މިއަދު އުރުގުއޭ އާއި ދެކޮޅަށް މިޞްރުން ކުޅޭ ވޯލްކަޕްްގެ މެޗްގެ ފުރަތަމަ 11 ގައި މިޞްރުގެ ފޯވާޑް މުޙައްމަދު ސަލާޙް ނުހިމަނަން ނިންމައިފިއެވެ.

މިސްރު ވޯލްޑް ކަޕުގެ ފުރަތަމަ މެޗު އުރުގުއޭ އާއި ދެކޮޅަށް ކުޅޭއިރު އެޓީމުގެ ތަރި މުހައްމަދު ސަލާހު ފުރަތަމަ އެގާރައިގައި ޖަހާފައި ނުވެއެވެ.
ހުކުރު ދުވަހު 26 އަހަރު ފުރޭ ސަލާހު އަނިޔާ ވެފައި ވަނީ މިދިޔަ މަހު ޔޫކްރޭން ގައި ރިއަލް މެޑްރިޑާއި ދެކޮޅަށް ކުޅުނު ޗެމްޕިއަންސް ލީގު ފައިނަލުގައި 1-3 ގެ ނަތީޖާ އަކުން ބަލިވި މެޗުގައެވެ.

ވޯލްޑް ކަޕުގައި މިސްރު ކުޅޭ ފުރަތަމަ މެޗުގައި އަނިޔާ އިން ރަނގަޅުވެ ކުޅޭނެ ކަމަށް ރިޕޯޓުތަކުންނާއި މިސްރުގެ ކޯޗު ހެކްޓާ ކޫޕާ ބުނި ކަމުގައި ވީނަމަވެސް އުރުގުއޭ އާއި ދެކޮޅަށް މިސްރުގެ ފުރަތަމަ ނިކުންނަ ޓީމުގައި އޭނާ ހިމަނާފައެއް ނުވެއެވެ.

ސަލާހު ވަނީ 1990 އަށް ފަހު ފުރަތަމަ ފަހަރަށް މިސްރު ވޯލްޑް ކަޕަށް ކޮލިފައި ވުމަށް ޖެހި ލަނޑު ކާމިޔާބު ކޮށްދީފައެވެ، މީގެ އިތުރުން އޭނާ ވަނީ ލިވަޕޫލް އަށް މިދިޔަ ސީޒަނުގައި 44 ލަނޑު ކާމިޔާބު ކޮށްދީފައެވެ.

ސަލާހުގެ އިތުރުން 45 އަހަރުގެ އެސަމް އަލް ހަދާރީ އަށް ވެސް އުރުގުއޭ އާއި ދެކޮޅަށް ކުޅޭ މެޗުގައި ޖާގައެއް ނެތެވެ. އޭނާ އަކީ ވޯލްޑް ކަޕުގެ ތާރީހުގައި ވެސް ކުޅޭ އެންމެ އުމުރުން ދުވަސްވީ ކުޅުންތެރިޔާ އެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އޮޅާލާ

    ކޮން ވޯލްޑް ކަޕެއްތޭ ކިތައް ވޯލްޑް ކަޕް ބާއްވައިފިތޭ ރާއްޖޭގެ އެކަކަށް ވެސް މާލެ ސަރަހައްދުން ފްލެޓެއް ލިބޭތޭތިޔާ ވޯލްޑް ކަޕް ބޭއްވުމުން ނުލިބޭ ދޯ ދެން ރިސޯރޓް ތަކުގެ މެދު ފަންތިއާއި އަދި މަތީ ފަންތިގެ ވަޒީފާ ތަކަށް ލަންކާ އިންޑިއާ މީހުން ފްލަޑް ވާއިރު މިކަން ހުއްޓުވުނުތޭ އިމިގްރޭޝަން އަށް ނޫން ނުހުއްޓުވޭ ދޯ ދެން ކޯއްޗެކޭ ކިޔަންތޭ ކޮންވޯލްޑް ކަޕެއްތޭ ވޯލްޑް ކަޕް އޮޅާލަބަލަ އޮޅާލާ އޮޅާލާ އޮޅާލާ. ގެޓް ދަ ޕޮއިންޓް. ގުޑް ގުޑް.

  2. ފާތޭ

    ތޭތޭ ބޯހަލާކު ކޮމެންޓު ނުކޮއްފާނަންތަ ކުރަންޏާ ކިހިތްވާޖަހަލަ އޮއްޓަރު ހުރި ކޮމެންޓެއް ކޮއްބަލަ