ބެންގަލޫރު އެފްސީގެ ބިދޭސީ ކުޅުންތެރިންތަކެއް ހޮޓަލުން ބޭރަށް ނިކުމެގެން އުޅެ ޕްރޮޓޮކޯލާއި ހިލާފުވި މައްސަލައިގައި ބެންގަލޫރު އެފްސީން މައާފަށް އެދިއްޖެއެވެ.
ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ހާމަވުމުން މިކަމާއި ގުޅިގެން މަހްލޫފް ކުރެއްވި ޓްވީޓާ ގުޅިގެން ވަގުތު އާއި ވާހަކަދެއްކި ބެންގަލޫރު ޓީމުގެ އޮފިޝަލަކު ވަނީ އެ މައްސަލައިގައި އޭއެފްސީއާއި މަޝްވަރާކުރަމުންދާ ކަމަށް ބުނެފައެވެ. އިތުރު ވާހަކަތަކެއް އޭނާ ހިއްސާނުކުރި އެވެ
ކުޅިވަރާބެހޭ ވަޒީރު އަހުމަދު މަހްލޫފް ރޭގެ ވަގުތެއްގައި ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއިި އެޗްޕީއޭ އާއި ކަމާބެހޭ ފަރާތްތަކުން އެކުލަވާލާފައިވާ ގައިޑްލައިންތަކަށް ގޮންޖަހާ އުޅުމަކީ ބަލައިގަނެވޭނެ ކަމެއްނޫން ކަމަށެވެ. އަދި މިހާރުން މިހާރަށް ބެންގަލޫރު އެފްސީ ޓީމު ރާއްޖެ ދޫކޮށް ދިއުމަށް މަހްލޫފް ވަނީ ގޮވާލައްވާފައެވެ
މަހްލޫފު ރޭ ކުރެއްވި އިތުރު ޓްވީޓެއްގައި ވަނީ ސަރުކާރުގެ ފަރާތުން މި މެޗު ނުކުޅެވޭނެކަން އެފްއޭއެމަށް އެންގިކަން ހާމަކޮށްފައެވެ. އަދި ބެންގަލޫރު އެފްސީ ޓީމު ފުރުމުގެ އިންތިޒާމުތައް ހަމަޖެއްސުމަށް މަހްލޫފް ވަނީ ގޮވާލައްވާފައެވެ. އަދި މިކަމާއި ގުޅިގެން އޭއެފްސީއާއި މަޝްވަރާކުރާނެ ކަމަށާއި ގްރޫޕް ސްޓޭޖުގެ މެޗުތައް ފަސްކުރަން މަސައްކަތްކުރައްވާނެ ކަމަށެވެ
މެޗު ކުރިއަށް ނުގެންދެވޭނެ ކަމަށް މިނިސްޓަރު މަހްލޫފް ވިދާޅުވެފައިވާއިރު އޭއެފްސީ ކަޕް ރާއްޖޭގައި ނުބޭއްވޭނެކަން އޭއެފްސީއަށް އެފްއޭއެމުން ވަނީ އަންގާފައެވެ.
އޭއެފްސީ ކަޕުގެ ޕްލޭއޮފްގައި ރާއްޖޭގެ ކުލަބް އީގަލްސް އާއި އިންޑިއާގެ ބެންގަލޫރު އެފްސީ ބައްދަލުކުރާ މެޗު ތާވަލުކުރީ އަންނަ އަންގާރަ ދުވަހަށެވެ. މެޗް ކުޅެން ނިންމީ ހަރުކަށި އުސޫލުތަކުގެ ދަށުންނެވެ. އެގޮތުން އެ ޓީމެއް ކޭމްޕުކޮށްގެން ތިބޭ ހޮޓަލަކުން ބޭރަށް ނިކުތުމަކީ މަނާ ކަމެކެވެ. އަދި ރާއްޖެއައިސް ކޮންމެ ކުޅުންތެރިއެއްވެސް ޕީސީއާރު ޓެސްޓް ނަގަން ޖެހެއެވެ. އަދި ކޮންމެ ދުވަހަކު ހުން ބެލުން ފަދަ ކަންކަންވެސް ކުރަން ޖެހެއެވެ. ރާއްޖެ އައިސް ބެންގަލޫރު ހުރިހާ ކުޅުންތެރިން ހެދި ޓެސްޓު ވަނީ ނައްސިވެފައެވެ.
ބެންގަލޫރު ޓީމުގެ ކުޅުންތެރިން ކޭމްޕުކޮށްގެން ތިބީ ހޮޓެލް ޖެންގައެވެ. މި ހޮޓެލްގައި ކުލަބް އީގަލްސް ކުޅުންތެރިން ވެސް ތިބީ ކޭމްޕުކޮށްގެންނެވެ
އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާ ޒޯންގެ ގުރޫޕް ސްޓޭޖު ބާއްވަން ރާއްޖެއިން ބިޑް ކާމިޔާބު ކޮށްފައިވަނީ އަވައްޓެރި އިންޑިއާ އާ ވާދަކޮށެވެ
ކުޅިވަރާބެހޭ ވަޒީރު މި މޭރުމުން ވިދާޅުވީ މި މުބާރާތް ބާއްވާތީ ކޮވިޑް ކޭސްތައް ރެކޯޑް އަދަދަކަށް ގިނަ ވެފައިވާ ދުވަސްވަރެއްގައި އޭއެފްސީ ކަޕް ބާއްވަން ހުއްދަ ދިނުމުން އާންމުންގެ ގިނަ ކަންބޮޑުވުންތަކެއް އުފެދިފައިވާ ދަނޑިވަޅެއްގައެެވެ. އަދި ސިއްހީ ދާއިރާގެ މަސައްކަތް ކުރާ ފަރާތްތަކުން ދަނީ އެކަމުގެ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.
ނޭނގޭނެ ކަމަށް ހީކޮށް ނުކުތީ ، އެކަމުން ދިވެހިން ލޯދިގުކަން މިވެރިންނަށް ނޭނގުނު
ދެންހެޔޮތާ އެވެރިންފުރިޔަސް،
އިންޑިއަން ކޮވިޑް ފްރުޓްޖޫސް ރާއްޖެއަށް ބެންގަލޫރު މަގުން އެތެރެ ވެވުނީތާ،
ހަމަ އަތްޖަހަން ހައްގު ދޯހިޅި ސަރުކާރަށް... ސައިކަލްބުރު ވެސް އެވެރިން ޖެހީމަ ހަމަ އޯކޭ..
ބަލިހުއްޓުވަން ފުރަތަމަ މަގުމައްޗަށް ނުކުމެގެން މިއުޅޭ މީހުންތައް ގެއަށް ވައްދަބަލަ ބަލިފެތުރެނީ ހަމަ އަހަރުމެންގެ ބޯހަރުކަމުން އަހަރުމެންގެ ވިޔާނުދާކަމުން
އެހެންމީހުން ކުރާކަމެއް ގޯސްވިއަސް އަހަރެމެން ކުރާތީ އެހެންމީހުންގެ ގޯސް ރަނގަޅުކުރާ ގާނޫނު ހިނގާތަނެއް ދިވެހިރާއްޖެނޫނީ ދުނިޔޭގައިވެސް ނޯންނާ.
ބަލަ ގޯސްވާނީ ގޯހަށޭ ކުރިން ކުރިއަސް ފަހުން ކުރިއަސް އޭގެ އަސްލު ފޯމަށް ބަދަލެއް ނާންނާނެ.