީ

    ހޯ ހޯ
    ދެންތިކަހަލަބޭކާ ރުވާހަކަދައްކާނެކަމެއްނެތް!! އެތިބީއެމީހުންގެނެސްފަ ވާނެއެއްޗެއްވެފަ.

    22
    1
  10. ވަންނަވާ

    މި ތަނަށް ކޮވިޑްގެ އެންމެ ނުރައްކާވައްްތަރުތައްއައީ އިންޑިއާއިން އެމީހުން ފަތުރުވެރިންނޭކިޔައި ކަރަންޓީނުނުވެ މަސްކުއެޅުމެއްްނެތި ރަށުތެރޭގައި ދުވަނީ ދިވެހިން ކިހިނެއްހަދާނީ

    29
    2
  11. ޕޮގުބާ

    އިންޑިޔާ ރާއްޖެއަށް ޖެހިފައޮތް މުސީބާތެއް

    29
    1
  12. ނަޟީދު

    އިންޑިޔާ ރާއްޖެއަށް ޖެހިފައޮތް މުސީބާތެއް

    17
    2
  13. ވެރިން

    މަހުލޫފް ކަލޯ ތިހެން ޓްވިޓެއް ކޮއްގެން އަހަރުމެން ބޮލަށް ޗިޕްޖަހަން ނުއުޅޭ، ކަލޯ ތީ މިގައުމުގެ ކުޅިވަރާ ބެހޭ ވަޒީރު ތިޔަށް ވުރެ ހަރުދަނާ ވާން ވާނެ. އިންޑިޔާ މިހުން ވީމަ ކަލޯވެސް ފަސްޖެހެނީ ދޯ.

    7
    1
  14. ރތރތ

    އިންޑިޔާ އައުޓް