ބާންލީ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ
ބާންލީ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ

ދެކުޅުުންތެރިންނަށް ރަތް ކާޑު ދެއްކުމުން ނުވަ ކުޅުންތެރިންނާއި އެކު މެޗް ފުރިހަމަ ކުރަން ޖެހުނު ޗެލްސީގެ މައްޗަށް ބާންލީ އިން މިރޭ ކުރި ހޯދައިފިއެވެ. ޕްރިމިއާ ލީގްގައި ދެޓީމް ބައްދަލުކުރި ފުރަތަމަ މެޗް ބާންލީ އިން ކާމިޔާބު ކުރީ 3-2 ގެ ނަތީޖާ އަކުންނެވެ.

ADS BY SONEE SPORTS

މިމެޗްގައި ފުރަތަމަ ރަތް ކާޑެއް ދެއްކީ ޗެލްސީގެ ކޭހިލް އަށެވެ. މެޗް ފަށައިގެން މާގިނަ އިރުތަކެއް ނުވަނީސް ކޭހިލް އަށް ރަތް ކާޑެއް ދެއްކީ ބާންލީގެ ސްޓީވަން ޑެފޯއަށް ޓެކްލު ކުރުމުންނެވެ. އެއާއި އެކު ޗެލްސީ އަށް ޕްރެޝަރު ބޮޑުވެފައި ވަނިކޮށް 24 ވަނަ މިނެޓްގައި ބާންލީގެ ސެމުއެލް މައިކަލް ވަނީ ލަނޑެއް ޖަހާ ޗެލްސީގެ މައްޗަށް ލީޑް ނަގާފައެވެ.

ބާންލީގެ ދެވަނަ ލަނޑު މެޗްގެ 39 ވަނަ މިނެޓުގައި ބާންލީގެ ސްޓެފަން ވާޑް ކާމިޔާބު ކޮށް ލީޑް ފުޅާކުރިއެވެ. އަދި ބާންލީގެ ތިން ވަނަ ލަނޑު 43 ވަނަ މިނެޓުގައި ވޮކްސް ކާމިޔާބު ކުރުމާއި އެކު ބާންލީ އިން މިމެޗް ކާމިޔާބު ކުރާނެ ކަމުގެ އުންމީދު އާކުރިއެވެ.

މިމެޗްގައި ޗެލްސީ އަށް އުންމީދު އާވީ މިފަހަރުގެ ޓްރާންސްފާގައި ޗެލްސީ އަށް ގެނައި ސްޕެއިން ފޯވާޑް އަލްވާރޯ މޮރާޓާ ކުޅެން ނިކުތް ހިސާބުންނެވެ. ޗެލްސީގެ ފުރަތަމަ ލަނޑު މޮރާޓާ ކާމިޔާބު ކުރީ 69 ވަނަ މިނެޓްގައެވެ. އެއީ ވިލިއަމް ނަގައިދިން ހުރަހަކުންނެވެ.

ނަމަވެސް އޭގެ 12 މިނެޓް ފަހުން މެޗްގެ 81 ވަނަ މިނެޓްގައި ފެބްރިގާސް އަށް ރަތް ކާޑު ދެއްކުމާއި އެކު ޗެލްސީ އަށް އަނެއްކާވެސް އިތުރު ޕްރެޝަރެއް ކުރިމަތިވިއެވެ. ޗެލްސީ ވަރަށް ބޮޑަށް ކުރިއަށް ޖެހި ކުރަމުން ދިޔަ މަސައްކަތުން 88 ވަނަ މިނެޓުގައި ޑަވިޑް ލުއިޒް ލަނޑު ޖަހައި ތަފާތުކުޑަކޮށްދިން ނަމަވެސް އިތުރު ގޯލެއް ކާމިޔާބު ކުރެވޭ ގޮތެއް ޗެލްސީ އަކަށް ނުވިއެވެ.

ADS BY SHEESHA

މިރޭ ބާންލީ އިން ޗެލްސީގެ މައްޗަށް ތާރީޚީ ކާމިޔާބެއް ހޯދިއިރު މިއީ ފާއިތުވި 40 އަހަރުގެ ތެރޭގައި ބާންލީ އަށް ޗެލްސީގެ މައްޗަށް ކާމިޔާބު ހޯދުނު ދެވަނަ މެޗެވެ.

Comments are closed.