ރެއާލްގެ ކޯޗު ޒައިނުއްދީން ޒިދާން އާއި ޒުވާބުކުރި މައްސަލައިގައި ސްޕެނިޝް ލީގުގައި މިއަދު ގްރާނާޑާ އާއި ދެކޮޅަށްް އެކުލަވާލި ސްކޮޑުން މާސެލޯ ބާކީކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ރެއާލްއަށް ވަނީ ޑިފެންޑަރުންގެ މައްސަލަ ކުރިމަތިވެފައވެެ. އެގޮތުން އެ ޓީމުގެ ފަހަތް ބެލެހެއްޓީ މެންޑީ ވަނީ އަނިޔާގެ ސަބަބުން މި ސީޒަނުގައި ނުކުޅެވޭނެކަން ހާމަވެފައެެ. އެއާއެކު ދެން އެ މަގާމަށް ކުޅެވޭނެ ކުޅުންތެރިއެއްގެ ގޮތުގައި ހުރީ މާސެލޯ އެވެ.

ތާވަލުގެ އެއްވަނައަށް އަރަން ލިބޭ ރަނުގެ މި ފުރުސަތު މާސެލޯއަށް ގެއްލުނުއިރު ރެއާލްގެ ގިނަ ކުޅުންތެރިންތަކެއް ދަނީ ޒިދާންގެ އުކުޅުތަކާއި ގުޅޭގޮތުން ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުކުރަމުންނެވެ. މާސެލޯ އަކީ އެންމެ ބޮޑަށް މި ފާޑުކިޔުން އަމާޒުކުރާ އެކަކެވެ.

މާސެލޯ އާއި ޒިދާން ޒުވާބުކުރި މައިގަނޑު މައްސަލައަކީ މި މެޗަށް އެކުލަވާލި ލައިންއަޕް އާއި ޒިދާންގެ ފީކަޅާ އުކުޅުތަކެވެ. މި ޒުވާބު ފެންމަތިވީ އަންގާރަދުވަހު ރެއާލުން ބޭއްވި ފަރިތަކުރުންތަކުގެ ތެރެއިންނެވެ.

މި މެޗަކީ ރެއާލަށް މުހިއްމު މެޗެކެވެ. އެ ޓީމު ތާވަލުގެ ތިިންވަނައިގައި މިވަގުތު އޮތީ ކުޅުނު 35 މެޗުން ލިބުނު 75 ޕޮއިންޓާއެކު އެވެ. އެއް މެޗު އިތުރަށް ކުޅެގެން ދެވަނައިގައި 76 ޕޮއިންޓާއެކު އޮތީ ވާދަވެރި ބާސެލޯނާއެވެ. އެއްވަނައިގައި 80 ޕޮއިންޓާއެކު އޮތީ އެތްލެޓިކޯ މެޑްރިޑެވެ. މި މެޗަކީ ބާސެލޯނާ ފަހަތަށް ޖައްސާލައި އެއްވަނައަށް އެރުމަށް ކުރާ މަސައްކަތުގައި ރެއާލަށް މުހިއްމު މެޗެކެވެ.

މި މެޗަށް ރެއާލުން އެކުލަވާލި ސްކޮޑުން ދެން ފުރުސަތު ދީފައިވަނީ ރެއާލްގެ އެކަޑަމީން ތަމްރީނުވި އުމުރުން 19 އަހަރުގެ ގުޓިރޭޒް އެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ލަދު

  ޒިދާންގެ ޓެކްޓިކްސް އާއި ބެހޭގޮތުން ފާޑުކިޔޭ ވަރުގެ މީހެއްނޫން މާސެލޯ އަކީ

  14
  17
 2. ޙުސޭނު

  މީހުންގެ މޭމަތީ ބޮލުން ޖެހިޔަސް މާސެލޯގެ މޭމަތީގަ ބޮލުން ޖެހޭވަ ރު މީހެއް ނޫން ޒިދާނަކީ.. މާ މުސްކުޅި.

  8
  13
 3. ލެޖެންޑްސް

  ޒިދާން މެޑްރިޑަށް ހޯދަދިން ކާމިޔާބީތަކާއި ތިޔަ މާސެލޯއެއް ކައިރިވެސް ނުކުރޭ.

  14
  5
 4. ބޮސް

  މިވަގުތު ރެއާލްގެ މެނޭޖަރަކީ ޒިޒޫ. އެހެންވީމާ މާސެލޯ ކުކުޅަށްވުރެ ބިސްދޮށިވާން ނޫޅުނިއްޔާ ރަގަޅުވާނީ!

  12
  6
 5. ސްޓެޓްސް

  މާސެލޯ ކަލޭތީ ކާކު ޒިޒޫ ކައިރީ؟

  13
  6