ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނަލްޑޯ ދެ އަހަރު ދުވަހަށް ޖަލަށް ލުމަށް ހުކުމްކޮށްފިއެވެ.

ރިއަލް މެޑްރިޑްއަށް ކުޅެމުން އަންނަ ރޮނަލްޑޯ ޖަލަށްލުމަށް ހުކުމްކޮށްފައި ވަނީ ޓެކްސްއަށް މަކަރު ހެދި މައްސަލައިގައެވެ. މި މައްސަލައިގައި ކޯޓުން ވަނީ 16.5 މިލިއަން ޕައުންޑުން ރޮނާލްޑޯ ޖޫރިމަނާ ކުރަން ވެސް ނިންމާފައެވެ.

ޖަލު ހުކުމެއް އައި ނަމަވެސް މީގެ ކުރިން ރޮނަލްޑޯ ޖިނާއީ އެއްވެސް ކުށެއްކޮށްފައި ނުވާތީ އޭނާ މި ހުކުމް ތަންފީޒު ކުރާކަށް ނުޖެހޭނެއެވެ. މި މައްސަލައިގައި މިދިޔަ އަހަރު ރޮނާލްޑޯ ކޯޓަށް ވެސް ހާޒިރުކޮށްފައިވެއެވެ. ނަމަވެސް އޭނާ ވަނީ ޓެކްސް އަށް މަކަރު ހެދި ކަމަށްބުނެ ކުރާ ތުހުމަތުތަށް ދޮގުކޮށްފައެވެ.

ރޮނާލްޑޯގެ މައްޗަށް ސްޕެއިންގެ ޕްރޮސެކިއުޓަރުން ކޮށްފައިވާ ދައުވާއަކީ 2011 ވަނަ އަހަރުން 2014 ވަނަ އަހަރާއި ދެމެދު ސުޕެއިންގެ ސަރުކާރަށް ދައްކަން ޖެހޭ 14.7 މިލިއަން ޔޫރޯގެ ޓެކްސް އޮޅުވާލި ކަމުގެ ދައުވާއެވެ. ސްޕެއިންގެ ޓެކްސް އޭޖެންސީގެ ރިޕޯޓުތައް ބުނާގޮތުން ރޮނާލްޑޯގެ ވިޔަފާރީގެ ތެރެއިން އޭނާއަށް އަހަރެއްގެ މައްޗަށް ޖެހޭ މިންވަރު އޮޅުވާލާފައިވެއެވެ.

ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ފަސް އަހަރު ހޯދާފައިވާ ރޮނާލްޑޯ ރެއާލް މެޑްރިޑަށް ބަދަލުވީ 2009 ވަނަ އަހަރުއެވެ.

ޓެކްސް އަށް މަކަރު ހެދުމުގެ ކުށް ރޮނާލްޑޯގެ އިތުރުން މީގެކުރިން ބާސެލޯނާގެ ތަރި ލިއޮނަލް މެސީގެ މައްޗަށް ވެސް ވަނީ ސާބިތުވެފައެވެ. އެ ކުށް ސާބިތުވުމުން މެސީގެ މައްޗަށް ކޯޓުން ވަނީ 21 މަހުގެ ޖަލު ހުކުމެއް އިއްވާފައެވެ. ނަމަވެސް އެއީ އެފަދަ ކުށެއް މެސީގެ މައްޗަށް ސާބިތުވި ފުރަތަމަ ފަހަރުކަމުން އެ ހުކުމް އޭނާވެސް ތަންފީޒު ކޮށްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. މަހަށްދޭބަލަ

    ޓެކްސް އަށް މަަކަރު ހެދި މައްސަލައިގައި ރޮނާލްޑޯ ޖަލަށް 2 އަހަރަށް ޖަލަށް ލާން ހުކުމް ކުރުން އެއީ މަމެން އުފާ ކުރާ ކަމެއް އެކަމަކު މަމެން ހިތަށް އަަރަނީ ތިޔާ ޕޯރޗުގަލް ގައި ޓެކްސް އަށް މަކަރު ހަދައިގެން ސަރުކާރުގެ ބޮޑުންނާއި ގުޅިގެން އެ ކަން އޮށްބާލާ ޕޮލިޓިޝަނުން 25 އަހަރަށް ޖަލަށް ގަޅާ ނުލަނީ އެއީ ކީއްވެތޭ ތަމެން ޕޯރޗުގަލް ސަރުކާރު މަހަށް ދޭބަލަ މަހަށް މަހަށް މަހަށް ދޭބަލަ..

    • ޓެކްސް

      ލިޔުން ރަގަޅަށް ކިޔާ ބަލަ ޕޯޗުގީޒުންގެ ސަރުކާރުން ނެތް ނުނޭ ހުކުމް ކުރީ ސްޕޭނުގެ ސަރުކާރުން.

    • ހަރުން

      ކޮއްކޯ ސްޕެއިން ސަރުކާރުން ހުކުމް ކުރިކަމަށް އޮތީ

  2. މާމިގިލީ މީހާ

    އަނެއް ދިވެހިރާއްޖޭ ގައި ހުރި ސުޕުރީމް ކޯޓުން ހުކުމް ކުރީ.

  3. ހާޒިމް

    އެހެން.....

  4. މަަަަަ

    މިރާއްޖޭގެ ރައީސުންވެސް ހުކުން ތަންފީޒުކުރަން ނުޖެހޭނަމަ!

  5. އިއްސޭ

    ތިއީ ސިޔާސީ ހުކުމެއް

  6. މުދިންބެ

    ތިއައޮތީ ރަނގަޅަށް ކޯޓަށް އަތް ވަދެފައި

  7. އޮބްވިޔަސް

    މައްސަލަ އަކީ 3 ގޯލް ޖެހީމަ.