ފީފާ ވޯލްޑްކަޕް 2018ގެ ގްރޫޕް ބީގައި ރޭ ޕޯޗުގަލް އަދި ސްޕެއިން 3-3 އެއްވަރުވުމުން ބާސެލޯނާއަށް ކުޅެމުން އަންނަ ސްޕެއިންގެ ކުޅަދާނަ ޑިފެންޑަރ ޖެރާޑް ޕީކޭ ހިތްހަމަ ނުޖެހި، ޕޯޗުގަލްގެ ތަރި ކްރިއަސްޓިއާނޯ ރޮނާލްޑޯއަށް ވަރަށް ބޮޑަށް ފާޑު ކިޔައިފިއެވެ.

މެޗުގެ ކުރީ ކޮޅުގައި ޕޯޗުގަލްއަށް ލިބުނު ޕެނެލްޓީއަކީ ސައްހަ ޕެނެލްޓީއަށް ނޫން ކަމަށާއި އެއީ ރޮނާލްޑޯ ކުރި ޑައިވް އެއް ކަމަށް ޕީކޭ ބުނެފައިވެއެވެ.

"ރޮނާލްޑޯއަކީ އަބަދުވެސް ޑައިވް ކުރާ ކުޅުންތެރިއެއް. އަހަރެން ގަބޫލެއް ނުކުރަން އެއީ ދޭން ޖެހޭ ޕެނެލްޓީއެއް ކަމަކަށް" މެޗަށް ފަހު މީޑިއާތަކަށް މައުލޫމާތު ދެމުން ޕީކޭ ބުނެފައިވެއެވެ.

މެޗުގެ ފުރަތަމަ ހާފް ނިމެން ދަނިކޮށް އޭރިޔާގެ ބޭރުން ރޮނާލްޑޯ ފޮނުވާލި ބޯޅަ ގޯލުގެ ތެރެއަށް ވަނީ ސްޕެއިންގެ ކީޕަރު ޑޭވިޑް ޑެހެޔާގެ މިސްޓޭކަކުން ކަމަށް ގިނަ ބަޔަކު ބުނި ނަމަވެސް ޕީކޭ ވަނީ އެކަން ދޮގުކޮށްފައެވެ.

"ޑޭވިޑް ޑެހެޔާއަކީ މޮޅު ގޯލު ކީޕަރެއް. އޭނާ ވަނީ އަހަރުތަކެއް ވަންދެން އެކަން ސާބިތުކޮށްދީފައި. ރޮނާލްޑޯ ޖެހި ބޯޅަ ގޯލުގެ ތެރެއަށް ވަނީ ޑޭވިޑް ޑެހެޔާގެ މައްސަލައަކުން ނޫން" ޕީކޭ ބުނެފައިވެއެވެ.

ވޯލްޑްކަޕްގެ ފުރަތަމަ މެޗުން އެއްވަރުވުމުން ދެރަވާ ކަމަށާއި ނަމަވެސް އުންމީދަކީ ކުރިއަށް ހުރި މެޗުތަށް ކާމިޔާބުކޮށް ވޯލްޑްކަޕްގެ ތަށި އުފުލާލުން ކަމުގައި ޕީކޭ ބުންޏެވެ.

ޕީކޭއަކީ 2010 ވަނަ އަހަރުގެ ވޯލްޑްކަޕް ސްޕެއިން އިން ކާމިޔާބު ކުރި ޓީމުގައިވެސް މުހިންމު ދައުރެއް އަދާކޮށްފައިވާ ކުޅަދާނަ ޑިފެންޑަރެކެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ރަށްދު

    ނުރޯ ދެން ޕެޕޭއަށް ފައުލްކޮއްފަ ކޮސްޓާޖެހިލަންޑެއް މީހަކަށް ނުފެނު

  2. 3ނިރު

    ޕީކޭ އަކީ އަބަދުވެސް ރޮނާޑޯ އާ ވަރަށްބޮޑަށް ޖެހިފަހުންނަމީހެއް އެކަމް ޕީކޭއަކަށް ރޮނާޑޯއާ ހަމައަށް ފުޓް ބޯޅަ ކުލިގެން ނާދެވޭނެ ފުރަތަމަ ރޮނާޑޯއަށް ލިބޭވަރުގެ ސަޕޯޓެއް ޕީކޭއަކަށް ދަނޑު މައްޗަކުން ނުލިބޭނެ ދެން ރޮނާޑޯ ހޯދާފަހުރި ކާމިޔާބީ ތަކުގެ ވާހަކަ ދައްކާކަށް ނެތިން އެއީ!! ހަމަޔަގީނުންވެސް ބަދަލުކުރެވޭނެ އެއްޗަކަށް ނުވާނެތީއެ

    • ހުސޭނުބޭ

      ކޮއްކޯ! ޕީކޭއާއި ޕީކޭ އަންހެނުން ދެމީހުންގެ ސަޕޯޓް އެއްކޮށްލިމުން ރޮނާލްޑޯ ބަލިވާނެ!

      • ލޮލް

        ލޮލް ނުވާނެ. ބައްޔެއް. ހަހަހަހަ

        • ޝާކިރާ

          ވާނެ ބްރޯ. މާ ރީއްޗަށްވެސް. ރޮނާލްޑޯ މޮޅީ ލަވާ ދިނީމަ ކާން.

  3. ނުރަބޯ

    ކަލޭ ކުރި ފައުލަށް ލިބުން ފްރީކިކް ނޫންތަ ފަހުން ގޯލަށްޖެހީ. އޭގެ ވާހަކަ ދައްކާލިނަމަ

  4. ރަންރީނދޫ ކުއީން

    ޕީކޭ ކިތައްމެ ހަސަދަލިޔަސް ރޮނާލްޑޯ ރޭގެ މެޗްގަ ހެޓްރިކް ނުހަދާކަމަކައް ނުވާނެ.. ޖެލަސީ އިޒް އަ ޑިޒީސް ޑޫޑް.. ގެޓް އޯވާ އިޓް..